ޚަބަރު
ގއ.އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާއި ހަމައަށް ޔެލޯ އެލާޓްނެރެފި

ކުރިއަށްއޮތް 5 ދުވަހުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވައިގަދަވެ މޫސުން ގޯސްވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފިއެވެ.

މެޓް އޮފީހުން ވިދާޅުވީ ރާއްޖޭގެ އެކި ހިސާބުތަކަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ދެމޫސުން ބެދޭ ހިސާބަށް ދިއުމުން ކުރާ ވިއްސާރައެއް ކަމަށެވެ. މި ވިއްސާރާގައި އެއް ދުވަހު ވިއްސާރަ ވެހިފަ އަނެއް ދުވަހު ވައި ގަދަވުންފަދަ ކަންތައްތައް ދިމާވެދާނެކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.

ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރެއާއި ދެކުނުގެ ރަށްތަކަށް ވައިގަދަވުމާއިއެކު ކުރިއަށް އޮތް 5 ދުވަހުވެސް ވިއްސާރަކުރާނެކަމަށް މެޓް އޮފީހުން ލަފާކުރެއެވެ. ޚާއްސަގޮތެއްގައި ދެކުނުގެ ރަށްތަކަށް މޫސުން ގޯސްވާނެކަމަށް މެޓް އޮފީހުން ލަފާކުރެއެވެ. ދެކުނަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް ގއ.އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާއި ހަމައަށް މިއަދު ޔެލޯ އެލާޓްވެސް ނެރުނެވެ.

ކުރިއަށް އޮތް 24 ގަޑިއިރަށް ބަލާއިރު ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ވިއްސާރަ ކުރާނެކަމަށް ލަފާކުރެއެވެ. އަދި ދެކުނާއި މެދުރާއްޖެތެރޭގައި ޢާންމު ގޮތެއްގައި ކަނޑު ގަދަވާނެކަމަށްވަނީ ލަފާކޮށްފައެވެ. މީގެ އިތުރުން އުތުރުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށްވެސް ވަނީ ލަފާކޮށްފައެވެ.

މެޓް އޮފީހުން ވަނީ ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން ދަތުރުތައް ރޭވުމުގައްޔާއި ދަތުރުތައް ކުރުމުގައި މެޓް އޮފީހަށް ގުޅައި ލަފާ ހޯދައިގެން ދަތުރުތައް ކުރުމަށް އިލްތިމާސްކުރައްވާފައެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!