ޚަބަރު
އިންޑިޔާ އައުޓް ޖެހި ކަރުދާސް މަގުމައްޗަށް އެޅި މައްސަލަ ބަލަން ފަށައިފި

މާލޭގެ މަގުތަކަށް އިންޑިޔާ އައުޓް ޖަހާފައިވާ ކަރުދާސްތަކެއް އެޅި މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ ރޭ ފަތިހު މާލޭގެ މަގުތަކަށް އަޅާފައިވާ ކަރުދާސްތަކެއްގައި އިންޑިޔާ އައުޓް ޖަހާފައިވާ މައްސަލައެއް ހުށަހެޅިފައިވާ ކަމަށާއި މިމައްސަލަ ބެލުމަށްޓަކައި ބަލަންޖެހޭ ކަންކަން މިހާރު ބަލަމުންދާކަމަށެވެ.

އިންޑިއާ އެމްބަސީ ހިމެނޭ ސަރަހައްދު ހިމެނޭހެން ބައެއް މަގުތަކަށް އަޅާފައިވާ ކަރުދާސްތަކުގައި ލިޔެފައިވަނީ “އިންޑިޔާ އައުޓް” އެވެ. އިދިކޮޅުން ބުނާގޮތުގައި ގާނޫނު އަސާސީގެ 27 ވަނަ މާއްދާއިން ލިބިދޭ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ލިބިފައިވާ ކަމަށާއި އިންޑިޔާ އައުޓް ކެމްޕެއިން ހުއްޓުވުމަށް ރައީސް ސޯލިހު ޤަރާރެއް ނުނެރެވޭނެ ކަމަށެވެެ.

މިކެމްޕެއިންގެ ދަށުން އިންޑިއާ އައުޓް ސްޕެލިން ބަދަލުކޮށް މާލޭގެ އެކި ސަރަހައްދު ތަކުގައި އިދިކޮޅުން ބޮޑެތި ބެނާތައް ދެމިއެވެ. ނަމަވެސް ކޯޓު އަމުރުގެ ދަށުން ފުލުހުންވަނީ އެ ހުރިހާ ބެނާތައް ނަގާފައެވެ.

އިދިކޮ ފަރާތްތަކުން ހިންގާ “އިންޑިއާ އައުޓް” ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ކަނޑައަޅާ އެކަން ތަންފީޒުކުރުމަށް ދައުލަތުގެ އިދާރާތަކަށް ރައީސުލްޖުމްހޫރިއްޔާ އަންގާފައިވެ އެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.
  1. ވުރު

    ޚޮ