ޚަބަރު
މީ މިއަދު ފިޔޯރީގައި ބަލިމީހުން އުފުލަންޖެހޭ ހާލަތު: ފައިޒަރު
ގދ.ފިޔޯރީގައި އެމްބިއުލާންސެއް ނެތުމުގެ ސަބަބުން ބަލިމީހަކު ރަށު ޕިކަޕަކަށް ލައިގެން މަރުކަޒަށް ގެންދާ ވީޑިޔޯއެއް އާންމުވެއްޖެއެވެ.
މިވީޑީޔޯ އާންމުކޮށްފައިވަނީ ފިޔޯރީ ކައުންސިލްގެ ރައީސް ފައިޒަރު ރަޝީދުއެވެ. ވީޑިޔޯ އާއްމުކުރަމުން ފައިޒަރު ވިދާޅުވެފައިވަނީ މިއީ މިއަދު ފިޔޯރީގައި ބަލިމީހުން އުފުލަން ޖެހޭ ހާލަތު ކަމަށެވެ.
ފައިޒަރު އިތުރަށް ވިދާޅުވީ ފިޔޯރީގައި މިހާރު އޮތް އެމްބިއުލާންސަކީ މީގެ 14 އަހަރު ކުރިން އެރަށަށް ފޮނުވާފައިވާ އެމްބިއުލާންސެއް ކަމަށާއި އެ އެމްބިއުލާންސް ދުއްވި މީހެއްގެ ހައިސިއްޔަތުން ބުނެވޭނީ އޭގެ ހާލަތު ވަރަށް ދެރަ ކަމަށެވެ.
އެމްބިއުލާންސްގެ ހާލަތު 2021 ވަނަ އަހަރު ހެލްތު މިނިސްޓްރީގެ ސަމާލުކަމަށް ގެނެސް ލިޔެކިޔުމުން އަންގާފައިވާނެ ކަމަށް ފައިޒަރު ވިދާޅުވިއެވެ.
ރާއްޖޭގެ ރަށްތަކަށް އެމްބިއުލާންސް ފޮނުވާއިރު ފިޔޯރީއަށްވެސް އެމްބިއުލާންސެއް ލިބޭނެ ކަމަށް މިނިސްޓަރ ވިދާޅުވެފައިވީނަމަވެސް ފިޔޯރީއަށް އެމްބިއުލާންސެއް ނުލިބޭކަން ފައިޒަރު ފާހަނގަކޮށްލިއެވެ.
“އަޅުގަނޑު ވަރަށް ބޮޑަށް އުއްމީދުކޮށްގެން ހުރީ މިފަހަރު ރަށްތަކަށް ފޮނުވާ އެމްބިއުލާންސްތަކުން ފިޔޯރީއަށް އެމްބިއުލާންސެއް ލިބިގެންދާނެ ކަމަށް، އެގޮތަށް އުއްމީދު ކުރީ އެފަދަ އިޝާރާތެއް ސަރުކާރުގެ ވެރިއެއްގެ ފަރާތުން ލިބިގެން” ފައިޒަރު ވިދާޅުވިއެވެ.
ސީލިން ކުރަން އަރާ ހުރި މީހަކު ވެއްޓި އަނިޔާވުުމުން ރަށު ޕިކަޕެއްގައި ބަލީމީހާ އުފުލާ ވީޑިއޯ އާއްމު ކުރުމާއި ގުޅޭގޮތުން ހުވަދޫ ނިއުސްއަށް މައުލޫމާތު ދެއްވަމުުން ފައިޒަރު ވިދާޅުވީ ފިޔޯރީގައި އޮތް އެމްބިއުލާންސް ހަލާކުވެގެން ރަށު ޕިކަޕުން ބަލިމީހުން އުފުލާތާ އެއްމަސް ދުވަސް ވެފައިވާ ކަމަށާއި ކުރީގެ އޮތް އެމްބިއުލާންސަކީ އެއްވެސް ހާލަތެއްގައި ބޭނުން ކުރެވޭފަދަ ހާލަތެއްގައި އޮތް އެއްޗެއް ނޫން ކަމަށެވެ.
އެމްބިއުލާންސްގެ މައްސަލަ ފިޔޯރީ ސިއްޚީ މަރުކަޒުންވެސް އަދި ފިޔޯރީ ކައުުންސިލުންވެސް އެތައްފަހަރެއްގެ މަތިން ސަރުކާރުގައި ދަންނަވާފައިވާ ކަމަށާއި ސަރުކާރުން މިކަމަށް އަވަސް ހައްލެއް ހޯދައިދޭންޖެހޭނެ ކަމަށް ފައިޒަރުު މައުުލޫމާތުދިނެވެ.
ފިޔޯރީއަކީ އާބާދީވެސް ބޮޑު ރަށަކަށްވެފައި އެގޮތަށް ކަންތައްވަމުން ދާތީ ރައްޔިތުންނަށް ގެއްލުންތަކެއް ވަމުންދާކަން ފައިޒަރު ފާހަނގަކޮޮށްލިއެވެ.
ފިޔޯރީގެ މަރުކަޒުގައި ހަލާކުވެފައި އޮތް ހާލުދެރަ އެމްބިއުލާންސެއް ބޭނުންކުރަމުން އަންނަތާ އެތައް އަހަރެއް ފަހުން އެމްބިއުލާންސް އެއްކޮށް ހަލާކުވެގެން ރަށު ޕިކަޕުގައި ބަލިމީހުން އުފުލާތާ މިހާރުވަނީ އެއް މަސްދުވަހަށްވުރެ ގިނަ ދުވަސް ވެފައެވެ. މިކަމާ އެރަށު ރައްޔިތުުންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.
  1. ޒައިކް

    ކެތް ގަޅަެިގެން ތިބެބަލަ މިހާރު މާލެ އެ އައީ އެންމެ ފަހު ޝިޕއމަންޓް ހުރިހާ ރަށަކަށް ހަމަކުރާނެ ކުރިޔަށް އޮތް 1 މަސްތެރޭގަ.. މިދިޔަ 40 އަގަރު އެންބިއުލަންސާ ހެލިކަޕްޓަރުގަވިއްޔާ ބަލި މީހުން އުފުލީ ތިޔަ ތަށްރަށުގަ..

  2. މަޖުބޫރު ވެގެން ފައްޔާޒު ޓީމާއެކު ތިނަދޫގައި ޑޯޓުޑޯ ހިގާ ޒުވާނެއް އެކަމަކު މަގޭ ވޯޓު ވެސް އިންތިއަށް

    ކޮބާހޭ ހަވަރު ތިނަދޫގަ އަޅަން ބުނި ޓާޝަރީ ހޮސްޕިޓަލް ކޮބާހޭ ހަވަރު ތިނަދޫގަ އަޅަން ބުނި އިންޓަނޭޝަނަލް ސީޕޯޓު ކޮބާހޭ ހުވަދޫގަ އަޅަން ބުނި އިންޓަނޭޝަނަލް އެއާޕޯޓު ކަލޯ އިބޫއެވެ. ކަލެއާއި ފައްޔާޒަށް ހުވަދު އަތޮޅަށް ކޮއްދެވުނީ ކޮންކަމެއް ހެއްޔެވެ. ވީވައުދުތަށް ފުއްދާފަ ނޫނީ ވޯޓު ހޯދަން ނާންނާށެވެ. މިދިޔަ ރިޔާސީ އިންތިހާބުގަ ކަލޯމެންނަށް ވޯޓު ދެވުނީތީ ލަދުން ބޮއެ ހަލާކު.

  3. މުހައްުމަދު އަހުމަދު

    ގދ ފިހޯރީ ސިއްހީމަރުކަޒުގަ އެންބިއުލާންސެއް ނެގޭ ބުނުމަކީ ހަގީގަގާ ޚިލާފު ދޮގުވާހަކަޔެއް އެންބިއުލާންސެއް އެބައޮއި އެއިގެ ބެޓަރި ފެއިލްވެފައޮތީ އެއި ރަށުން ލިބެން ހުންނަ އެއްޗެއްނިން ވީމަ ވަގުތުން ނުލިބޭނެ ތިގޮތަށް ހެޑްލައިން ލިޔުނީމަ ކަޑަ

  4. މުހައްުމަދު އަހުމަދު

    ގދ ފިހޯރީ ސިއްހީމަރުކަޒުގަ އެންބިއުލާންސެއް ނެތޭ ބުނުމަކީ ހަގީގަގާ ޚިލާފު ދޮގުވާހަކަޔެއް އެންބިއުލާންސެއް އެބައޮއި އެއިގެ ބެޓަރި ފެއިލްވެފައޮތީ އެއި ރަށުން ލިބެން ހުންނަ އެއްޗެއްނޫން ވީމަ ވަގުތުން ނުލިބޭނެ ތިގޮތަށް ހެޑްލައިން ލިޔުނީމަ ކަޑަ

  5. ޞިލް

    ތެދު ހަބަރު ގެނެދޭން ނޭގޭތާނގަ ދޮގު ޚަބަރު މިލިޔަނީ. ޚަބަރެއް ހަދައިގެން ޖަހައިގެން އެންބިއުލާންސް ދޭ ގޮތަކަށް ނޫން އޮތީ. ސާވުވެއްޖެ.