ޚަބަރު
ސަރުކާރުގެ ސަބްމެރިން ކޭބަލާއެކު އިންޓަނެޓްގެ އަގު އިތުރަށް ހެޔޮވާނެ: ފައްޔާޟް

ސަރުކާރުން ޤާއިމްކުރާ އިންޓަނޭޝަނަލް ސަބްމެރިން ކޭބަލްގެ ސަބަބުން އިންޓަނެޓް ކެޕޭސިޓީ އިތުރުވެ، މިހާރަށްވުރެ އަގު ހެޔޮވެގެންދާނެކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި ޙާއްސަ އިންޓަވިއުއެއްގައި އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވަނީ އައިސީޓީ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ގެންގުޅުއްވާ ޕްލޭންތަކާއި އެކަމުގެ ލިބެމުންދާ ކުރިއެރުންތަކަށް އަލިއަޅުއްވާލައްވާފައެވެ.

އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާއިލް ވިދާޅުވީ، ދުރު ރާސްތާގައި އިޤްތިޞާދު ސިންދަފާތުކުރުމުގެ ގޮތުން އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާ ތަރައްޤީކުރުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާކަމަށެވެ. މި މަސައްކަތުގެ ދަށުން ސަރުކާރުގެ ފަރާތުން މިހާރު ސަބްމެރިން ކޭބަލްއަށް އިންވެސްޓް ކުރަމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެއީ ސިންގަޕޫރުން ސީދާ ރާއްޖެއަށް އަދި މުމްބާއީން ސީދާ ރާއްޖެއަށެވެ.

ޑިޖިޓަލައިޒް ދުނިޔެއަކަށް މިސްރާބުޖަހާފައިވާއިރު ސަރުކާރުން މަސައްކަތް ކުރަމުންދަނީ އިންޓަރނެޓްގެ އަގާއި ކޮލިޓީ ރަނގަޅުކުރުމަށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

“އިންޓަނެޓަށް މުޅި ދިރިއުޅުުމާއި ދުނިޔޭގެ ހުރިހާ ކަމެއް ބަރޯސާވެގެންދާއިރު އަޅުގަނޑުމެން އެބަޖެހޭ އިންޓަނެޓްގެ ކެޕޭސިޓީ އިތުރުކުރަން. ސަރުކާރުގެ ހުރިހާ ހިދުމަރތެއް އޮންލައިންވެގެންދާއިރު ހުރިހާ ރައްޔިތުން އެބަ މަޖުބޫރުވޭ އިންޓަނެޓް ބޭނުންކުރަން. އެހެންވިއްޔާ އަނެއްކާވެސް ކެޕޭސިޓީގެ މައްސަލަތަކެއް އަންނާނެ. އަޅުގަނޑުމެން ސަރުކާރުން އަޅާ ކޭބަލްގެ ސަބަބުން ވަރަށް ބޮޑު އިތުރު ކެޕޭސިޓީއެއް މި ލިބެނީ. ސީދާ އިންޓަރނޭޝަލް ކޭބަލްއަކާއި އަލަށް މި ގުޅުނީ. މިއޮތްހާ ދުވަހު މިއޮތީ ރާއްޖެއިން ސިލޯނަށް އަޅާފައި އޮންނަ ކޭބަލަކުން، ސިލޯނަކުން ލިބޭ އެއްޗަކުން ވިއްކާ އެއްްޗެއް. ސީދާ ޑިރެކްޓް ކޭބަލްއިން 5 ޑޮލަރަށް ލިބޭ އެއްޗެއް އަޅުގަނޑުމެންަނަށް ލިބިދާނެ 80 ޑޮލަރަށް. މިހާރު އަޅުގަނޑުމެން އަމިއްލަ ކޭބަލް އެޅީމަ ވަރަށް ބޮޑުތަނުން އަސްލު އަގު ކުޑަވާނެ” ފައްޔާޟް ވިދާޅުވިއެވެ.

މިނިސްޓަރ ފައްޔާޟް ވިދާޅުވީ ސަރުކާރުން މިހާރު ޤާއިމްކުރަމުންދާ ސަބްމެރިން ކޭބަލް ރާއްޖެ ގެނެސް، 2023 ވަނަ އަހަރުގެ ފަހުކޮށް އެ ކޭބަލުން ހިދުމަތް ދެެވެން ފެށޭވަރުވާނޭކަމަށެވެ.

މިނިސްޓަރ ފައްޔާޟް ވިދާޅުވީ މި ކޭބަލްއާއިއެކު އައިސީޓީ ދާއިރާއަށް ވަރަށް ބޮޑު ބަދަލެއް އަންނާނެކަމަށެވެ. އެގޮތުން އެ ކޭބަލް މެދުވެރިކޮށް ބޭރުގެ ފަރާތްތަކަށް އިންޓަނެޓް ވިއްކުން ނުވަތަ ޑޭޓާ ސެންޓަރުތައް ރާއްޖެއަށް ގެނެވޭނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

“ސަރުކާރުން އިންޓަނެޓްގެ ހިދުމަތެއް ނުދޭނަން. އެ ކޭބަލްއިން އަޅުގަނޑުމެން ހޯލްސޭލްކޮށް ހިދުމަތްދޭނީ އޮޕަރޭޓަރުންނަށް. އޭރުން އޮޕަރޭޓަރުން ބޭރުން އިންޓަނެޓް ގަތުމުގެ ބަދަލުގައި ސަރުކާރުން މި އަޅާ ކޭބަލްއިން އަގުހެޔޮކޮށް ގަތުން އޭގެ ބޭނުމަކީ” – މިނިސްޓަރ ފައްޔާޟް

މިނިސްޓަރ ފައްޔާޟް ވިދާޅުވީ، އިންޓަނެޓްގެ އަގުބޮޑުވެގެން މީގެކުރިން ވަރަށް ބޮޑަށް ސާރުކާރަށް ބައެެއް ފަރާތްތަކުން ފާޑު ކިޔަމުންދިޔަކަމަށާއި، ނަމަވެސް މިއަދު އެ އަޑު ނީވޭކަމަށެވެ،

“އިންޓަނެޓްގެ އަގުބޮޑުވެގެން މީގެ ގާތްގަނޑަކަށް 8 މަހަކާއި ޖެހެންދެން ސަރުކާރަށް ވަރަށް ބޮޑަށް މީހުން ފާޑުކިޔަމުންދިޔަ. އަބަދު ސޯަޝަލް މީޑިއާގައި އެ ވާހަކަ. މިއަދު އެބަ ފެނޭތޯ އޭގެއިން އެއްވެސް ވާހަކައެއް. އެއީ އަޅުގަނޑުމެން އޭރު ގެނައި ސިޔާސަތު އޮޕަރޭޓަރުންނާއި ވާހަކަ ދައްކައިގެން ގެނެވުނު ބަދަލުގެ ސަބަބުން މިހާރު އަޅުގަނޑުމެންނަށް އަޑެއް ނިވޭ އިންޓަނެޓްގެ އަގުބޮޑުވެގެން ބޭފުޅުން ވާހަކަދައްކަވާ އަޑެއް” މިނިސްޓަރ ފައްޔާޟް

ސަރުކާރުން ރާއްޖޭގައި އަޅާ ފުރަތަމަ ސަބްމެރިން ކޭބަލް “މޯލްޑިވްސް-އައިއޭއެކްސް ސަބްސީ ކޭބަލް” އެޅުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހުއެވެ. ސަރުކާރުން ރާއްޖޭގައި އަޅާ ފުރަތަމަ ސަބްމެރިން ކޭބަލްގެ މަސައްކަތް ހަވާލުކޮށްފައިވަނީ އިންޑިއާގެ ބިލިއަނަރު މުކޭޝް އަންބާނީގެ ރިލަޔަންސް ޖިއޯ ކުންފުންޏާއެވެ.

މި ކޭބަލް މެދުވެރިކޮށް ރާއްޖެއާއި މުންބާއީއާއި، ސިންގަޕޫރާއި މި ސަހަރައްދުގެ އެހެން ސަރަހައްދުތަކާވެސް ގުޅާލެވޭނެއެވެ. އަދި މި ކޭބަލްގެ ސަބަބުން މި މިސަރަހައްދުގެ ވިޔަފާރި ކުރިއަރައިގެންދާނެކަމަށާއި، މިއީ ޑިޖިޓަލް ޓްރާންސްފޮމޭޝަނަށް ރާއްޖެއިން ކުރާ މަސައްކަތައް ލިބިގެންދާ ކުރިއެރުމެއްކަމަށް ސަރުކާރުން ޤަބޫލުކުރެއެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.
  1. ފައްޔާޒު ފުރެކްޝަން

    އިންޓަނެޓު އަގުހެޔޮވެއްޖެއޭ ތިބުނާ ބަހުގެ މާނައެއް ދޭހައެއް ނުވި.