ޚަބަރު
ދައުލަތުގެ ދެ ބާރުގެ ވެރިންނަށް ސަރުކާރުން ގެކޮޅު ހަމަޖައްސައިފި

ދައުލަތުގެ ދެ ބާރުގެ ވެރިން ކަމުގައިވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު  އާއި އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާން ދިރިއުޅުއްވުމަށް ސަރުކާރުން ގެކޮޅު ހަމަޖައްސަވައި އެވެ.

މީގެ ކުރިން މި ދެބޭފުޅުން އުޅުއްވަމުން ގެންދެވީ އެ ބޭފުޅުންގެ އަމިއްލަ ގޭގައެވެ. އެހެން ނަމަވެސް މެއި މަހުގެ 6 ވަނަ ދުވަހު ރައީސް ނަޝީދަށް އަމާޒުކުރެވުނު ހަމަލާއާއި ގުޅިގެން ގިނަ ބަޔަކު ވަނީ މި ބޭފުޅުންގެ ސަލާމަތާއި ރައްކާތެރިކަމާއި މެދު ސުވާލުއުފައްދާފައެވެ.

ފުލުހުން ބުނީ އެމީހުން ފޯރުކޮށްދޭ ރައްކާތެރި ކަން އެންމެ ފުރިހަމަ އަށް ފޯރު ކޮށްދިނުމަށް ފަސޭހަ ގެއަކަށް އެގެވާންޖެހޭނެއެވެ. އެގޮތުން ފުލުހުން ބުނީ މިދެގޭގައި މަސައްކަތް ކުރަން އެކަށީގެންވާ މިންވަރަށް މުވަޒިފުން ބައިތިއްބާނެއެވެ.

ރައީސް ނަޝީދަށް ދެވުނު ހަމަލާއާއި ގުޅިގެން ގާނޫނަށް ގެނައި ބަދަލާއެކު ރައީސް ނަޝީދާއި އުއްތަމަ ފަޑިޔާރަށް ރަސްމީ ގެކޮޅު ހަމަޖެއްސެވުމަށް ނިންމިއެވެ. އަދި މަޖިލީހުގެ ރައީސްގެ ގެކޮޅަށް މުވައްޒަފުން މަޖިލީހުން ހަމަޖެއްސުމަށް އަދި އުއްތަމަ ފަޑިޔާރުގެ ގެކޮޅަށް ސުޕްރީމް ކޯޓުން ރަސްމީ މުވައްޒަފުން ހަމަޖައްސާގޮތަށް ވަނީ ނިންމާފައެވެ.

މި ގޮތުން ރައީސް ނަޝީދަށް ހަމަޖައްސަވާފައިވަނީ މ. މުރައިދޫގެއެވެ.  އަދި އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވުމަށް ހަމަޖައްސަވާފައިވަނީ ރެހެންދި އެޕާޓްމަންޓް ކޮމްޕްލެކްސް އިން އެޕާޓްމަންޓެކެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!