ޚަބަރު
ފަތުރުވެރިޔަކު ބޭނި މަހެއް ދުނިޔޭގެ ރިކޯޑް ފޮތަށް އަރައިފި

ރާއްޖޭގައި ފަތުރުވެރިޔަކު ބޭނި މަހެއް ދުނިޔޭގެ ރިކޯޑް ފޮތުން ޖާގަ ހޯދައިފިއެވެ.

މިދިޔަ މާޗް މަހުގެ 18 ވަނަ ދުވަހުު އައްޑޫ ސިޓީގައި ފާނަ ބޭނުމަށް ދިޔަ މަސް ދަތުރެއްގައި ފަތުރުވެރިޔަކު ބޭނި މަހެއްގަައި ދިގުމިނުގައި 68.5 އަދި ބަރުދަނުގައި 1.06 ކިލޯ ހުއްޓެވެ.

“ބްލެކް ސްނޫކް” ނަމަކަށް ކިޔާ މިމަސް ބާނާފައިވަނީ 300 މީޓަރު އަޑިންނެވެ. އެހެންކަމުން އެމަސްވަނީ 300 މީޓަރު އަޑިން ބާނައިގެން މަސްވެރިކަމުގެ ރެކޯޑު ބަލަހައްޓާ ފޮތުން ޖާގަ ހޯދާފައެވެ.

މައުލޫމާތުލިބުނު ގޮތުގައި މިމަސް ބޭނީ އެމެރިކާގެ ރައްޔިތެއް ކަމަށްވާ ޓްރިސްޓަން ޓޮރެޓުއާއެވެ. ތޮޅީގެ ބާވަތެއް ކަމަށްވާ ބްލެކް ސްނޫކް ބާނައި ލޯންޗަށް އެރުވުމަށް ބައި ގަޑިއިރެއް ހާއިރު ހޭދަވި ކަމަށް ޓްރިސްޓަންވަނީ ބުނެފައެވެ.

އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި އޭނާ ބުނެފައިވަނީ ބޮޑު މަހެއް ބާނައިގެން ދުނިޔޭގެ ރެކޯޑުން ޖާގައެއް ހޯދުމަކީ އޭނާ ދެކެމުން އައި ހުވަފެނެއް ކަމަށާއި، އެ ރެކޯޑު ހެދުނީ ގިނަ ބައެއްގެ އެހީތެރިކަމާ އެއްކޮށް ކަމަށެވެ. އޭގެ ތެރެއިންވެސް އޭނާ ވަނީ އައްޑޫ ސްޕޯޓްސް ފިޝިން ޗާޓާގެ ވެރިޔާ އަބްދުﷲ އާނިފްގެ ނަން ހާއްސަކޮށް ފާހަގަކޮށްފައެވެ.

މީގެ ކުރިން މި ބާވަތުގެ އެންމެ ބޮޑު މަހެއް ބާނާފައިވާ ކަމަށް ރެކޯޑުކޮށްފައިވަނީ 2017 ވަނަ އަހަރުގައެވެ. ޖަޕާނުގެ ރައްޔިތެއް ކަމަށްވާ ޓޮކުނޯޝިމާ ބޭނި އެ މަހުގެ ބަރުދަނުގައި 12.5 ކިލޯ ހުއްޓެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!