ރިޕޯޓް
ދިވެހި ލިބާސް ތައްޔާރު ކުރުމުގައި 60 އަހަރު ވެފައިވާ ދިވެހި އާޢިލާ

ދިވެހިންގެ ޤައުމީ ހެދުމަކީ ދިގު ހެދުން ކަމުގައި ވިޔަސް ދިވެހި ވަންތަ ކަމާއި ދިވެހި ސަޤާފަތް އެންމެ ބޮޑަށް ރަމްޒު ކޮށްދޭ ހެދުމަކީ ދިވެހި ލިބާސްކަމާމެދު އެއްވެސް ޝައްކެއްނެތެވެ. އަދި ހެދުމުގެ އަގު ތަކަށް ބަލާ އިރު އެންމެ އަގު ބޮޑު ދިވެހި ހެދުމަކީވެސް ކަސަބުން ބޯވަޅު ޖަރީ ކޮށް އަތުގައި ކިނާރި އެޅި ދިވެހި ލިބާހެވެ.

ދިވެހި ވަންތަ ކަމާއި އޭގެ އަގު އުފުލިފައި ވުމުގައިވާ ސިއްރަކީ ހެދުމުގެ އަސްލަށް ބަދަލެއް ނުގެނެސް، އެއްވެސް މެޝިނެއްގެ އެހީއާއިނުލައި ހެދުމުގެ މައިގަނޑު މަސައްކަތް ދިވެހިންގެ އަތުން ތައްޔާރު ކުރާ ކުރުން ނުވަތަ “ހޭންޑް މޭޑް” އެއްޗަކަށް ވާތީއެވެ. އަދި މިއަދާ ހަމަޔަށް އެ ސަޤާފީ ތަރިކަ ރަމްޒުކޮށްދޭ މަސައްކަތް ދެމިގެންއައީ ދިވެހިންގެ ބަޔަކު އެ މި މަސައްކަތުގައި ދެމި ތިބުން ކަން ކަށަވަރެވެ. ހުވަދޫ ނޫހުގެ މިއަދުގެ ރިޕޯޓް ޚާއްޞަ ކޮށްލާނީ ދިވެހި ލިބާސް ތައްޔާރު ކުރުމުގައި 60 އަހަރު ވެފައިވާ ދިވެހި އާޢިލާ އަކަށެވެ.

އާއިލީ މަސައްކަތް ފެށުނު ގޮތާއި މިއަދު ގެ ޙާލަތު

ހުވަދު އަތޮޅު ދެކުނުބުރީ މަޑަވެލީ ދިރިއުޅޭ ޝަރީފާ މުޙައްމަދު އަކީ ދިވެހި ލިބާސް ތައްޔާރު ކުރުމުގައި ވަރަށް ނަންހިނގާ ކުޅަދާނަ ކަނބަލެކެވެ. މަސައްކަތުގެ ތަޖުރިބާހުރި ހީވާގި އަންހެނެކެވެ. ދިވެހި ލިބާހުގެ މަސައްކަތް ކުރުމާއި ގުޅޭގޮތުން ސުވާލު ކޮށްލުމުން ޝަރީފާ ފުރަތަމަވެސް ބުނީ މިއީ އާޢިލީ މަސައްކަތެއް ކަމަށާއި މާމަގެ ޒަމާނުން ފެށިގެން މި މަސައްކަތް ޢާއިލާ މެމްބަރުން ހުއްޓާނުލާ ކަމަށެވެ.

ޝަރީފާގެ ޢާއިލާއިން ދިވެހި ލިބާސް ހަދައި ވިޔަފާރި އުސޫލުން ކުރަން ފެއްޓީ މީގެ 60 އަހަރު ކުރިން އޭނާގެ މާމަ ފާތުމަތު ޙަލީމާއެވެ. 1960 ގެ ކުރިންނެވެ. އެދުވަސްވަރު ހެދުމެއް ތައްޔާރު ކުރަނީ ހަނޑޫ ނާޅިއަކަށް ކަމަށް ބުނެވެެއެވެ. އެ ޒަމާނަށް ބަލާއިރު ބޮޑު އަގެކެވެ.

ހުވަދޫ ފޮޓޯ: ރިކުޒާ ދާވޫދު

ޝަރީފާގެ މާމަ ޙަލީމާ، އާއްމުކޮށް ކިޔާ ނަމުންނަމަ ކުއްދައިތާގެ ދިޔެ އަކީ އެ ޒަމާނުގައި ވަރަށް މަޝްހޫރު ދިވެހިބޭސް ވެރިއެކެވެ. މައުލަބާއި މާވަހަރާއި އަފީމް ފަދަ ބޭސް ބޭނުން ކޮށްގެން އަމިއްލަ އަށް ބޭސް ތައްޔާރު ކޮށް، ގިނަ ބަޔަކަށް ފަރުވާ ދެމުންދިޔަ މޮޅު ޙަކީމެކެވެ. ބޭސްވެރިކަމުގައި އަވަދިނެތި އުޅެމުންވެސް ސަމާލުކަމާއެކު ވަޤުތުދީގެން ޙަލީމާ ކުރި އެންމެ މުހިންމު ކަމަކީ ދިވެހި ލިބާސް ތައްޔާރު ކުރުމެވެ. އެއީ ދިވެހި ލިބާސް ތައްޔާރު ކުރުމަށް މަޝްހޫރު، މަޑަވެލީ ޝަރީފާގެ އާޢިލީ މަސައްކަތުގެ ބަާނީއެވެ.

އުމުރުން 79 އަހަރު ވަންދެން ޙަލީމާކުރަމުންދިޔަ ދިވެހި ލިބާސް ތައްޔާރު ކުރުމުގެ މަސައްކަތް އޭނާގެ ދަރިންނަށް ދަސްކޮށްދީ އެކުދިން އެންމެ ކުޑަ އިރުންސުރެ އެކި ކަންކަމުގައި ޢަމަލީ ގޮތުން ބައިވެރި ކުރުމަކީ މުޅި އާޢިލާ އަށް ކުރި އެންމެ ބޮޑު އިންވެސްޓެވެ. ނަތީޖާ އަކަށް ވެގެން ދިޔައީ ޙަލީމާގެ 2 ދަރިން ކަމުގައިވާ ފާޠިމަތު ފަރިޔާލު އާއި އާމިނަތު ނަޖީބާ ގެ އިތުރުން މިއަދު އެ މަސައްކަތުގައި އެންމެ އިސްކޮށް އުޅޭ ފާތުމަތު ފަރިޔާލުގެދަރިފުޅު ޝަރީފާ މުޙައްމަދަށް އެ މަސައްކަތް ތުނޑުންތުޑަށް ދަސްވުމެވެ. އަދި އާމިނަތު ނަޖީބާ އާއި ފަރިޔާލުގެ މަންމަ، ނުވަތަ ޝަރީފާގެ މާމަ ނެތް ދުނިޔޭގައިވެސް ދިވެހިލިބާސް ތައްޔާރު ކުރުމަށް ކުޑަވެސް މެދުކެނޑުމެއްނެތި މިއަދާ ހަމަޔަށް ކުރުމެވެ.

“ޙަޤީޤަތަށް ދަންނަވާނަމަ އަޅުގަނޑު ދަންނަވާނީ މިއީ މާމަގެ އާއިލީ މަސައްކަތެކޭ. މާމަ ދުނިޔޭގައި ހުންނެވި އިރުވެސް އަދި މިހާރުވެސް މުޅި އާއިލާ މިއޮތީ މި މަސައްކަތުގަ ގުޅި ލާމެހިފައި” ދަރިންނާ ދަރިންގެ ދަރިންނަށްވެސް ދިވެހި ލިބާސް އުފެއްދުމުގެ ހުރިހާ މަސައްކަތްތަކެއް ދަސްކޮށް ދިނުމަށް ބޭނުންވާ ޝާރީފާ ބުންޏެވެ.

ޝާރީފާ އާއި އޭނާގެ މަންމަ ފަރިޔާލު އާއި ބޮޑުދައިތަ އައިމިނަތު ނަޖީބާ އާއި އާޢިލާގެ އެންމެން ގުޅިގެން މި މަސައްކަތް ކުރަނީ ކިހިނެއް؟

މި ސުވާލުގެ ޖަވާބު ޝަރީފާ ދިނީ ވަރަށް ފަސޭހަކޮށެވެ. ” މިހާރު މުޅި އާޢިލާގެ ކުދި ބޮޑު އެންމެނަށްވެސް އިނގޭނެ ކިނާރި ގަތައި ހިރު ގަތާ ކޯރު ފަޅި ހަދާ ފޭލި ފަހަން. އާޢިލާ އަށް މިކަން ވެފައިވަނީ ވަރަށް ފަސޭހަ ކަމަކަށް. ގިނަ ފަހަރު އެއް މާހަޢުލެއްގައި ތިބެ މަސައްކަތް ކުރާނީ” ޝެރީ ގެ ފަރާތުން މާލޭގައި ހިންގި ލިބާސް ތައްޔާރު ކުރަން ދަސްކޮށްދިން ކޯހުގައި 80 ބައިވެރިންނަށް ކިޔަވައިދީ ޢަމަލީ ކްލާސްތައް ނަގައިދިން ޝަރީފާ ބުންޏެވެ.

ޝާރީފާގެ އާޢިލީ ލިބާސް ޓީމު މަސައްކަތް ކުރަނީ އެމީހަކަށް ލިބޭ އޯޑަރާއި މަސައްކަތް އެ މީހަކާއި އެމީހެއްގެ އެއް ފުރާޅުގެ ދަށުގައި ދިރިއުޅޭ އެންމެން އެމީހަކަށް ވެވުނު ވަރަކުން މަސައްކަތް ކޮށް ނިންމާ ގޮތަށެވެ. އާޢިލާގެ މީހުން ދުރުގައި ތިއްބަސް މަސައްކަތުގައި ބައިވެރިވެއެއެވެ.

ހުވަދޫ ފޮޓޯ: ރިކުޒާ ދާވޫދު

މާމަގެ ޒަމާނުން ފެށިގެން އަދާ ހަމަޔަށް އެތައް ހާސް ދިވެހި ލިބާހަކާ ލިބާހާ އެކު ބޭނުންވާ އެހެނިހެން ތަކެތި އުފައްދާފައިވާ އާޢިލާގެ ފަރާތުން ވާހަކަ ދައްކަމުން ޝަރީފާ ބުނީ ޒަމާން ބަދަލުވެ އާލާތް އިތުރު ވިޔަސް އެމީހުން އުފައްދާ ލިބާހަކަށްވެސް މަސައްކަތުގެ ވައްޓަފާޅި އަކަށް ބަދަލު ނުގެންނާނެ ކަމަށާއި މިއީ ސައްތައިން ސައްތަ ދިވެހި ލިބާސް ކަމަށެވެ. އަދި ކިތަންމެ ކުޑަ ކުއްޖަކު ލާން ވިޔަސް އަދި ބޮޑު މީހަކު ލާން ވިޔަސް އެމީހުން ހަދާނީ އެއް ކޮލިޓީއެއް ކަމަށްވެސް ޝަރީފާ މުހައްމަދު ބުންޏެވެ.

ބައިނަލް ޤައުމުގެ ކާމިޔާބީ

ދިވެހި ލިބާސް ތައްޔާރު ކުރުމުގެ މަސައްކަތް އާޢިލާ އެންމެން ގުޅިގެން ކުރާތާ ބައި ގަރުނަކަށް ވުރެ ގިނަ ދުވަސް ވެފައި ވާއިރު އެމީހުންވަނީ މި މަސައްކަތުގައި ވަރަށް ބޮޑު ކާމިޔާބީއެއް ހޯދާފައެވެ. އެގޮތުން އެންމެ ބޮޑު ކާމިޔާބީއަކީ މަސައްކަތުގެ ޑިމާންޑެވެ. ސީދާ ދިވެހިވަންތަ ދިވެހި ލިބާސް ބޭނުން ވެގެން ލިބޭ އޯޑަރެވެ.

ހުވަދޫ ފޮޓޯ: ރިކުޒާ ދާވޫދު

” މި މަސައްކަތަކީ އަތުން ކުރާ މަސައްކަތަކަށް ވުމުން ވަޤުތު ބޭނުންވޭ ލިބާސް އެއްކޮށް ނިންމަން. ދެން މުޅި އާޢިލާ އެއްކޮށް ކުރާތީ މާ ލަހެއްނުވެ ނިންމާލެވޭ” މިހާރު މާލޭގެ ބައެއް ސްވެނިއަރ ފިހާރަ ތަކުންވެސް އޯޑަރު ލިބެމުންދާކަމަށެވެ ބުނެ އެކަން ފާހަގަ ކުރަމުން ޝަރީފާ ބުންޏެވެ.

މުޅި އާޢިލާގެ ގެ އެހީތެރިކަން އެކަކު އަނެކަކަށް

ކުރިން ވެސް ދެންނެވިހެން މިއީ ވަރަށް ގުޅިގެންކުރާ އާޢިލީ މަސައްކަތެކެވެ. ޝަރީފާގެ މަންމަ ހިރު ގެތުމުގައި ހުރިހާ ވަޤުތެއް ހުސްކޮށްލާއިރު، ފިރިމީހާ އަކީ ކިނާރި ވިޔުމުގައި މުހިންމު ރޯލެއް އަދާކުރާ މީހަކަށް ވާއިރު މި މަސައްކަތުގައި މިވަގުތު އެންމެ މުހިންމު އެއް މަސައްކަތެއް ކުރާ ބަޔަކީ ފަރްޔާލުގެ މާމަ ދަރިންނެވެ. ދިވެހިލިބާހުގެ އިތުރުން ހެދުމާއި ގުޅުން ހުރި ހުރިހާ އެއްޗެއް ޑިޖިޓަލް މަރކެޓްގައި ވިއްކުމަށާއި ޕްރަމޯޝަންގެ ހުރިހާ ކަމެއްވެސް ޝަރީފާގެ ދަރިން ކުރަމުން ދާއިރު މަންމަ މެންނަށް ފަސޭހަ ކުރުމަށް ލިބާހުގައި 4 ފެހުން ޖަހައިދީ ހަދަނީވެސް އެކުދިންނެވެ.

ހުވަދޫ ފޮޓޯ: ރިކުޒާ ދާވޫދު

އަދި މާލެ އާއި ރަށުން ބޭރުގައި ހިނގާ ބައެއް ޕްރޮގްރާމް ތަކާ ތަމްރީނު ތަކުގައިވެސް އެކުދިންގެ ތެރެއިން އެއް ކުއްޖަކު ކަމުގައިވާ އާޝިފާ ދަނީ ވަގުތުވާ ވަރަކުން ބައިވެރިވަމުންނެވެ. އަދި ހެދުމާއި ގުޅުން ހުރި އެތައް އެއްޗެއް އަމިއްލަޔަށް ތައްޔާރު ކުރުމަށްނެވެ. ނާހިދާ ގެ މައިގަނޑު މަސައްކަތަކީ ލިބާސް ތަކުގައި 4 ފެހުން ޖެހުމެވެ. ޝަރީފާ ބުނާ ގޮތުންނަމަ އެއީ އެންމެ މުހިންމު މަސައްކަތެވެ.

ދިވެހި ލިބާހުގެ މަސައްކަތުގެ ކުރި އަގަށް ކުރާ އުންމީދު

ޝަރީފާ ބުނިގޮތުގައި އާއިލީ އެއްބައިވަންތަކަން ރަމްޒުވާ މި މަސައްކަތް ދެކެން ބޭނުންވާ ކަންކަން އެބަހުއްޓެވެ. “ވަރަށް ބޭނުން މި މަސައްކަތް ކުރުމަށް ޚާއްސަ ތަނެއް ހެދުން. އަދި މިކަމުގައި އާޢިލާދެމި ތިބޭނެ ގޮތެއް ފަހިވެ އެ މަންޒަރު ފެނުން. މިހާރު ހުރިހާ ކަމެއް މި ކުރެވެނީ އެމީހެއްގެ ކޮތަރީގައި ނޫނީ ވަރަށް އާދައިގެ ގޮތަކަށް” ދިވެހި ލިބާސް އުފައްދާ ހިޔާ ވައްސެއް ހަދައި އެތަނުގައި ހުރިހާ މަސައްކަތްތަކެއް ކުރުމުގެ ފޮނި އުންމީދު ދެކެވުން އަންނަ ޝަރީފާ ބުންޏެވެ.

ވަކިންވަކިން އެކިއެކި މާހަޢުލެއްގައި ތިބެ މަސައްކަތްތްކޮށް އެ އުފެއްދުން ބާޒާރަށް ނެގުމުގައި އަވަދިނެތި އުޅެމުންދާ މަޑަވެލީގެ މި އާޢިލާގެ މޭސްތިރި ކަމުގައިވާ ޝަރީފާ މުޙައްމަދުގެ މާމަ ޙަލީމާ ގާސިމް ނުވަތަ ކުއްދައިތާގެ ދިޔެ އޭނާގެ ރަން ޒަމާނުގައި ފެށި މަސައްކަތް މިއަދު ވަނީ ބަދަލެއް ވިޔަ ނުދީ ހިފަހައްޓައި މިއަދުގެ ޖީލާ ހަމަޔަށް ގެނެސްފައެވެ. އަސްލަށް ކުޑަވެސް ބަދަލެއް ނުގެނެސް މުޅި އާޢިލާގުޅިގެން ކުރި މަސައްކަތް ކިތަންމެހާވެސް ކާމިޔާބެވެ. ފޭސްބުކް ގައި” ދިވެހި ލިބާސް” ނަމުގައި ހިންގާ ޕޭޖް ބަލާލުމުން އެކަނި ވެސް މިކަން ސާބިތު ވެއެވެ.

ހުވަދޫ ފޮޓޯ: ރިކުޒާ ދާވޫދު

މިއަދާ ހަމަޔަށް އައި އިރު އެއްވެސް ސަރުކާރަކުން މިކަން ދެކެފައި ނުވެއެވެ. އަގު ވަޒަން ކޮއްފައި ނުވެއެވެ. ނަމަވެސް އެ ކުރަނީ މަޑަވެލި ފަޚުރުވެރިވާ މަސައްކަތެކެވެ. އެއީ މުޅި ހުވަދޫ ގެ ޝަރަފެކެވެ. އަދި ކިޔެއްތަ ފޮތެއްގައި ރަން އަކުރުން ލިޔެވިފައި ނެތަސް އެއީ ދިވެހި ރާއްޖޭގެ ތާރީޚާއި ސަޤާފަތް ދިރުވައިދޭ ދިވެހި ރާއްޖޭ ރަމްޒު ކޮށްދޭ ކަމެކެވެ. އެކަން ފާހަގަ ކޮށް އެ އާއިލާ އަށް ހުވަދޫ މީޑިއާގެ އެންމެހާ މެމްބަރުންނާގެ ފަރާތުން ޚާއްޞަ ސެލިއުޓެއް އަރުވަމެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!