ޚަބަރު
ތިނަދޫގައި 200 ހައުސިން ޔުނިޓް އަޅާނެ ބަޔަކު ހޯދަނީ

ގދ. ތިނަދޫގައި 200 ހައުސިން ޔުނިޓް އަޅައިދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފިއެވެ.

އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ޑިޒައިން އެންޑް ބިލްޑް އުސޫލުން މި މަޝްރޫއު ހިންގައިދޭން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 30 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

ބީލަމުގައި ބައިވެރިވާން 500ރ. ގެ ފީއެއް ދައްކަން ޖެހޭނެ ކަމަށް މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވެއެވެ. ފީ ބަލައިގަތުން ކުރިއަށް ދާނީ މި މަހުގެ 26 އާ ހަމައަށެވެ.

ބިޑް ސެކިޔުރިޓީގެ ގޮތުގައި 1,050,000ރ. ހުށަހަޅަން ޖެހޭ އިރު، ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީހުން ފެށިގެން 148 ދުވަހެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.
 1. މަޑުފެހި 17

  200 ހައުސިން ޔުނިޓުއަޅަން ބަޔަކު ހޯދަން އިއުލާނުކުރިއިރު އަދި ތިނަދޫގެ ލޭންޑްޔޫސް ޕްލޭން ހަދާނުނިމެއެވެ. ތިކިޔާ 200 ހައުސިން ޔުނިޓު އަޅަނީ ތިނަދޫ ރަށުކައުންސިލް އިދާރާއާއި ދިމާލުން މަތީގަ ޖައްވުގަކަމެއް ނޫނީ ކައުންސިލް އިދާރާ ހުރި ބިމުގެ ފަސްގަނޑުގެ އަޑީކަކަމެއްވެސް ތިނަދޫ ރައްޔިތުންނަކަށް ނޭގެއެވެ

 2. ތުއްތުނާ

  ތިނަދޫގައި ގޯތި ދެވެން އޮތްވަރަކަށް ގޯތި ދީފައި އޭގެ ތެރެއިން ރޯހައުސް ބޭނުންވާ ބަޔަކަށް އެގޯއްޗެއްގައި ރޯހައުސް އަޅާދޭ ގޮތަށް ހަދައިފިއްޔާ ކިހިނެއްވޯނެތޯއެވެ. ގޯއްޗަށް ޝަރުތު ހަމަވާ މީހުންގެ މެދުގައި ގުރުއަތު ލުމުގެ ކުރިން ރަނގަޅު އެރޭންޖްމެންޓްއެއްގެ ދަށުން މިކަން ކޮއްފިއްޔާ 200 ރޯހައުސް އަޅާނެ ބިން އެއްތަނަކުން ދޫކުރެވިދާނެކަމަށް މަށަށް ފެނެއެވެ