ދުނިޔެ
ޓުވިޓަރ އިން ޓްރަމްޕްގެ ސަސްޕެންޝަން އުވާލާނަން: އެލޮން މަސްކު

ޓުވިޓަރ ގަތުމަށް މިހާރު ކުރިޔަށްދާ ޑީލް އެކީ މިނި، ސޯޝަލް މީޑިއާ ޕްލެޓްފޯމުގެ އޯނަރޝިޕް ބަދަލު ވުމާއި އެކު، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަޕް މި ޕްލެޓްފޯމުން ސަސްޕެންޑް ކޮށްފައި އޮތް އޮތުމަށް ނިމުމެއް ގެންނަވަނާނޭ ކަމުގައި، 44 ބިލިއަން އެމެރިކާ ޑޮލަރަށް ޓުވިޓަރ ގަންނާނޭކަން އިއުލާން ކުރައްވާފައި، ދުނިޔޭގެ އެންމެ މުއްސަދި މަހުޖަނު އެލޮން މަސްކު ވިދާޅު ވެއްޖެއެވެ.

“އަހަރެން މި ސަސްޕެންޝަން އުވާލާނަން،” ފައިނޭންޝަލް ޓައިމްސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން މަސްކު ވިދާޅު ވެފައިވެއެވެ. އޭނާ ވިދާޅުވި ގޮތުގައި، ޓުވިޓަރގެ އޯނަރޝިޕް އަދި ބަދަލު ކުރެވިފައި ނުވާކަމަށާއި، އެހެންކަމުން، ޓްރަމްޕްގެ ސަސްޕެންޝަން އުވާލުމަކީ ވާނެކަމެއްކަން އަދި ޔަގީން ނުކުރެވޭނެ ކަމުގައެވެ.

ދުނިޔޭގެ އެންމެ މުއްސަދި މަހުޖަނު އެލޮން މަސްކު

44 މިލިއަން ޑޮލަރަށް ޓުވިޓަރ ގަތުމަށް މަސްކު ޝައުގިވެރިކަން ފާޅުކޮށް، އަދި ޓުވިޓަރގެ ބޯޑުން އެ ޕްލެޓްފޯމް ވިއްކާލަން ނިންމާފައިވި ނަމަވެސް، މި ޑީލަށް، ދުނިޔޭގަ އޮތް އެންމެ ވަރުގަދަ ސޯޝަލް މީޑިއާ ޕްލެޓް ފޯމުގެ ޝެއަރ ހޯލްޑަރުންނާއި އަދި ރެގިއުލޭޓަރުންގެ ތާއީދު ލިބެން ޖެހެއެވެ.

ޓެލްސާ ކުންފުނީގެ ވެރިޔާ، މަސްކު ޓުވިޓަރ ގަތުމަށް ކުރަމުންދިޔަ ކެމްޕޭންގައި، އޭނާ އާންމުކުރާ ސްޓޭޓްމަންޓްތަކާއި، އަދި އޭނާ ހަނގާކުރުންތަކަކީ، އޭނާ ޓުވިޓަރ ޕްލެޓްފޯމާއި ގުޅޭގޮތުން ފާޅުކޮށްފައިވާ ޚިޔާލުތަކާއި ފުށުއަރާ ކަންތައްތަކެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކޮށް އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ.

ފޯބްސް މެގަޒިންއިން ހާމަކޮށްފައިވާ ގޮތުގައި، އަމިއްލަ ބައިތުލްމާލުގައި 219 އެމެރިކާ ޑޮލަހުރި އެލޮން މަސްކުއަކީ މިހާރު ދުނިޔޭގައި ހުރި އެންމެ މުއްސަދި މަހުޖަނެވެ.
ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!