ޚަބަރު
ކުޑަކުއްޖެއް- ބަލާބެލުމަށް 60 އަހަރު

ކެމްބޯޑިޔާއަށް އުފަން އުމުރުން 10 އަހަރުގެ ކުޑަ އަންހެންކުއްޖެއް ސިފަޔަށް ބަލާއިރު، ފެންނަ ފެނުމަށް ސިފަވަނީ، އުމުރުން 60 އަހަރުގެ މުސްކުޅި އަންހެނެއްގެ ސިފައެވެ.

ގިނަ ގާތްތިމާގެ މީހުންނާއި، އަވަށްޓެރިން ޤަބޫލުކުރާގޮތުގައި، ބޫ ރެކިންގ އަށް އުމުރުން ދުވަސްވެފައިވާ އަންހެނެއްގެ ސިފަ ލިބިފައިވަނީ، އޭނަގެ ބަދުނަސީބާއި ގުޅިފައިވާ ކަމެކެވެ.

އުމުރުން 10 އަހަރުގެ ކުޑަ ބޫ، ކުޑަ ފިރިހެން ކޮއްކޮއަށް ވުރެ ދިގީ ކުޑަ ތަންކޮޅެކެވެ. އަދި ބޫ އާއި އެއް އުމުރެއްގެ ކުދިންނާއި އަޅާބަލާއިރުވެސް އިސްކޮޅުގެ ގޮތުން އެއްވަރެވެ. ނަމަވެސް ބޫގެ ސިފަޔަށް ބަލާއިރު، އުމުރަށްވުރެ މުސްކުޅި މީހެއްގެ ގޮތުގައި ބޫ ސިފަވެއެވެ. ބޫ އަކީ 10 އަހަރުގެ އަންހެން ކުއްޖެއްކަމުގައި ވިޔަސް، ބޫ އަށް ލިބިފައިވަނީ 60 އަހަރުގެ އަންހެނެއްގެ ސިފައެވެ.

މި 10 އަހަރުގެ ކުޑަކުއްޖާ އުފަންވި އިރުވެސް، ގައިގެ ހަންގަނޑުގައި ރޫ ޖެހި މުސްކުޅި މީހުންގެ ސިފަ ލިބިފައިވާކަން ފާހަގަ ކުރެވެއެވެ. އާއިލާއާއި އެއްކޮށް އާބާދީ އާއި ދުރު ހިސާބެއްގައި ދިރިއުޅޭ މިކުޑަ އަންހެން ކުއްޖާއަށް ކޮންމެ ދުވަހަކު އެތަށް ކުދިންނެއްގެ ފުރައްސާރަ ކުރިމަތިވެއެވެ.

ރައްޓެހިންނާއި އެކުގައި ބައިސްކަލުގައި ސްކޫލަށް ދާއިރު، ކުދިން މުސްކުޅި އަންހެނާއޭ ކިޔައި ފުރައްސާރަކުރައެވެ. އާއިލީ ގޮތުން ތިމާގެ ބައެއް ކުދިންވެސް މާމަ އޭ ކިޔައި ބޫ އާއި ދިމާކޮށް ހަދައެވެ. މިކުޑަ އަންހެން ކުއްޖާގެ ހުވަފެނަކީ، ޕްލާސްޓިކް ސާޖަރީއެއް ކޮށްގެން އެހެން ކުދިންނެކޭ އެއްގޮތަށް ރީތި ސިފައެއް ލިބިގަތުމެވެ.

ބޫ އަށް ބައެއް ރަޙްމަތްތެރިންގެ ފަރާތުން ވަރަށްބޮޑު ހިތްވަރެއް ލިބިގެންދާކަމުގައި ބުނެއެވެ. އެހެން ކުދިން ކިޔާ އެއްޗިއްސަށް މާބޮޑަށް ވިސްނައި ދެރަ ނުވުމަށް މައިންބައިފިންގެ ފަރާތުން ހިތްވަރު ލިބޭކަމަށް މިކުޑަކުއްޖާ ބުނެއެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!