ޚަބަރު
ރާއްޖޭގެ އިތުރު 3 ސަރަހައްދެއްގައި މުޅިން އަލަށް މަސްކަނދުފަތި

މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ރާއްޖޭގެ 3 ހިސާބެއްގައި މުޅިން އަލަށް މަސްކަނދުފަތި އަޅައިފިއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން މަސްކަނދުތައް އަޅާފައިވަނީ ކ. ކާށިދޫގެ އުތުރުން 4.5 މޭލު ބޭރުގައާއި، ތ. ވިލުފުށި އިރުން 9 މޭލު ބޭރުގައި އާއި ތ. ގާދިއްފުށީގެ އިރުދެކުނުން 8 މޭލު ބޭރުގައެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ މިއިން ކޮންމެ ސަރަހައްދެއްގައި އަޅާފައިވާ ކޮންމެ މަސްކަނދަކަށް ޚާއްސަ ނަންބަރެއްވެސް ދީފައިވާ ކަމަށެވެ. އަދި މިއީ މި ސަރަހައްދުތަކުގައި މަސްކަނދުފަތިތައް އެޅި ފުރަތަމަ ފަހަރުކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.

އާންމުގޮތެއްގައި މަސްކަނދަކީ، ރާއްޖޭގައި މަސްވެރިކަމުގެ ޚަރަދު ކުޑަކުރުމުގެ ގޮތުން އަޅަމުން އަންނަ އެއްޗެކެވެ. އެގޮތުން މަސްވެރިކަމުގެ ޚަރަދުތައް ކުޑަކުރުމަށް މަސްކަނދު ވިއުގަ އިތުރަށް ފުޅާ ކުރުމަކީ މިނިސްޓްރީގެ އަމާޒެކެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!