ޚަބަރު
ކުޑަކުއްޖަކަށް އަނިޔާ ކުރާ ވީޑިއޯއެއް އާއްމުވެ މައްސަލަ ބަލަން ފަށައިފި

ށ. އަތޮޅު މިލަންދޫގައި 18 އަހަރު ނުވާ ފިރިހެން ކުއްޖަކަށް އަނިޔާ ކުރާ ވީޑިއޯއެއް މީސް މީޑިއާގައި އާއްމުވެ ޖެންޑާ މިނިސްޓްރީ އާއި ފުލުހުން އެމައްސަލަ ބަލަން ފަށައިފިއެވެ.

މި މައްސަލަ ބެލުމަށް ޖެންޑާ މިނިސްޓްރީގެ ޓީމެއް އެ ރަށަށް މިހާރު ވަނީ ގޮސްފައިވާއިރު، ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯ އިން ފެންނަނީ ކުއްޖާގެ ގަމީހުގައި ހިފައިގެން ގަދަކަމުން ގެންގޮސް އެ ކުއްޖާ ބިންމައްޗަށް ވައްޓާލައި އަނިޔާކުރަނިކޮށެވެ.

މިލަންދޫ ފުޓްބޯޅަ ކުޅޭ ސަރަހައްދުގައި ހިނގި މިކަމާއި ބެހޭ ގޮތުން ޖެންޑަ މިނިސްޓްރީ އިން ބުނީ އަނިޔާކުރި މައްސަލަ ބަލަން ފަށައި ކުއްޖާއަށް ފަރުވާ ދީފައިވާ ކަމަށާއި މައްސަލަ ހައްލުކުރުމަށް ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށެވެ. އަދި ކުއްޖާއަށް އަނިޔާކުރީ އުމުރުން 18 އަހަރުން ދަށުގެ ކުދިންތަކަކަށްވާތީ އެ މައްސަލަ ޖެންޑާ އިން ބަލަމުން އަންނަނީ ކަމާ ގުޅޭ އެހެން އިދާރާތަކާ ގުޅިގެން ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

ސޯޝަލް މީޑިއާގައި ވީޑިއޯ އާންމުކުރި މީހާ ވަނީ ކުއްޖާއަށް އަނިޔާކުރީ ރަށުގެ ނުފޫޒު ގަދަ އާއިލާއަކަށް ނިސްބަތްވާ ކުދިންތަކެއް ކަމަށް ބުނެ އެކަން ބެލޭނެތޯ ސުވާލު އުފައްދައިފަ އެވެ.

ވީޑިއޯ އިން ފެންނަ ގޮތުގައި އެ ކުއްޖާގެ ގައިގައި ދަނޑިބުރިއެއް ކަހަލަ އެއްޗަކުން ވަރަށް ބާރަށް ދެތިން ފަހަރު ޖަހަ އެވެ. އަދި ފަހުން އަތުން ވެސް ތަޅަ އެވެ.

ވީޑިއޯ އިން ފެންނަ ގޮތުގައި އެކަކު އެ ކުއްޖާއަށް އަނިޔާ ކުރާ އިރު، ކައިރީގައި އިތުރު ކުދިންތަކެއް ތިބޭ ތަން ފެނިގެން ދެއެވެ. އަދި އެ ކުއްޖާއާ ވާހަކަދައްކަން އުޅޭތަން ވެސް ފެނިގެން ދެއެވެ. އަދި އަނިޔާ ކުރުމުން  ކުއްޖާ ރޯ އަޑު ވީޑިއޯ އިން އިވެއެވެ. އަނިޔާކުރަމުން އެ މަންޒަރު ވީޑިއޯކުރަމުން ހުތުރު ބަހުން އެކުއްޖާއަށް އެހެން ކުއްޖަކު މުއާމަލާތް ކުރާ އަޑު އިވޭއިރު، ކުއްޖާއަށް އަނިޔާކުރުމަށް ފަހު އެކުއްޖާއާ ދިމާލަށް “ނައްޓާލާ” އޭ ބުނުމުން ކުއްޖާ ނިކުމެގެންދާ މަންޒަރު ފެނެ އެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!