މީހަކު ދަންޖެހިގެން މަރުވެއްޖެއެވެ. މިކަން ހިނގާފައިވަނީ ށ އަތޮޅު ފުނަދޫގައެވެ.
މައުލޫމާތު ލިބުނުގޮތުގައި ދަންޖެހި އަމިއްލައަށް މަރުވެފައިވަނީ ށ.ފުނަދޫގައި ދިރިއުޅެމުންދާ އުމުރުން 27 އަހަރުގެ ބިދޭސީ ފިރިހެނެކެވެ. އޭނާއަކީ އެރަށުގެ ކެފޭއެއްގައި މަސައްކަތް ކުރަމުންދިޔަ މީހެކެވެ.
އެރަށުން މީޑީޔާއިން މައުލޫމާތު ދިން މީހަކު ބުނާގޮތުގައި އޭނާ ދަންޖެހިފައި ހުއްޓާ ފެނިފައިވަނީ މިއަދު ހެދުނުގެ ވަގުތެއްގައެވެ. އަދި އެކަން ފުލުހުންނަށް ވެސް އަންގާފައިވާ ކަމަށް އެ މީހާ ބުންޏެވެ.
އެހެން ނަމަވެސް މިކަމާއި ގުޅިގެން ފުލުހުންގެ ބަހެއް އަދި ލިބިފައި ނުވެއެވެ.
ގއ.މާމެންދޫ ގައިވެސް ސާޅީސް އަހަރު ދޮށި އަންހެނަކު ނިމިދިޔަ ހަފްތާގަ އޭނާ ދިރިއުޅޭ ގޭގެ ނިދާ ކޮޓަރީގައި އަމިއްލަޔަށް ދަންޖެހިގެން ތެޅިތެޅި އޮއްވާ ބަޔަކު ގޮސް ކޮޓަރީގެ ދޮރު ފަޅާލައި ވަދެ ސަލާމަތް ކުރީ. ކިރިޔާ އެ އަންހެންމީހާ މަރުނުވީ
ދާދި ފަހުން މައުމޫނު ތިރަށްވަޑައިގެންނެވި ، އިތުރަށް ދިރާސާކޮށްލަން ފެނަެ!