ޚަބަރު
އިންޑިޔާ ސަރުކާރުން ރާއްޖެއަށް ޓީބީ ބޭސް ހަދިޔާކޮށްފި

އިންޑިޔާ ސަރުކާރުން ދިވެހިރާއްޖެއަށް އެންޓި ޓިއުބަކިއުލޮސިސް (ޓީބީ) ބޭސް ހަދިޔާ ހަދިޔާކޮށްފިއެވެ.

އިންޑިޔާ ސަރުކާރުގެ ފަރާތުން މިބޭސް ހަވާލުކޮށްދެއްވީ އިންޑިއަން ހައި ކޮމިޝަންގެ ޗާޖް ޑެ އެފެއަރޒް ރޯހިތު ރަތީޝް އަދި ރާއްޖޭގެ ފަރާތުން ބޭޙާއި ހަވާލުވެ ވަޑައިގަތީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޝާހު އަބްދުﷲ އެވެ.

2025 އާ ހަމަޔަށް ދިވެހިރާއްޖެއިން ޓީބީ ބަލި ނައްތާލުމަށް ދިވެހި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކކެއް ކުރަމުންނެވެ. އެހެންކަމުން މިމަސައްކަތަށް އިންޑިޔާ ސަރުކާރުން މިވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

އިންޑިޔާއިން ހަދިޔާކުރި ބޭސްތަކުގެ ތެރޭގައި އެންޓި ޓީބީގެ އެކި ބާވާތްތަކުގެ ބޭސް ހިމެނެއެވެ. އޭގެތެރޭގައި މަލްޓި ޑްރަގް ރެސިސްޓަންޓް ޓިއުބަކިއުލޮސިސް (އެމް.ޑީ.އާރް – ޓީބީ)ވެސް ހިމެނޭހެން 27،000 އަށްވުރެ ގިބަ ޓެބްލެޓު ވަނީ ހަދިޔާކޮށްފައެވެ.

ރާއްޖެއަކީ ޒަމާނުއްސުރެ އެކި ގޮތްގޮތުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެމުުން އަންނަ ޤައުމެކެވެ. މުޅިދުނިޔެއަށް ކުރިމަތިވި ކޮވިޑް-19ގެ ބަލިމަޑުކަމުގައިވެސް އިންޑިޔާއިން ވަނީ ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި މީނޫނަސް ހިމަބިހި ފަދަ ގިނަ ބަލިތަކުން ރައްކާތެރިވުމަށް އިންޑިޔާ ސަރުކާރުން ވަނީ ރާއްޖެއަށް އެހީ ފޯރުކޮށްދީފައެވެ.

އިންޑިޔާ ސަރުކާރުން ރާއްޖެއަށް ދީލަތި އެހީތައް ދެމުން ގެންދާއިރު ރާއްޖޭގެ ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ދަނީ އިންޑިޔާ އައުޓް ގޮވަމުންނެވެ. ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން ރާއްޖެއިން ފޭބުމަށް ގޮވާލާ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!