ކޮލަމް
ރިވެލި: ރަށުގެ ވެރިންނޭވެ! ރައްޔިތުންގެ ހިތްތަކުގެ މައްޗަށް ވެރިވެ ގަނެވޭނީ ހެޔޮ ނަމޫނާ ދައްކައިގެންނެވެ!

ރަށުގެ ޢިއްޒަތްތެރި ވެރިންނޭވެ! މިއަދު މުޖުތަމަޢު ބަލާނީ ތީ އާދައިގެ ބައެއްގެ ގޮތުގައެއް ނޫނެވެ. ތީ އިއްޔެ ތިފަރާތްތައް ތިބި ޙައިޘިއްޔަތަށްވުރެ މާތަފާތުކަންބޮޑު، އަދި މާމުހިއްމު ޙައިޘިއްޔަތެއްގައި ތިބި ބައެކެވެ. ތިފަރާތްތަކަކީ މިއަދު ރަށެއްގެ ރައްޔިތުން ސިފަކޮށްދޭ ނަމޫނާ ޝަޚްޞިއްޔަތު ތަކެއްކަމުގައި ވާން ރަށުގެ ކޮންމެ ރައްޔިތަކު އުއްމީދު ކުރެއެވެ. އެކަން ވާން ޖެހެނީވެސް އެހެންނެވެ. ބޮޑު ޖީލެއްގެ ސުލޫކަށް ބަދަލު ގެނައުމުގެ ބުރަބޮޑު މަސްއޫލިއްޔަތާއި ޒިއްމާ ވަނީ ތިޔަ ފަރާތްތަކުގެ ކޮނޑުގައި ބޮޑުކޮށް އެޅިފައިކަން ތިފަރާތްތަކުން ހަނދާން ބަހައްޓަން ޖެހެއެވެ. އަދި އެކަން ތިޔަފަރާތްތަކަށް ފަހިކޮށް އެހީތެރިވާނޭ ގިނަ ބަޔަކުވެސް މުޖުތަމަޢުގައި އެބަތިބިކަން ހަނދާނުގައި އަބަދުވެސް ބަހައްޓަން ޖެހެއެވެ. ތިބޭފުޅުންގެ ފަރާތުން ރައްޔިތުން އެއްމެބޮޑަށް މިއަދު އުއްމީދު ކުރަނީކީ ޢިލްމީ މާބޮޑު ސެޓްފިކެޓްތަކެއް ތިބޭފުޅުންގެ އަތުގައި ހުރުމަކަށް ނޫނެވެ. ތިބޭފުޅުން ކޮށްދޭހިތުން ތިޔަ އުޅުއްވާ ބިޔަބޮޑެތި ކޮންކްރީޓުގެ ތަރައްޤީއެއްވެސް ނޫނެވެ. އެރައްޔިތުން އެބައިމީހުންގެ މައްޗަށްތިބޭ ވެރިންގެ ކިބައިން އެއްމެބޮޑަށް އެދި، އުއްމީދު ކުރާ އެކައްޗަކީ ރިވެތި އަޚްލާޤާއި، ރިވެތި ނަމޫނާ ދެއްކުމެވެ.

20 މެއި 2022 ގައި ރާއްޖޭގެ މިސްކިތްތަކުން އިވިގެންދިޔަ މަޢުނައިން ފުރިގެންވާ ހުކުރު ޚުޠުބާގައި ވަނީ މިކަމަށް އަލިއަޅުވާލާފައެވެ. އެޚުޠުބާގެ އެއް ޢިބާރާތެއްގައިވަނީ:

“އިސްލާމްދީނުގެ އަލިގަދަ ނޫރުން ޒީނަތްތެރިވެފައިވާ މަސައްކަތުގެ ވެށްޓެއް ތިބާގެ ގޭގައި ޤާއިމް ކުރުމަށްޓަކައި ، ހިގާ ދުލަކަށް ބޭނުމެއް ނުވެއެވެ. ތަނަވަސް ބަޖެޓަކަށް ބޭނުމެއް ނުވެއެވެ. ބޭނުންވަނީ ޢަމަލީ ނަމޫނާއެވެ.”

އަޅުގަނޑުމެންގެ ތެރޭގައި އޮންނަ އެއް ޤަބޫލުކުރުމަކީ ޚުލްޤުހެޔޮ، މުރާލި، ކާމިޔާބު ރައްޔިތެއް ބިނާކޮށް، އޭގެ ސަބަބުން ތަރައްޤީއާއި ކުރިއެރުން ޙާޞިލް ކުރުމަށްޓަކާ މުޖުތަމަޢު ތަކަށް އެއްމެ މުހިއްމީ ބޮޑެތި ބަޖެޓާއި، މޮޅަށް ވާހަކަދެއްކޭ ވެރީންނެވެ. އެހެން ނަމަވެސް ރަނގަޅަށް ވިސްނާލުމުން އެގޭ އެއްޗަކީ ހަމައެކަނި ބޮޑެތި ބަޖެޓާއި، ބޮޑެތި ސެޓްފިކެޓް އޮތް ކައުންސިލަރުންނާއި ވެރީން ތިބުމަކުންނެއް ރަށެއްގައި މިދެންނެވިފަދަ ރައްޔިތެއް ބިނާކޮށް، ރަނގަޅު އިޖުތިމާޢީ ވެށްޓެއް ޤާއިމްކޮށް، އެއާއި ގުޅުވައިގެން ތަރައްޤީ ޙާޞިލް ނުކުރެވޭނެ ކަމެވެ. ކިތައްމެ މޮޅަށް ވާހަކަ ދައްކައި ރައްޔިތުންގެ ބޯކާލެވޭ ވެރިން ތަކަށްވެސް ހަމައެކަނި މި ދެވަޞީލަތުން އެކަމެއް ނުވާނެއެވެ.

މިއީ ދުނިޔަވީ ތަޖުރިބާވެސް ދައްކާ ގޮތެވެ. އެއްމެ މުހިއްމު ހަތިޔާރަކީ ހެޔޮ ނަމޫނާ ދެއްކުމެވެ. ވެރީން ރައްޔިތުންގެ ސިކުނޑީގައި ބިންވަޅު ނެގޭފަދަ އިޙުސާންތެރި އުޅުމެއް ދައްކައި، ވިސްނުންތެރިކަމާއެކު ޢަމަލުކޮށް ބަސްބުނަން ދަނެގެންނެވެ. އަދި ބަސްމަދުކޮށް ރައްޔިތުން އެދޭފަދައިން، އަދި އެމީހުންގެ ވިންދާ އެއްގޮތަށް ޢަމަލުތައް ގިނަކޮށްގެންނެވެ. ވެރިންގެ އަމިއްލަ ސިކުނޑީގައި އެކަނި ހުންނަ މޮޅެތިހެން ހީވާ ވިސްނުންތަކުން ރައްޔިތުންނަށް ޖަވާބުދީ، އެމީހުންގެ ހިތް މަރައިގެނެއް ނޫނެވެ. އޭގެ ބަދަލުގައި ރިވެތި ނަމޫނާއިން ރައްޔިތުންގެ ހިތްތައް ފަޠަޙަކޮށްގެންނެވެ.

ވެރީންނަކީ ޚިޔާލުފާޅުކުރާ ރައްޔިތުންގެ ބަސްތަކަށް އިޙުތިރާމް ނުކޮށް، ރައްޔިތުމީހާގެ ވިސްމުނަށްވުރެ ތިމާމެންގެ އަމިއްލަ ވިސްނުން ކުރިޔަށް ނެރެގެން، ހަވާނަފްސު އެދޭގޮތަށް ރައްޔިތުންނަށް ޖަވާބުދާރީވެ ބަސްބުނާ ބަޔަކަށް ވެއްޖެ ނަމަ، ރައްޔިތުންގެ ރޫޙު އެމަރާލެވެނީއެވެ. އެއީ ރައްޔިތުން ބޭކާރު ކުރުމުގެ ލާމަސީލު ނަމޫނާއެވެ. ރައްޔިތުންގެ ހިތްތައް ވެރީންނަށް ކާމިޔާބު ކުރެވޭނީ މިއަށްވުރެ ހެޔޮ ނަމޫނާ ދައްކައިގެންނެވެ.

ކައުންސިލް އިދާރާގެ މުވައްޒަފުންވެސް އަދި ރައްޔިތުންވެސް ވޭތުވެދިޔަ ދައުރުތަކުގެ ކައުންސިލް މެމްބަރުންނާއި ބެހޭގޮތުން ވާހަކަ ދައްކާއިރު ފާހަގަ ކުރަނީ އެމީހުންގެ ޝަޚުޞިއްޔަތުގެ ވާހަކައެވެ. އެމީހުން ގެނައި ތަރައްޤީ އާއި އެހެނިހެން ވާހަކަތައް އެއީ އޭގެ ހަވާސާގައި ދައްކާ ވާހަކައެވެ. އެވާހަކަ ދައްކަނީވެސް އެމީހުންގެ ޝަޚުޞިއްޔަތުގެ މޮޅު ދެރަކަން މިނެކިރާށެވެ. މުވައްޒަފުންނަށް ހެޔޮ ބަދަލެއް އައިއްޔާ އައިއްސަހުރި ކަމަށް އެމީހުން ޤަބޫލުކުރަނީ ހެޔޮނަމޫނާ ދެއްކި ކައުންސިލް މެމްބަރުންގެ އެސިފަތަކުން ކަމަށެވެ.

ގަޑިއަށް ޙުރުމަތްތެރިކޮށް ހިތައި، ގަޑިއަށްވުރެ މާކުރިން އޮފީހަށާއި ބައްދަލުވުންތަކަށް ޙާޟިރުވުމަށް ޢާދަވެފައިވުމާއި، އެހެންމީހުންނަށް ކަމޭހިތައި އިޙްތިރާމް ކުރުމާއި، ރައްޔިތުންގެ ވަގުތު ތަކަށް އިންތިހާއަށް އިހޤތިރާމް ކުރުމާއި، ރައްޔިތުން ކުރިމަތީ މަޑުމައިތިރިކަމާއި އިޙުސާންތެރިކަން އިސް ކުރުމާއި، ރައްޔިތަކަށް ބޮޑުވެއްޖެ ކޮންމެ ކަމެއްގައި އަވަދިނެތި އުޅޭމިންވަރާއި، ރައްޔިތުންގެ ލަފަޔާއި އިރުޝާދުން ނޫންގޮތަކަށް ކަންކުރުމަށް ޢާދަވެފައި ވުންފަދަ ސިފަތައް ވެރިންގެ ކިބައިން ތާއަބަދު ފެނިފައިވާނަމަ އެވާހަކަ މީހުން ފަހުން ދައްކާނެއެވެ. އަދި އެއީ އެރައްޔިތުންނާއި، ޅަޒުވާނުންގެ ހިތަށް ފަސޭހަ ވާހަކަތަކެއް ނަމަ އެޒުވާނުންގެ ޢަމަލުތައް އެގޮތަށް ލެނބޭނެއެވެ. އެސިފަތައް އެރައްޔިތުންގެ ކިބައިގައި މާފަސޭހައިން ހަރުލައެވެ. އެއީ އެމީހުންވެސް ކަންކުރާހިތްވާ ގޮތަކަށް ވެދެއެވެ. ރަށެއްގެ ރައްތިޔަކު ހެދިބޮޑުވެ ތަރައްޤީވާނީ އެރަށެއްގެ ވެރިންގެ ޝަޚުޞިއްޔަތުގައި ހުންނަ ސިފަތަކެއްގެ މައްޗަށް ބިނާވެގެންނެވެ.

ރައްޔިތުންގެ ވިސްނުންތަކަށް އިޙްތިރާމް ނުކޮށް އެމީހުންގެ އަޑު ނާހާ ވެރިންތިބި ރަށެއްގެ ޅަޒުވާނުންނާއި ރައްޔިތުންނަށް އެދަސްކޮށްދެވެނީ ރައްޔިތުން ހިތުހުރިގޮތަކަށް އުޅޭށެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!