ޚަބަރު
މަންކީ ޕޮކްސްއަށް ކިޔާ ދިވެހި ނަން އެގޭތަ

ދުނިޔޭގެ އެކިކަންކޮޅުތަކުގައި މިހާރަކަށް އައިސް ފެތުރެމުންދާ މަންކީޕޮކްސްއަށް ދިވެހި ނަމެއް ދީފިއެވެ.

ދިވެހިބަހުގެ އެކަޑަމީން މަންކީޕޮކްސްއަށް ކިޔަން ނިންމީ “މަކުނު ވިދުރި” އެވެ. އެހެންކަމުން ނޫސްތަކުގައިވެސް މިބަސް ބޭނުން ކުރުމަށް އެއެކަޑަމީންވަނީ މީޑީޔާއަށް އަންގާފައެވެ.

އިއްޔެ އެޗްޕީއޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މަކުނު ވިދުރި ރާއްޖޭގައި ފެތުރުމުގެ ފުރުސަތު ކުޑަ ކަމަށާއި އެހެންނަމަވެސް ދުނިޔޭގައި ބަލި ފެތުރެމުން އަންނަ މިންވަރު އިތުރުވާނަމަ ރާއްޖެއިންވެސް ބަލި ފެނުމަކީ އެކަށީގެންވާކަމެއް ކަމަށެވެ.

މަކުނު ވިދުރީގެ އަލާމާތްތަކަށް ބަލާލާއިރު ހުން އައުން، ގައިގައި ރިއްސުން، ވަރަށް ބޮޑަށް ވަރުބަލިވުން، ބޮލުގައި ރިއްސުން އަދި ކަރުގައްޔާއި، ކިހިލީގައި ނުވަތަ އުކުޅުވަޅުގައި ގޮއްލުން ހިމެނެއެވެ. އެއަށް ފަހު 1 ދުވަހާއި 4 ދުވަހުގެ ތެރޭގައި ހަށިގަނޑުގައި ބިހިތައް ނަގައެެވެ.

މި ބިހިތައް ނަގާއިރު ފަތިކޮށް ހުންނައިރު އެއަށް ފަހު ފެން ފޮޅަށްވެ އޭގެ ފަހުން ފޮޅުތަކުގައި ދޮސްލައެވެ. ދެން ފޮޅުތައް ފަށައިގެންގޮސް ކުރަލައެވެ. ކުރައިގެ ދަށުން އައު ހަންގަނޑު އުފެދި، ކުރަ ވެއްޓެއް ދެން ބަލި މީހާގެ ފަރާތުން އެހެން މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު އޮވެއެވެ.

މިހާތަނަށް މިބައްޔަށް ފަރުވާއެއް ހޯދިފައިނުވެއެވެ. ނަމަވެސް ބަލީގެ އަލާމާތްތަކަށް ފަރުވާ ދިނުމުން ބައެއް މީހުން މިބަލިން ސަލާމަތްވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!