ޚަބަރު
ކޫއްޑޫއަށް 800 ޓަނުގެ މަސް ގަނެވޭގޮތް ހަދަނީ

މަސްވެރިކަމުގެ މޫސުން ފެށުމުގެ ކުރިން ކޫއްޑު އަށް ދުވާލަކު 800 ޓަނުގެ މަސް ގަނެވޭނެ ވަރަށް އެ ތަނުގެ ގާބިލްކަން އިތުރު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވީ މަސްވެރިކަން ރަނގަޅު ދުވަސްވަރު މަސް ނުކިރޭ މައްސަލައަށް އެކަށީގެންވާ ހައްލެއް ގެނައުމަށް މިނިސްޓްރީން މަސައްކަތްތަކެއް ކުރަމުންގެންދާ ކަމަށެވެ.

ެމިނިސްޓަރ ވިދާޅުވީ، މަސްވެރިކަން ތިޔާގިވާ ދުވަސްވަރު އެންމެ ގިނަ އަދަދަކަށް މަސް ކިރަނީ ރާއްޖޭގެ ދެކުނު ސަރަހައްދުގައި ކަމަށާއި ހާއްސަކޮށް ކޫއްޑޫ ފެސިލިޓީ އަށް ކަމަށެވެ. އެގޮތުން ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް މޫސުމުގައި މަސްވެރިކަން ތިޔާގިވުމުގެ ކުރިން މަސްވެރިން ބާނާ މަސް ގަތުމުގެ ގާބިލުކަން ދެގުނަ އިތުރުކުރުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

“ކުރިއަށް އޮތް މަސްވެރިކަމުގެ މޫސުމުގައި 800 ޓަނު ކޫއްޑޫއަށް ކިރުމަށް ގެންނާނެ ކަމަށް ބަލާއިރު، ޝޯޓް ޓާމް ހައްލެއްގެ ގޮތުން މަދުވެގެން އިތުރު 400 ޓަނު ގަނެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ،” މިނިސްޓަރު ވިދާޅުވި އެވެ.

ކޫއްޑޫގައި މިހާރު ހުރި ފްރީޒިން ކެޕޭސިޓީއަކީ ދުވާލަކު 240 ޓަނެވެ. އަދި މިހާރު ބޭނުންކުރަމުން އަންނަ ކަލިމިންޖާ ބޯޓާއެކު ގަނެވެނީ ދުވާލަކު 400 ޓަނުގެ ކަނޑުމަހެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!