ޚަބަރު
މުއްދަތު ހަމަވެފައިވާ ވެކްސިން ކުޑަކުދިންތަކަކަށް ދިން މައްސަލައެއް ފެންމަތިވެއްޖެ

ވިލިމާލެ ހޮސްޕިޓަލުން މުއްދަތު ހަމަވެފައިވާ ވެކްސިން ކުޑަކުދިންތަކަކަށް ދިން މައްސަލައެއް ބަލަމުން އަންނަ ކަމަށް ހެލްތު މިނިސްޓްރީން ހާމަކޮށްފިއެވެ.

ހެލްތު މިނިސްޓްރީގެ މީޑީޔާ އޮފިޝަލް ވިދާޅުވީ ވިލިމާލެ ހޮސްޕިޓަލުން ކުޑަކުދިންތަކަކަށް މުއްދަތު ހަމަވެފައިވާ ވެކްސިންތަކެއް ދީފައިވާ ކަމުގެ ޝަކުވާތަކެއް ލިބުމާއި ގުޅިގެން އެމައްސަލަ ބަލަމުންދާ ކަމަށެވެ.

މީގެކުރިންވެސް ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ކުރި ޓްވީޓެއްގައި ބުނެފައިވަނީ މުއްދަތު ހަމަވެފައިވާ ވެކްސިންތަކެއް ކުޑަކުދިންނަށް ދިނުމަކީ ސީރިޔަސް މައްސަލައެއް ކަމަށާއި މިފަދަ ކަމެއް ހިނގާފައިވާ ނަމަ އެކަން ސަރުކާރުން ސާފުކޮށްދޭން ޖެހޭނެ ކަމަށެވެ.

އުޝާމް އިތުރަށް ވިދާޅުވީ ވިލިމާލޭ ރައްޔިތުންގެ ފަރާތުން މިފަދަ ޝަކުވާތަކެއް ލިބެމުން އަންނަ ކަމަށެވެ.

މިޓްވީޓާއެކު އުޝާމްވަނީ ވިލިމާލެ ހޮސްޕިޓަލުން ކުޑަކުދިންތަކަކަށް ދީފައިވާ ވައްތަރުގެ ވެކްސިން ކަމަށްބެލެވޭ ވެކްސިން ފުޅިއެއްގެ ފޮޓޯ އާންމުކޮށްފައެވެ. މި ފޮޓޯއިން ފެންނަން އިންނަ ގޮތުގައި ވެކްސިންގެ މުއްދަތު ހަމަވެފައިވަނީ 2022 ވަނަ އަހަރުގެ ޖެނުއަރީ މަހުއެވެ.

ހެލްތު މިނިސްޓްރީން ވިދާޅުވެފައިވަނީ މިމައްސަލަ ބެލުމަށްފަހު މައުލޫމާތު ހާމަ ކުރައްވާނެ ކަމުގައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!