ޚަބަރު
މިނިވަން ދުވަހުގެ ދިދަ ނެގުމުގެ އިޙްތިފާލުގައި ރައީސް ބައިވެރިވެ ވަޑައިގަންނަވައިފި

ދިވެހިރާއްޖޭގެ މިނިވަންކަމަށް 56 އަހަރުފުރުމުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން މިއަދު ހެނދުނު ބޭއްވެވި ދިދަ ނެގުމުގެ ޚާއްޞަ އިޙްތިފާލުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައިވެރިވެ ވަޑައިގަންނަވައިފިއެވެ.

މިއަދު ހެދުނު ޖުމްހުރީ މައިދާނުގައި އޮތް މިނިވަންދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އަށް މަރުހަބާ ދެންނެވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދުދީދީ އާއި، މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް އިމްރާން ޢަބްދުﷲ އެވެ.

ރައީސުލްޖުމްހޫރިއްޔާ އެކު އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދުގެ އިތުރަށް ނައިބު ރައީސް ފައިސަލް ނަސީމާއި، ވަޒީރުންނާއި ދައުލަތުގެ އިއްޒަތްތެރީން ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ދިދަ ނެގުމުގެ އިތުރަށް އައްޝައިޚް އަޙްމަދު ޢަބްދުލްކަރީމް އިސްވެ ހުރެ ދުވަހާއި ގުޅޭ ޚާއްޞަ ދުޢާއެއް ކޮށްފައިވެއެވެ.

ރާއްޖޭގައި 1965 ވަނަ އަހަރުން ފެށިގެން ޖުލައި މަހުގެ 26 ވަނަ ދުވަހު އަންނަނީ މިނިވަން ދުވަސް ފާހަގަ ކުަރަމުންނެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!