އުމުރުން ދުވަސްވީ މީހަކު ލިފްޓު ގޮޅީގެ ތެރޭގައި މަރުވެފައި އޮންނަތާ ދެދުވަސްފަހުން ފެނިއްޖެއެވެ.
ރިޕޯޓްތައް ބުނާގޮޮތުގައި މަރުވެފައި އޮތްވާ ފެނިފައިވަނީ އިންޑިއާގެ މަހަރަޝްތްރާގެ ތޭން ސިޓީގައި އުމުރުން 60 އަހަރުގެ ފިރިހެނެކެވެ. މިދިޔަ އަންގާރަ ދުވަހު ކައިވެނީގެ ހަފްލާއަކަށް ދިޔަ މިމީހާ ގެއްލިގެން ހޯދާތާ ދެދުވަސްފަހުން ފެނުނުއިރު އޮތީ މަރުވެފައެވެ.
ފުލުހުންނާއި ހަވާލާދީ ރިޕޯޓްތައް ބުނާގޮތުގައި އެމީހާ ގެއްލިގެން އޭނާގެ ގާތްތިމާގެ މީހަކު ވަނީ ނައުޕަޑާ ޕޮލިސް ސްޓޭޝަނަށް ރިޕޯޓްކޮށްފައެވެ.
އިއްޔެގެ ވަގުތެއްގައި އޭނާގެ ހަށިގަނޑު ފެނުނީ ލިފްޓުގެ ގޮޅިތެރޭގައި ތާށިވެފައި އޮތްވާއެވެ. ހަށިގަނޑު އޮތީ ޗިސްވެފައެވެ. އެމީހާ އެގޮޅިތެރެޔަށް ވެއްޓުނު ގޮތެއް އެނގިފައިނުވެއެވެ. އެހެންކަމުން އެމީހާގެ ޕޯސްޓްމޯޓަމް ހަދަން ވަނީ ފަށާފައެވެ.
މިމައްސަލަ އިންޑިޔާ ފުލުން ދަނީ އިތުރަށް ތަހުޤީގު ކުރަމުންނެވެ.
ތާނޭ މުނިސިޕަލް ކޯޕަރޭޝަންގެ ރީޖަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެލްގެ ވެރިޔާ އަވިނާޝް ސަވަންތުއާ ހަވާލާދީ ރިޕޯޓތްތަކުގައި ބުުނާގޮތުން މި މީހާ ދިރިއުޅެމުން ދިޔައީ ޗަންދަންވާދީ ސަރަހައްދުގައި ހުންނަ ހަތް ބުރީގެ އިމާރާތުގެ ތިން ވަނަ ފަންގިފިލާގައެވެ.