ސެންޓަރ ފޯ ހަޔަރ އެޑިއުކޭޝަން ސެންޓަރ، ސީއެޗްއެސްސީން ޓީބީ ބަލީގެ ކޭސްއެއް ފެންމަތިވެއްޖެއެވެ.
މައުލޫމާތު ލިބޭ ގޮތުގައި ސީއެޗްއެސްސީން ތީބީ ބަލި ފެނުމާއެކު އެސްކޫލް ގްރޭޑް 12 ގެ ހުރިހާ ދަރިވަރުން ވަނީ އެބައްޔަށް ޓެސްޓު ހަދާފައެވެ. އަދި އެސްކޫލުގެ ހުރިހާ ޓީޗަރުންވެް އެބައްޔަށް ތެސްޓު ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
މިކޭހާއި ބެހޭ އެއްވެސް މައުލޫމާތެއް އަދި އެއްވެސް މުއައްސަސާއަކުން ހާމަކޮށްފައިނުވެއެވެ.
ރާއްޖެއިން ޓީބީ ބަލިން އެއްކޮށް ސަލާމަތް ވުމަށް ކުރަމުން ގެންދާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން އިންޑިއާއިންވަނީ ދާދި ފަހުން ރާއްޖެއަށް ޓީބީ ބޭސްވެސް ހަދިޔާކޮށްފައެވެ.
ޓީބީ އަކީ ނުރައްކާތެރިކަން ބޮޑު ބަލިތަކުގެ ތެރޭން ދުނިޔޭގައި އެންމެ ގަދައަށް ފެތުރޭ އެއް ބައްޔެވެ. ފުއްޕާމެއަށްޖެހޭ އެ ބައްޔަކީ ފަސޭހައިން ބޭހަށް ނުގުޑާ ބައްޔެކެވެ. އަދި ފަރުވާއަށް ގިނަ ހަރަދުތަކެއް ހޭދަ ކުރަންޖެހޭ ވެސް ބައްޔެކެވެ. 2022ގެ ނިޔަލަށް މިބަލި ރާއްޖެއިން ނައްތާލުމަށް އެކްޝަން ޕްލޭނެއް އެކުލަވާލައި އެ ޕްލޭނާ އެއްގޮތަށް މަސައްކަތް ފެށުމުގެ ކެމްޕޭނެއް 2018 ވަނަ އަހަރު ރާއްޖޭގައި ވަނީ ފަށާފައެވެ.