ގދ.ފަރެސްމާތޮޑާ އެއާޕޯޓުގެ ބްރިޖް ހެދުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
ފަރެސްމާތޮޑާ އެއާޕޯޓުގެ މަސައްކަތާއި އެއާޕޯޓާއި ރަށާ ދެމެދު އަޅާ ކޯޒްވޭގެ މަސައްކަތަކީ އެމްޓީސީސީއާ ވަކިން ހަވާލުކޮށްފައިވާ ދެ މަޝްރޫއެވެ.
އެމްޓީސީސީން ބުނީ، ކޯޒްވޭ އެޅުމުގެ އަމަލީ މަސައްކަތް މިދިޔަ މެއި މަހުގެ 26 ވަނަ ދުވަހު ފަށައިގެން ކުރިއަށްދާ ކަމަށެވެ. އެގޮތުން މިވަގުތު ކުރެވެމުން ދަނީ އެއަރޕޯޓާއި ވީ ކޮޅޮން ފަސް އަޅައި އުސް ކުރުމުގެ މަސައްކަތް ކަމަށް އެމްޓީސީސީން ހާމަކުރެއެވެ. އަދި މިމަސައްކަތް ނިމުމުން މޫދުގައި ތަބު ޖެހުމުގެ މަސައްކަތް ކުރިޔަށް ދާނެ ކަމަށްވެސް އެކުންފުނިން ހާމަކުރެއެވެ.
މިމަޝްރޫޢުގެ ދަށުން 19200 ކިޔުބިކް މީޓަރުގެ ބިން ހިއްކައި، 4465 ސްކެއަރ މީޓަރުގެ މަގެއް ހަދާނެއެވެ. އަދި 2 އެބަޓްމެންޓް ( ބްރިޖްގެ 2 ކޮޅުގައި ހުންނަ އުސް 2 ފާރު ހެދުމާއި، 2 ކޮޅުން ބްރިޖް ފެށޭ ހިސާބުގައި 2 ޕިއަރޒް ( ބޮޑު 2 ތަބު ) ޖެހުމަށް ވަނީ ހަމަޖެހިފައެވެ.
ދައުލަތުން ޚަރަދުކޮށްގެން ކުރިއަށްގެންދާ މިމަޝްރޫޢަކީ 44.2 މިލިއަން ރުފިޔާ އެވެ.
ފަރެސްމާތޮޑާ އަސްލަމު ބުނީ އިންޓަނޭޝަނަލް ކޮއްފަނޫނީ ހުއްޓައެއް ނުލާނަމޯ. މަޑަވެލި ހޯޑެއްދޫ ތިނަދޫ މީހުން ކާޑޭއްދޫ އިން ވެލިކާން ތިބޭށޯ.