މައްސަލައެއް ދިމާވެގެން އެސްއެސްސީ އިމްތިހާނުގެ ދިވެހި ޕޭޕަރު 1 އަލުން ޕްރިންޓުކުރަން ނިންމާފައިވާ ކަމަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) އިން ބުނެފިއެވެ.
ޑީޕީއީގެ ހިންގުމާ ހަވާލުވެ ހުންނެވި އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން ވިދާޅުވީ، ޕްރިންޓުގައި ދިމާވި މައްސަލައަކާއި ގުޅިގެން އެސްއެސްސީގެ ދިވެހި ޕޭޕަރު 1 އަލުން ޕްރިންޓުކުރަން ނިންމާފައިވާ ކަމަށެވެ. އެހެންނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއް ހާމަކޮށްފައިނުވެއެވެ.
އިހުސާން އިތުރަށް ވިދާޅުވީ ދިމާވި މައްސަލައިގެ ސަބަބުން ދިވެހި އިމްތިހާނުގެ ނަތީޖާއަށް އަސަރުކޮށްފާނެ ކަމަށާއި އެހެންނަނަމަވެސް އިސްލާމް އިމްތިހާނުގެ ނަތީޖާއަށް އަސަރެއް ނުކުރާނެ ކަމަށެވެ.
“މިހާރު މީޑީޔާއިން ހާމަކުރިގޮތުގައި އިއްޔެ ބޭއްވުނު އޮތް އެސްއެސްސީ އިމްތިހާނުގައި، އިސްލާމް ކަރުދާސް ދިންއިރު ދިވެހި ޕޭޕަރުގެ ބައެއް އިސްލާމް ޕޭޕަރުގެ ތެރޭގައި ޕްރިންޓު ކުރެވިފައިވާ ކަމަށެވެ.