ޚަބަރު
އަހަރުމެންނަށް ވާނީ މިވަރު

ތިނަދޫގެ ބައެއް މަގުތަކުގައި ތާރުއަޅައި ރަނގަޅު ފެންވަރެއްގައި ހެދިފައިވާއިރު، މަރާމާތުކޮށް ބެލެހެއްޓޭނެ ރަގަޅު ނިޒާމެއް ގާއިމުކުރެވިފައި ނެތެވެ.

އެގޮތުން ބައެއް މަގުތަކުގެ ކާނު މަތިގަނޑު ހަލާކުވެ ދުވަސްތަކެއް ވެފައިވާއިރުވެސް މަރާމާތުގެ ކަންކަން ކުރެވިފައި ނުވާ ކަން ފާހަގަ ކުރެވެއެވެ. މިހާރު ޝޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯއަކުން ފެންނަ ގޮތުން ކާނުގަޑެއްގެ މަތިގަނޑު ހަލާކުވެ ގިނަ ދުވަސްވެ މަރާމާތު ކުރެވިފައިނުވުމުން ލިބިދާނެ ގެއްލުމަކުން ސަލާމަތްވުމަށްޓަކައި އަމިއްލަ ފަރާތަކުން އިސްނަގައިގެން ލަކުނޑިން މަތިގަޑެއްހަދައި މިވަނީ އަޅާފައެވެ.

ސޯޝަލް މީޑިއާގައި މިފޮޓޯގެ ކެޕްޝަނަކަށް “އަހަންނަން ވެންނާ މިވަރާ” (އަހަރުމެންނަށް ވާނީ މިވަރު) ޖެހުމަށްފަހު ކޮށްފައިވާ ޕޯސްޓުގައި ގދ ތިނަދޫ ކައުންސިލް އިދާރާގެ އޮފިޝަލް ފޭސްބުކް ޕޭޖް ޓެގްކޮށްފައިވެއެވެ.

މިކަމާ ގުޅިގެން އެފޮޓޯ ހިއްސާކުރި ފަރާތާ “ހުވަދޫ ނިއުސް” އިން ގުޅާލުމުން ބުނީ، އެކާނުގަޑު އެގޮތަށް ހަލާކުވެފައި ހުންނަތާ އަހަރެއްހާ ދުވަސް ވެއްޖެ ކަމަށާއި ނަމަވެސް އެތަން މަރާމާތު ކުރާނެ ފަރާތެއް ނެތުމުގެ ސަބަބުން މީހަކަށް ލިބިދާނެ ގެއްލުމަކުން ސަލާމަތްވުމަށް އަމިއްލައަށް އެކަން ކުރީ ކަމަށެވެ.

ކުރީގެ ސަރުކާރުން ތިނަދޫގެ ބައެއް މަގުތައް ހަދައި ނިންމާފައިވާ އިރު، ކާނުތަކުގެ މަތިގަނޑުތައް ހަދާފައި ހުރީ ވަރަށް ދަށްފެންވަރެއްގައި ކަމަށް ގިނަ ފަރާތްތަކުން ބުނެއެވެ. އަދި މިނޫނަސް ވަރަށް ގިނަ މަގުތަކުގެ ކާނު މަތިގަނޑު އެކި ސަރަހައްދުތަކުގައި ހަލާކުވެފައިވާކަން ފާހަގަ ކުރެވެއެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!