ޚަބަރު
ތިނަދޫގައި އެމްއައިބީގެ ސެލްފް ސަރވިސް އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ފަށައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ގދ. ތިނަދޫގައި ޤާއިމުކޮށްފައިވާ ސެލްފް ސަރވިސް އޭޓީއެމްގެ ޚިދުމަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ.

އެމްއައިބީގެ ސެލްފް ސަރވިސް އޭޓީއެމް ރަސްމީކޮށް ހުޅުވާ ދެއްވީ އަތޮޅު ކައުންސިލްގެ ރައީސް ހަސަން ފައިހަތު ގުދުރަތުﷲ އާއި ތިނަދޫ ކައުންސިލްގެ ރައީސް ސައުދު އަލީއެވެ. މިރަސްމިއްޔާތުގައި ތިނަދޫގެ މުއައްސަސާތަކުގެ އިސްވެރިންނާއި ކައުންސިލަރުން ވަނީ ބައިވެރިވެފައެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ތިނަދޫ ކައުންސިލްގެ ރައީސް ސައުދު އަލީ ވިދާޅުވީ މިފަދަ ޚިދުމަތެއް ތިނަދޫގައި ޤާއިމުކުރެވިގެން ދިޔުމަކީ ތިނަދޫއަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި ކުރިޔަށް އޮތް ތަނުގައިވެސް އެމްއައިބީގެ ޚިދުމަތްތައް ފުޅާވެގެން ދާނެ ކަމަށެވެ. އެގޮތުން އެމްއައިބީގެ އާ އިމާރާތް އެޅުމަށްޓަކައި ބިމެއް ހަވާލުކުރެވިފައިވާ ކަމަށް ސައުދުވަނީ ވިދާޅުވެފައެވެ.

އެމްއައިބީން ހާމަކުރި ގޮތުގައި ތިނަދޫގައި ޤާއިމުކުރެވުނު މިއޭޓީއެމުން ކޭޝްކާޑު ނެތަސް ފައިސާ ޖަމާކުރުމުގެ ހިދުމަތުގެ އިތުރުން ޗެކުން އެކައުންޓަށް ފައިސާ ޖަމާކުރުމުގެ ޚިދުމަތްވެސް ލިބިގެންދާނެއެވެ.

މީގެއިތުރުން އަމިއްލަ ފަރުދުންނަށް މިއޭޓީއެމް މެދުވެރިކޮށް ދުވާލަކަށް 2 ލައްކަ ރުފިޔާ އެކައުންޓަށް ޖަމާކުރެވޭއިރު ވިޔަފާރިވެރިންނަށް ދުވާލަކަށް 5 ލައްކަ ޖަމާކުރެވޭނެ ކަމަށް އެމްއައިބީން ވަނީ ހާމަކޮށްފައެވެ.

ފައިސާ ޖަމާކުރަން ބެންކަށް ގޮސް ކިޔުގައި މަޑުކުރުމެއްނެތި ފެރީތަކުން އަންނަ މީހުންނަށްވެސް ފަސޭހައިން ލާރި ނެގޭ ގޮތަށް މި އޭޓީއެމް ބަހައްޓާފައި ވަނީ ތިނަދޫ ފެރީ ޓާމިނަލް ކައިރީ މިހާރު ގާޑިޔާތައް ހުންނަ ސަރަހައްދުގައެވެ. މިމަހު 26 ވަނަ ދުވަހު މިއޭޓީއެމުން ވަނީ ޚިދުމަތްދޭން ފަށާފައެވެ. އެހެންނަމަވެސް ރަސްމީކޮށް ހުޅުވިގެން ދިޔައީ މިއަދުއެވެ.

މީގެ ކުރިން އެމްއައިބީގެ ސެލްފު ސަރވިސް އޭޓީއެމެއް ހުވަދު އަތޮޅުގެ އެއްވެސް ރަށެއްގައި ޤާއިމުކުރެވިފައިނުވެއެވެ. މިއީ އެމްއައިބީ އިން ހުވަދު އަތޮޅުގެ ރަށެއްގައި ބެހެއްޓުނު ފުރަތަމަ ސެލްފްސާވިސް އޭޓީއެމެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!