ޚަބަރު
ރިޒާވްގައި ކާޑާ ތެލާ އަދި ބޭހުގެ ފައިސާ ހުރި މިންވަރު ސާފުކުރަން އީވާ ހުށައަޅައިފި

ރާއްޖޭގޭ ރަސްމީ ރިޒާވް ދަށްވެ އިޤްތިޞާދީ ދަތިތަކަކަށް ކުރިމަތިލާންޖެހޭނެކަމަށް ބޭރުގެ އިދާރާތަކުން ދީފައިވާ އިންޒާރާއި ގުޅިގެން މަޖިލީހުގެ ނާއިބު ރައީސް އީވާ ޢަބްދުﷲ، ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރާއި ސުވާލުކުރުމަށް ހުށައަޅައިފިއެވެ.

އީވާ ސުވާލު ހުށައަޅުއްވާފައިވަނީ މިއަހަރު ނެގި ބޮޑެތި ދަރަނިތަކާއިއެކު ރާއްޖޭގެ ދަރަނި 100 ބިލިއަނާ ގާތަށް ގޮސްފައިވާކަން ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުންވެސް ދައްކާފައިވާ ދަނޑިވަޅެއްގައެވެ. އަދި 3 ވަނަ އަހަރު ނިމޭއިރު ދިވެހި ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް އެއްކޮށް ހުސްވެ، ދައުލަތުގެ ދަރަނި ނުދެއްކި ޤައުމު ބަނގަރޫޓުާ ހިސާބަށް ގޮސްދާނެ ކަމަށް ދުނިޔޭގެ އެންމެ ބޮޑު އިންވެސްޓްމެންޓް ބޭންކް ޖޭޕީ މޯގަން ޗޭސްވެސް ދީފައިވަނިކޮށެވެ.

ފިނޭންސް މިނިސްޓަރާއި ސުވާލުކުރުމަށް އީވާ ހުށައެޅުއްވި ސުވާލުގައި ވަނީ މި މަސް ފެށުނުއިރު ރާއްޖޭގެ ބޭރު ފައިސާ ރިޒާވް ތެރެއިން ސަރުކާރަށް ބޭނުންކުރެވޭ ފައިސާގެ ގޮތުގައި ހުރީ 317 މިލިއަން ޑޮލަރުކަމަށް ވިދާޅުވިއެވެ. މި ހިނގާ ޖޫން މަހާއި ކުރިއަށް އޮތް ޖުލައި މަހު 130 މިލިއަނަށްވުރެ ގިނަ ޢަދަދެއްގެ ޑޮލަރު ދަރަނި އަނބުރާ ދެއްކުމަށް ހޭދަކުރަންޖެހޭކަމަށާއި، މި 130 މިލިއަން ޑޮލަރުގެ އިތުރުން މި ދެމަހުގެބަޖެޓު ކޮށްފައިވާ ޑެފިސިޓާއި 150 މިލިއަން ޑޮލަރަށްވުރެ އިތުރު އަދަދެއްކަމަށް އީވާ ވިދާޅުވިއެވެ.

މާލީ ކަންކަން މިގޮތަށް ހުރިއިރު، ޖުލަިއ މަސް ނިމޭއިރު ސަރުކާރުން ބޭނުންކުރެވޭ ދައުލަތުގެ ރިޒާވްގައި ކިތައް ދުވަހުގެ ކާޑުގެ ތެލުގެ އަދި ބޭހުގެ ފައިސާ ހުންނާނެކަމަށް ލަފާކުރެވޭތޯ؟

– އީވާ އަބްދުﷲ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު 2021 ވަނަ އަހަރު ނިމުނު އިރު ދައުލަތުގެ ދަރަނި ވަނީ 91.4 ބިލިއަނަށް އަރާފައެވެ. އޭގެ ތެރެއިން 50 ބިލިއަނަކީ އެތެރޭގެ ދަރަންޏެވެ. އަދި 41 ބިލިއަން ރުފިޔާ އަކީ ބޭރުގެ ދަރަންޏެވެ. މީގެ ތެރޭގައި އަދި ދައުލަތުން ސޮވެރިން ގެރެންޓީ ދީފައިވާ ދަރަނި ނުހިމެނެއެވެ.

ރައީސް ސޯލިހް ރާއްޖޭގެ ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު ދައުލަތުގެ ޖުމްލަ ދަރަނީގެ ގޮތުގައި ހުރީ 47.9 ބިލިއަން ރުފިޔާއެވެ. ވެރިކަމުގެ ފުރަތަމަ 3 އަހަރު ނިމުނު އިރު ދަރަނި ވަނީ 43 ބިލިއަން ރުފިޔާއިން އިތުރުވެ 91.4 ބިލިއަނަށް ވަނީ އަރާފައެވެ. އަދި ރައީސް ސޯލިހްގެ 5 އަހަރުގެ ދައުރު ނިމޭއިރު ދައުލަތުގެ ޖުމްލަ ދަރަނި 98 ބިލިއަނަށް އަރާނެ ކަމަށް މިސަރުކާރުގެ ފިނޭންސް މިނިސްޓްރީން ވަނީ ލަފާކޮށްފައެވެ.

ފިނޭންސް މިނިސްޓްރީން މިދިޔަ މާޗު މަހު އާންމުކުރި ދައުލަތުގެ ދަރަނީގެ ހިސާބުތައް ދައްކާ ގޮތުން، މިދިޔަ އަހަރު ނިމުނު އިރު، ރާއްޖޭގެ ޖުމްލަ ދަަރަންޏަކީ 94 ބިލިއަން ރުފިޔާ ނުވަތަ ގައުމީ އުފެއްދުންތެރިކަމުގެ (ޖީޑީޕީ)ގެ ނިސްބަތުން %122 އެވެ. މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިދިޔަ މަހު އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން، މިދިޔަ މާޗު މަސް ނިމުނު އިރު، ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވްގައި ހުރީ 865.2 މިލިއަން ޑޮލަރެވެ.

ފިނޭންސް މިނިސްޓްރީ އާންމުކޮށްފައިވާ ދައުލަތުގެ ޚަރަދުތަކުގެ ތަފްސީލަށް ބަލާއިރު ދައުލަތުގެ ދަރަނި މިހާބޮޑަށް އިތުރުވެފައިވަނީ މިއަހަރުގެ ފުރަތަމަ ތިންމަހުގައި ނެގި ބޮޑެތި ދަރަނި ތަކާއިއެކުގައެވެ. މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ސަރުކާރުން ވަނީ ހަރަދުތައް ހަމަޖެއްސުމަށާއި ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިތުރު 4.8 ބިލިޔަން ރުފިޔާގެ ލޯނު ނަގާފައެވެ. މިއީ މިދިޔަ އަހަރު ނިމުނު ހުރި ވަރަށް ވުރެ 4.3 ބިލިއަން ރުފިޔާ އިތުރުވިމެކެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!