ޚަބަރު
ދިވެހިންނަށް އުމްރާ އަށް ދިޔުމުގެ ފުރުސަތު ނުލިބިދާނެ

ދިވެހިންގެ ތެރެއިން ގިނަ ބަޔަކަށް އުމްރާ އަށް ދިޔުމުގެ ފުރުސަތު ނުލިބިދާނެ ކަމުގެ ބިރު ބޮޑުވެއްޖެއެވެ.

އުމްރާ އަށް ދިޔުމުގެ ފުރުސަތު ގެއްލިދާނެ ކަމަށް ލަފާ ކޮށްފައި މިވަނީ ސައުދީ އަރަބިއްޔާއިން އުމްރާ ދާ މީހުންގެ ވެކްސިން ލިސްޓުގައި ކޮވިޝިލްޑް އަދި ސިނޮފާރމް ހިމަނާފައި ނެތުމުންނެވެ. ފާހަގަ ކޮށްލެވޭ ގޮތުގައި މި ދެ ވެކްސިންކީ ރާއްޖޭގައި މައިގަނޑު ގޮތެއްގައި ޖަހަމުން އަންނަ ދެ ވެކްސިނެވެ.

އަންނަ އޮގަސްޓު މަހު އުމްރާ އަށް ދިޔުމުގެ ފުރުސަތު ސައުދީ އަރަބިއްޔާއިން ހުޅުވާލާފައި އެ ސަރުކާރުން ކަނޑައަޅާ ވެކްސިންގެ ޑޯޒުތަށް ހަމަ ކޮށްފައިވާ ފަރާތްތައް އެކަންޏެވެ. ސައުދީ ހުއްދަ ދީފައިވަނީ ފައިޒާ، މޮޑާނާ އެސްޓްރަޒެނިކާގެ އިތުރުން ޖޯންސަން އެންޑް ޖޯންސަން ވެކްސިން ގެ ޑޯޒުތައް ފުރިހަމަ ކުރި ފަރާތްތަކަށް އެކަންޏެވެ.

އެހެން ނަމަވެސް ސިނޮފާރމް ވެކްސިން ޖަހާފައިވާ ފަރާތްތަކަށް އެ ސަރުކާރުން ކަނޑައަޅާފައިވާ ވެކްސިން ތަކުގެ ތެރެއިން ވެކްސިނެއްގެ އިތުރު ޑޯޒެއް ފުރިހަމަ ކުރުމަށް ފަހު އެ ގައުމަށް އުމްރާ އަށް ދިިޔުމުގެ ފުރުސަތު ދޭނެ ކަމަށް ވެސް ބުނެފައިވެއެވެ.

މި ދިޔަ އަހަރު ކޮވިޑް ފެތުރެން ފެށުމާއި ގުޅިގެން އުމްރާ ކުރުން ހުއްޓާލުމަށް ފަހު ވަނީ މަދުމަދުން ފުރުސަތު ދޭން ފަށާފައެވެ. މި އޮގަސްޓުގެ 23 ވަނަ ދުވަހުން ފެށިގެން ދުވާލަކު 20،000 މީހުންނަށް އުމްރާ ވުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް ވަނީ ބުނެފައެވެ. މި އަހަރު ހައްޖު ކުރުމުގެ ފުރުސަތު އެގައުމުން ދީފައި ވަނީ 60،000 މީހުންނަށް އެކަންޏެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!