ޚަބަރު
މަޑަވެލީ ޑަބްލިޔުޑީސީން ބޭއްވި ”ލޫޅާފަތި ހަށިގަނޑަކަށް ކަސްރަތް” ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި

މަޑަވެލީ ޑަބްލިޔުޑީސީން އިންތިޒާމްކޮށްގެން މަޑަވެލި ޕޮލިސް ގުޅިގެން ކުރިޔަށް ގެންދިޔަ ”ލޫޅާފަތި ހަށިގަނޑަކަށް ކަސްރަތް” ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

21 ދުވަހުގެ މުއްދަތަކަށް ކުރިޔަށް ގެންދިޔަ މިޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ރޭވަނީ ބާއްވާފައެވެ. މިޕްރޮގްރާމްގައި އެންމެ ބަރުދަން ލުއި 3 ފަރާތަކާއި އެންމެ ޕާފޯމަންސް ރަގަޅު 3 ފަރާތެއް ހޮވާފައިވާ ކަމަށް މަޑަވެލީ ޑަބްލިޔުޑީސީން ވަނީ މައުލޫމާތުދީފައެވެ.

ބަރުދަން އެންމެ ލުއި ތިން ފަރާތަކަށް އިނާމް ހުށަހަޅާފައިވަނީ ޑަބްލިޔުޑީސީގެ ރައީސާ ނަދީމާ ތައްޚާން އަދި އެންމެ ޕާފޯމަންސް ރަގަޅު ތިން ފަރާތަށް ހަދާނީ ފިލައެއް ވަނީ ހުށަހަޅާފައެވެ. ކޮންމެ ބައިވެރިޔަކަށްވެސް ބައިވެރިވި ކަމުގެ ހަދާނީ ލިޔުމެއް ދީފައިވެއެވެ. އަދި އިންސްޓްރަކްޓަރެއްގެ ގޮތުގައި 2 ކުއްޖަކު ވަނީ ތަމްރީނުކުރެވިފައެވެ.

މިޕްރްގްރާމްގައި އިންސްޓްރަކްޓަރެއްގެ ގޮތުގައި ހަރަކާތްތެރިވެފައިވަނީ މަޑަވެލީ ޕޮލިސް އިންޗާޖް ސަބްއިންސްޕެކްޓަރ އޮފް ޕޮލިސް ނަޝީދު މުހައްމަދު އަދި ސަބްއިންސްޕެކްޓަރ އޮފް ޕޮލިސް އިބްރާހިމް ނަޒީލްއެވެ. މިރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގަތީ ސްޕްރިޓެންޑް އޮފް ޕޮލިސް އާސިމް އަބްދުﷲ، ސައުތު ޕޮލިސް ސަބްރީޖަން ކޮމާންޑަރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ނާހިދު ހުސައިންއެވެ.

މީގެއިތުރުން އަތޮޅު ކޮމާންޑަރ އިންސްޕެކްޓަރ އޮފް ޕޮލިސް ފާތުމަތު ރިޝްވީނާ އަހުމަދު އަދި ގިނަ އަދަދެއްގެ ފުލުހުންނާއި ރަށުގެ އިއްޒަތްތެރިން މިރަސްމިއްޔާޓުގައި ބައިވެރިވެފައިވެއެވެ.

މަޑަވެލީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއަކީ ރަށުގެ ޒުވާނުން ކުރިއަރުވައި ރަށަށް ތަރައްޤީ ގެނުވަން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ބަޔެކެވެ. އެގޮތުން ޒުވާނުންނާއި މުސްކުޅިން ހިމެނޭހެން ދުޅަހެޔޮ ސިއްޚަތެއް ދަމަހައްޓާ އެކިއެކި ކަންތައްތަކުގައި ރައްޔިތުން ހޭލުންތެރިކުރުމުގެ މަސައްކަތް މަޑަވެލީ ޑަބްލިޔުޑީސީން ދަނީ ކުރަމުންނެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!