ޚަބަރު
ދީނަށް އިހާނެތިކޮށް ހެދުން ތައުލީމީ ނިޒާމުގެ ތެރެއިން ހައްލެއް ހޯދޭނެ: ރައީސް

އިސްލާމް ދީނަށް އިހާނެތިކޮށް ހިތުމާއި ހަރުކަށި ފިކުރުގެ މައްސަލަ ތަކަކީ ވަރަށް ސީރިއަސް މައްސަލަ ތަކެއް ކަމަށާއި އެ މައްސަލަތަކަށް ތައުލީމީ ނިޒާމުގެ ތެރެއިން ހައްލު ހޯދައިދެވޭތޯ ބަލަން ޖެހިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިނިވަން ދުވަހު ގައުމާއި މުހާތަބު ކުރައްވާ މިއަދު ދެއްވި ހިތާބުގައި ރާއްޖެގައި މިހާރު ފަތުރަމުން އަންނަ ދީނާ ހިލާފު ކަންތަކަކީ ބާތިލް ކަންތަކެއް ކަން ވަނީ ފާހަގަ ކުރަށްވާފައެވެ.

“އެއީ އެއްވެސް ހަމައަކުން ބަލާއިރު، އިސްލާމްދީނުގެ އަހްލާގީ ހަމަތަކާއި، ދީނީ އުސޫލުތަކާ ގުޅުމެއް ހުރި ފިކުރުތަކެއް ނޫން”- ރައީސް

ހަމައެއާއެކު އިސްލާމްދީނަށް އިހާނެތިކުރުމާއި ފުރައްސާރަކުރުމުގެ އަމަލުތަކަކީ ވެސް، މުޖްތަމައު ބައިބައިކޮށް ފަސާދައަށް މަގު ފަހިކުރާ، ވަރަށް ނުރައްކާތެރި އަމަލުތަކެއް ކަން ފާހަގަ ކުރެއްވިއެވެ.

“ދީނަށް އިހާނެތިކުރުމުގެ ޢަމަލުތައް ހުއްޓުވުމަކީ، ގައުމުގެ މިނިވަންކަމާއި ހަމަޖެހުން ދެމެހެއްޓުމަށްޓަކައި، ކޮންމެ ފަރުދަކުވެސް އިސްކަން ދޭންޖެހޭނެ ކަމެއް”- ރައީސް

ގާނޫނީ ގޮތުން ފިޔަވަޅު އަޅާއިގެން މި މައްސަލައަށް ދާއިމީ ހައްލެއް ނުގެނެވޭނެ ކަން ރައީސް ސޯލިހު ފާހަގަކުރެއްވިއެވެ. މިކަމަށް ހައްލެއް ގެނައުމަށްޓަކައި އިސްލާމް ދީނުގެ ސައްހަ އަގީދާގެ މަތިން ދަރިން ތަރުބިއްޔަތު ކުރުމަށް އިސްކަންދިނުމަށް ރައީސްގެ ހިތޯބުގައި ވަނީ ގޮވާލާފައެވެ.

މީގެ އިތުރުން ރާއްޖޭގެ ތައުލީމީ ނިޒާމުގެ ތެރެއިން މިކަމަށް އޮތް ހައްލަކީ ކޮބާތޯ ބަލައި ކުރެވެން ހުރިކަންތައް ތައުލީމީ ނިޒާމުގެ ތެރެއިން ވެސް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

“ތުއްތު ކުދިންގެ ޅަފަތުން ފެށިގެން، އިސްލާމްދީނުގެ ސައްހަ އަގީދާގެ މަތީގައި، އެކުދިންގެ ދިރިއުޅުން ބިނާކޮށްނުދެވިއްޖެ ނަމަ، ކޮންމެވެސް ދުވަހަކުން އަނެއްކާވެސް، މި ދެ މައްސަލަ ކުރިމަތިވާން ފަށާނެ. ތައުލީމީ ނިޒާމުގެ ތެރެއިން، މިކަން ޙައްލުކުރެވެން ހުރި ގޮތްތަކަކީ ކޮބައިކަން ދެނެގަނެ، އެކަމަށް ސަރުކާރުން މިއަންނަނީ މަސައްކަތް ކުރަމުން” – ރައީސް

މިފަދަ ދީނާއި ހިލާފު ކަންތައް ތަކާއި ބައިބައި ވުމަކީ ގައުމު ހަލާކުވެ ދިޔުމަށް މަގުފަހި ކުރާނެ ކަމެއް ކަމަށާއި، މިފަދަ ކަންތައް މުޖްތަމައުން ފެންނަހާ ހިނދެއްގައި ގައުމަށް އަމާން ކަމެއް ނެތް ކަމާއި ގައުމު އޮންނާނީ ނުރައްކަލެއްގެ ތެރޭގައި ކަންވެސް ފާހަގަ ކުރެއްވެވިއެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!