ޚަބަރު
ސުރުޚީ ރީތި ނަމަވެސް، ނަފްރަތުގެ ބިލަށް އިސްލާމީ ޤައުމަކަށް އަމަލު ނުކުރެވޭނެ- ރައީސް މައުމޫނު

ނަފުރަތުގެ ބިލުގެ ސުރުޚީ ކިތަންމެ ރީތި ނަމަވެސް، އެބިލަކީ ދިވެހިރާއްޖެ ފަދަ އިސްލާމީ ގައުމެއްގައި އަމަލުރުމަށް އެންމެ އެކަށީގެންވާ މާއްދާތަކެއް ހުރި ބިލެއް ނޫންކަމުގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ “ފަށާއިރު” ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ރައީސް މައުމޫން ވިދާޅޫވީ، ގާނޫނުލް އުގޫބާތަށް ހުށަހަޅާފައިވާ އިސްލާހު ނުވަތަ ނަފްރަތުގެ ބިލަކީ، އޭގެ ސުރުހީ ރީތި ބިލެއްކަމަށާއި އެންމެ ފުރަތަމަ ބަލާލާއިރު ވަރަށް ހަމަޖެހޭ ބިލެއްގެ ގޮތުގައި ސިފަވެގެން ދާނެ ބިލެއްކަމަށެވެ. ނަމަވެސް އެބިލުގައި އެކުލަވާލެވިފައިވާ މާއްދާތަކަކީ ދިވެހިރާއްޖެ ފަދަ އިސްލާމީ ގައުމެއްގައި އަމަލުކުރުމަށް އެންމެ އެކަށީގެންވާ މާއްދާތަކެއް ހުރި ބިލެއް ނޫންކަމަށެވެ.

މިސާލަކަށް މީހަކު ރާބޯތަން ފެނުނީމަ ތިއީ ދީނާ ޚިލާފު ކަމެކޭ ބުނެވެން ޖެހޭނެ. އެ ބިލުގައިވާ ގޮތުން އެހެން ބުނާ މީހާ އެ ކުރަނީ ޖިނާއީ ކުށެއް. އެހެންވީމަ އެކަން ދެކޮޅެއް ނުޖެހޭ: ރައީސް މައުމޫނު

ސަބަބަކީ ހެޔޮ ކަންކަމަށް ގޮވާލުމާއި ނުބައިކަންކަން މަނާކުރުމަކީ އިސްލާމް ދީނުގައި މުހިއްމު ކަމެއް ކަމަށާއި، މިހާރު ބިލު އޮތްގޮތަށް ފާސްކޮށްފިނަމަ އެކަމަށް ހުރަސްއެޅިގެން ދާނެ ކަމަށެވެ. ރައީސް މައުމޫން ވިދާޅުވީ އެ ބިލުގައިވާ ގޮތުން މީހަކު ގޯސްކަމެއް ކުރާނަމަ އެކަން މަނާކޮށް އެއީ ދީނާ ޚީލާފު ކަމެއް ކަމަށް ނުބުނެވޭނެ ކަމަށެވެ. ނަމަވެސް މީހަކު އެފަދަ ކަމެއް ކުރާނަމަ ދީނުގެ ހުކުމްތައް ބުނެދެވެން ޖެހޭނެ ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.

އާންމު ތަންތަނުގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުމަކީ ކުށެއްކަމަށް ކަނޑައެޅުމަށް ގާނޫނުލް އުގޫބާތަށް ހުށަހަޅާފައިވާ ބިލު ރައްޔިތުންގެ މަޖިލީހުން އަލުން އަނބުރާ ކޮމިޓީއަށް ފޮނުވާފައެވެ.

ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ހުށަހެޅުއްވި އިސްލަހަށް ރާއްޖޭގެ ދީނީ އިލްމުވެރިންނާއި އާންމުން ވަނީ މިބިލާ ދެކޮޅަށް ވާހަަކަދައްކަވާފައެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!