ޚަބަރު
ޖާދު ތައްޔާރުކުރި މިނިވަން ދުވަހުގެ ޚާއްސަ ލަވަ މިއަދު 1:30 ގައި ދައްކާނެ

އެންމެގިނަ މީހުން ބޭނުންކޮށްގެން ޖާދު ތައްޔާރުކުރި މިނިވަން ދުވަހުގެ ޚާއްސަ ލަވަ މިއަދުގެ 1:30 ގައި ޕީއެސްއެމް ގެ މިނިވަން ދުވަހުގެ ޚާއްސަ ޓެލެތޯނުގައި ދައްކާނެއެވެ.

މި އަހަރުގެ މިނިވަން ދުވަހަށް ޚާއްޞަކޮށްގެން ވަރަށް ޚާއްޞަ ޤައުމީ ލަވައާއި ގުޅޭ ގޮތުން މިއަދު ޖާދުއްﷲ އިސްމާއީލް (ޖާދު) ބުނީ ލަވަޔާއި މެދު ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކަމަށާއި މިއީ ދިވެހިންގެ ހިތްތަކާކުޅެލާނެ ގައުމީ ލަވައެއް ކަމަށެވެ.

މީގެ ކުރިން ހުވަދޫ ނޫހަށް ދިން ބަސްދީގަތުމެއްގައި ބުނީ ޖާދު އަމިއްލައަށް ޑައިރެެކްޓްކޮށް، ޢަލީ ރަޝީދު (ގޮޅާ) ކެމެރާކޮށް ގެނެސްދޭ ލަވައިން 100 އަށް ވުރެން ގިނަ މޫނު ފެނިގެންދާނެ ކަމަށް ޖާދު ބުނެފައިވެއެވެ. ޖާދު ބުނީ މިއީ ތަފާތު ލަވައެއް ކަމަށާއި ހީނުކުރާހާ ތަފާތު މޫނު ތައް މި ލަވައިގައި ފެނިގެން ދާނެ ކަމަށެވެ.

ލޮކްޑައުންގަގައި ތިބެގެން ފަންނާނުން އަމިއްލައަށް ކުރިން ޝޫޓްކުރި ގޮތާ ޚިލާފަށް މިފަހަރު ލަވަ ޝޫޓްކޮށްފައިވަނީ ޖާދުއާއި އޭނާގެ ޓީމުން ހޮވާލާފައިވާ ލޮކޭޝަންތަކަކަށް ގެންގޮސްގެންނެވެ. ކުރީގެ ރާގަކަށް ޖޫނީ އާއި އިޝާމް ކިޔައި ދީފައިވާ ލަވައާ ބެހޭ ގޮތުން ޖާދު ބުނީ މިފަހަރުގެ ލަވަ ނެގުމުގައި ވީހާވެސް ބޮޑަށް ބަލަމުން ގެންދަނީ މުއައްސަސާތަކުންނާއި އަމިއްލަ ފަރުދުން ބޭނުންކޮށްގެން ދިވެހި ގިނަ އަދަަދެއްގެ ދަރީންތަކެއް ފެނިގެންދާ ދިވެހި ޤައުމީ ލަވައެއް ތައްޔާރުކުރުމަށް ކަމަށެވެ.

ވަރަށް ކުރީގެ ދިވެހި ވަންތަ ރާގަކަށް ބަދަލުތަކެއް ގެނެވިގެން ހަދާ މި ވީޑިއޯ ލަވައިން ރާއްޖޭގެ ތަފާތު ދާއިރާ ތަކުން މަޝްހޫރު މީހުން ފެނިގެން ދާނެއެވެ. އޭގެތެރޭގައި ސިޔާސީ މީހުން ވެސް ހިމެނޭ ކަމަށެވެ. މިއަދު ބެލުންތެރިންނާ ހަމައަށް ދޫކޮށްލުމަށް ތައްޔާރުކުރި މި ޚާއްޞަ ލަވަ ފެނިގެންދާނީ ހޯމް މިނިސްޓްރީން ޕީއެސްއެމް މެދުވެރިކޮށް މިނިވަން ދުވަހު ދައްކާ ޚާއްޞަ ޓެލެތޯނުގައެވެ.

މިދިޔަ އަހަރުގެ މިނިވަން ދުވަހަށް ޚާއްޞަކޮށްގެން މަޝްހޫރު ނެށުންތެރިޔާ/ޑިޒައިނަރ އަދި އެކްޓަރ ޖާދުﷲ އިސްމާޢީލް ގެނެސްދިން ”މިނިވަން ވަޔާ ކުޅެލާށެ ތާޒާ…“ ލަވައިން ފެނިގެން ދިޔައީ 67 ފަންނާނުންނެވެ. އެ ލަވައަށް ބޮޑު މަޤްބޫލުކަމެއް ލިބިގެން ދިޔައީ ލަވައިން ފެނުނު ތަރިންގެ ސަބުންނާއި ޖާދުގެ މަސައްކަތުގެ ފުރިހަމަ ކަމުންނެވެ. ކުރިން ފަހަރު ތަކާ އެއްގޮތަށް ޖާދޫގެ މިފަހަރުގެ ޖާދޫގައި ވެސް ގިނަ ބަޔަކު ޖެހިގެން ދާނެ ކަމަށް ގިނަ ބަޔަކު ޤަބޫލު ކުރެއެވެ

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!