ދުނިޔެ
އަފްޣާނިސްތާނުގެ ބާޒާރެއްގައި ބޮމެއް ގޮއްވާލައި ޢާންމުންގެ ބަޔަކު މަރާލައިފި

އަފްޣާނިސްތާނުގެ އިރުމަތީ ނަންގަރުހަރު ޕުރޮވިންސްގެ ކާރޫބާރޫ ބޮޑު މާރުކޭޓެއްގައި ބޮމެއް ގޮއްވައިލާ ޢާންމުންގެ ގިނަ އަދަދެއްގެ ބަޔަކު މަރައިލައިފިއެވެ. މިހާދިސާގެ މަޢުލޫމާތު ޢާންމުކޮށްފައި ވަނީ، އެ ޤައުމުގައި ހަރަކާތްތެރިވާ އ.ދ.ގެ މިޝަންއިންނެވެ. ނަމަވެސް، މި ހާދިސާގައި މަރުވި މީހުންގެ، އަދި ޒަޚަމްވި މީހުންގެ އަދަދު އެ މިޝަންގެ އޮފިޝަލުންނަށް ވެސް ކަށަވަރު ކުރެވޭ ގޮތް ވަނީ ނުވެފައެވެ.

އެ ޤައުމުގައި ވެރިކަން ކުރަމުންދާ ތާލިބާނުންގެ އޮފިޝަލުން ބުނީ މި ހަމަލާގައި 10 މީހަކު ޒަޚަމްވި ކަމުގައެވެ. މި ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނޭ ކަން ހާމަކޮށް، އ.ދ.ގެ މިޝަންއިން ވަނީ މި ހަމަލާ ކުށްވެރިކޮށްފައެވެ. އަދި، ޢާންމުންނަށް އަމާޒުކޮށްދޭ މިފަދަ ހަމަލާތައް ވަގުތުން ހުއްޓައިލުމަށް ވަނީ ގޮވައިލާފައެވެ.

އަފްޣާނިސްތާނުގެ އިންތިޚާބީ ސަރުކާރު ވައްޓައިލާ ތާލިބާނުން އެ ޤައުމުގައި ވެރިކަމާ ހަވާލުވެފައި ވަނީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގައެވެ. އަދި އެއަށްފަހު، އެ ޤައުމުގެ އެކި ސަރަޙައްދުތަކުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކޮށްފައިވާނެ ކަމަށް ތާލިބާނުން ބުނެއެވެ. ނަމަވެސް، ތާލިބާނުންނާ ދެކޮޅު ހަނގުރާމަވެރި ޖަމާޢަތްތަކުން ދޭތެރެދޭތެރެއިން ބޮމާއި ބަޑީގެ ހަމަލާތައް ދެއެވެ.

މިދިޔަ ހުކުރު ދުވަހުން ފެށިގެން ކޮންމެ ދުވަހަކު ވެސް ހަނގުރާމަވެރި ޖަމާޢަތްތަކުގެ މި ފަދަ އުދުވާންތައް ހިންގާފައިވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!