ޚަބަރު
ދިރާސީ އާއަހަރަށް ގެންނަންޖެހޭ ބިދޭސީ ޓީޗަރުންގެ އަދަދު ވަރަށް ބޮޑަށް މަދު: އެޑިއުކޭޝަން

އަންނަ ދިރާސީ އަހަރު ރާއްޖެއިން ބޭރުން ގެންނަ ބިދޭސީ ޓީޗަރުންގެ އަދަދު ވަރަށް ބޮޑަށް މަދުވެގެންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިޔާގައި ރޭ ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ އަހުމަދު އަލީ ވިދާޅުވީ، ކޮންމެ އަހަރަކުވެސް ގިނަ އަދަދެއްގެ ބިދޭސީ ޓީޗަރުން ބޭރުން ގެންނަންޖެހޭ ކަަމަށާއި އެހެން ނަމަވެސް އެހެން އަހަރުތަކާއި ޚިލާފަށް މިއަހަރު ރާއްޖެއަށް ގެންނަ ބިދޭސީ ޓީޗަރުންގެ އަދަދު ވަރަށް ބޮޑަށް މަދުވާނެ ކަމަށެވެ.

އަހުމަދު އަލީ ވިދާޅުވީ، ރާއްޖޭގެ ސުކޫލުތަކަށް ބޭނުންވާ ޓީޗަރުންގެ އަދަދު މިދިޔަ އޭޕްރީލް މަހު ކަނޑައަޅައި ނިންމައިފައިވާ ކަމަށެވެ. އެގޮތުން ތައުލީމީ ދާއިރާގައި މިހާރު ތިބި މުވައްޒަފުންގެ އަދަދު ބަަލައި އިތުރަށް ބޭނުންވާ މުވައްޒަފުންގެ އަދަދު މިހާރު ދެނެގަނެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

“އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ އެހެން އަހަރުތަކާއި އަޅާބަލާއިރު ކުރިއަށް އޮތް ދިރާސީ އަހަރު ރާއްޖެ އިން ބޭރުން މި ގެންނަ މުވައްޒަފުންގެ އަދަދު ބޮޑުތަނުން މިފަހަރު މަދުވެފައި މިއޮތީ.” އެޑިއުކޭޝަން މިނިސްޓްރީގެ ޕީއެސް އަހުމަދު އަލީ ވިދާޅުވިއެވެ.

މިއަހަރު ރާއްޖެ އިން ބޭރުން ގެންނަ ބިދޭސީ ޓީޗަރުން މަދުވުމުގައި ދެސަބަބެއް ފާހަގަކޮށް އަހުމަދު އަލީ ވިދާޅުވީ، މިދިޔަ އަހަރާއި މިއަހަރު ލިބުނު ދިވެހި ޓީޗަރުންގެ އަދަދު އިތުރުވުމާއި މުސާރައަށް އައި ހެއު ބަދަލާއެކު ކުރިން ތައުލީމީ ދާއިރާގައި އުޅެފައި ތިބި މީހުން އަލުން ދާއިރާ އާއި ގުޅުމަށް ޝައުގުވެރިކަން ފާޅުކުރުން ހިމެނޭ ކަމަށެވެ.

އަދި މިއަހަރު ދާއިމީ މުވައްޒަފުން ނުލިބޭތީ 600 އަށްވުރެ ގިނަ ރިލީފް ޓީޗަރުން ނުވަތަ ވަގުތީ ޓީޗަރުން މިއަހަރު ނަގަންޖެހުނު ކަމަށެވެ. އެގޮތުން 216 ސުކޫލުގައި 600 އަށް ވުރެ ގިނަ ރިލީފް ޓީޗަރުން ކިޔަވައިދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!