ޚަބަރު
ރައީސް ސޯލިހު މަޑަވެލީ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެނީ

އުދައަރައި ގދ. މަޑަވެލީގެ ގިނަ ގެތަކަކަށް ގެއްލުންތައް ލިބިފައިވާތީ އެކަމުގައި ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ގދ. މަޑަވެލީ ކައުންސިލްގެ ރައީސަށް ފޯނުން ގުޅުއްވައި އެރަށުގެ ހާލަތު އޮޅުންފިލުއްވާފަ އެވެ. އަދި ރައްޔިތުންނަށް ލިބުނު ގެއްލުންތައް ބަލައި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މަޑަވެއްޔަށް އުދައެރުމުގެ ސަބަބުން އެރަށުގެ %98 ގެޔަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އުދައިގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ ގދ.މަޑަވެއްޔަށެވެ.

އެހެންކަމުން މަޑަވެލީ ކައުންސިލްގެ ރައީސް ވަނީ އެރަށުގެ ހާލަތު ރައީސް ސޯލިހުއަށް ކިޔައިދެއްވައި އެކަމުން އަރައިގަތުމަށް ކައުންސިލުން ކުރަމުންދާ ކަންތައްތަކުގެ ވާހަކަ ރައީސް އާއި ހިއްސާކޮށްފައެވެ. މިވާހަކަތައް އަޑުއެހުުމަށްފަހު މަޑަވެލީގެ ގިނަ ގެތަކަކަށް ގެއްލުންތައް ލިބިފައިވާތީ އެކަމުގައި ސަރުކާރުން ރައްޔިތުންނަށް ވެދެއްވެން އޮތް ހުރިހާ އެހީތެރިކަމެއް ވެދެއްވާނެ ކަމުގެ ޔަޤީންކަން ރައީސް ސޯލިހު ވަނީ ދެއްވާފައެވެ.

މިވަގުތު ރާއްޖެއަށް ކުރަމުންދާ ވިއްސާރަޔާއެކު އުދައެރުމުގެ ސަބަބުން ރާއްޖޭގެ އެކިކަންކޮޅު ތަކަށް އުދަ އަރައި ގިނަ ރަށްތަކަށް ވަނީ ގެއްލުން ލިބިފައެވެ. ނެޝެނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކުރި ގޮތުގައި އިއްޔެ އުދައިގައި ރާއްޖޭގެ 8 އަތޮޅެއްގެ 20އަށް ވުރެ ގިނަ ރަށްރަށަށް ގެއްލުން ލިބުނުއިރު އެންމެ ބޮޑު ގެއްލުންތަކެއް ލިބިފައިވަނީ މަޑަވަލީގެ އިތުރުން ތ. އަތޮޅާއި، އައްޑޫ އަށެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!