އީދު ބަންދަށް ހާއްސަކޮށް އުރީދޫއިން 100 ރުފިޔާއަށް 100 ޖީބީ ޑޭޓާ ލިބޭ ޕެކޭޖެއް ތައާރަފްކޮށްފިއެވެ.
ބޮޑު ޗުއްޓީ ޕެކް”ގެ ނަމުގައި ތައާރަފުކުރި މިޕެކޭޖް އެކްޓިވޭޓްކުރާ ދުވަހުން ފެށިގެން 3 ދުވަހަށް ބޭނުުން ކުރެވޭނެއެވެ. މިއީ އީދު ބަންދާ ދިމާކޮށް އިންޓަނެޓް ބޭނުންކުރާ އަދަދު ގިނަވެފައި އީދު ބަންދާ ދިމާކޮށް ގިނަ ބަޔަކު ދަތުރު ކުރަމުން ދާތީ، އާއިލާ އާއި އެކުވެރިންނާ އޮންނަ ގުޅުން ދެމެހެއްޓުމަށް ފަސޭހަކޮށްދިނުމަށް ފަށަފައިވާ އޮފާއެއް ކަމުގައި އުރީދުންވަނީ ހާމަކޮށްފައެވެ.
މިޕެކޭޖް އެކްޓިވޭޓްކުރުމަށް އުރީދޫގެ މޮބައިލް އެޕުން އަދި *929*1# އަށް ގުޅައިގެން އެކްޓިވޭޓް ކުރެވޭނެ އެވެ. ނުވަތަ 100GB ޖެހުމަށް ފަހު 5555 އަށް އެސްއެމްއެސް ކޮށް ގެން ވެސް އެ ޕެކް އެކްޓިވޭޓު ކުރެވިދާނެއެވެ.
އުރީދޫން ހާމަކުރާ ގޮތުގައި މިޕެކޭޖް އެކްޓިވޭޓް ކުރުމުގެ ސުންގަޑިޔަކީ މިމަހު 31 ވަނަ ދުވަހެވެ. މިއީ އަޟުހާ އީދު ބބަންދާ ދިމާކޮށް އުރީދޫން ހުޅުވާފައިވާ ހާއްސަ އޮފާއެކެވެ.