ޚަބަރު
މުދައްރިސުންގެ ކަންކަން ބެލެހެއްޓުމަށް މަތީ ފެންވަރުގެ ކޮމެޓީއެއް އެކުލަވާލަން ހުށަހަޅައިފި

މުދައްރިސުންގެ ކަންކަން ބެލެހެއްޓުމަށް މަތީފެންވަރުގެ ކޮމިޓީއެއް އެކުލަވާލުމަށް ޓީޗަރސް ރިސާރޗް ގުރޫޕްއިން ހުށަހަޅައިފިއެވެ.

ޓީޗާރސް ރިސާރޗް ގްރޫޕުން ބުނާގޮތުގައި މިހާރަށްވުރެ ބޮޑަށް މުދައްރިސުންގެ ކަންކަން ބަލަހައްޓައި މުދައްރިސުންގެ ކަންކަން ދިރާސާ ކުރުމަށް މިފަދަ ކޮމިޓީއެއް އެކުލަވާލުމަކީ ވަރަށް މުހިންމު ކަމެކެވެ.

މުދައްރިސުން ލިބުމުގައާއި، ލިބިފައިވާ މުދައްރިސުން ކިޔަވައިދިނުމުގައި ދެމިތިބުމަށް ދިމާވެފައިވާ ދަތިތަކާއި ގޮންޖެހުންތަކުގެ ސަބަބުތައް ދެނެގަތުމަށް ކުރި ދިރާސާގެ ރިޕޯޓްގައި ބުނާގޮތުން މުދައްރިސުންގެ މަސައްކަތަށް އައިސްފައިވާ ބަދަލުތަކުން، ޓީޗަރުން ކިޔަވައިދިނުމުގެ އިތުރުން އެކަމާއި ނުގުޅޭ އިތުރު ހަރަކާތްތަކުގައި ގިނަ ވަގުތު އަވަދިނެތި އުޅެންޖެހެއެވެ. އޭގެ ސަބަބުން ޓީޗަރުން އިތުރަށް ސްޓްރެސްވެ މުދައްރިސުންގެ ވަރކްލޯޑާއި، ވަރކް-ލައިފް ބެލެންސް ނުކުރެވެއެވެ. އަދި ވަޒީފާ އަދާކޮށްގެން ލިބެން ބޭނުންވާ ހިތްހަމަޖެހުން ނުލިބުމުމުގެ ސަބަބުން ވަޒީފާ ދޫކޮށްދެއެވެ.

އެހެންކަމުން މިކަންތައްތައް ހައްލުކުރުމަށް 8 ބޭފުޅުން ހިމެނޭ މަތީ ފެންވަރުގެ ކޮމިޓީއެއް އެކުލަވާލަން ޓީޗަރސް ރިސާރޗް ގުރޫޕްއިން މިވަނީ ހުށަހަޅާފައެވެ. އަދި މި ކޮމިޓީއަށް ‘ޓީޗަރ އެންހޭންސްމަންޓް ކޮމިޓީ’ ނުވަތަ އެކަށީގެންވާ ނަމެއް ކަނޑައެޅުމަށް ވަނީ ލަފާދީފައެވެ. ކޮމެޓީގެ ޗެއަރކަން ކުރައްވާނީ އެޑިއުކޭޝަން މިނިސްޓަރެވެ.

ޓީޗަރުންގެ ކަންކަން ބެލެހެއްޓުމަށް އުފައްދާ ކޮމިޓީގެ އިދާރާއަކީ އެޑިއުކޭޝަން މިނިސްޓްރީއެވެ. މިކޮމިޓީއަކީ ސިވިލްސަރވިސް ކޮމިޝަނާއި މިނިސްޓްރީ އޮފް އެޑިއުކޭޝަނާ އެކުގައި ގުޅިގެން އެކުލަވާލާފައިވާ ކޮމިޓީއަކަށް ވާތީ މިކޮމިޓީގައި ހިމެނޭނީ ސިވިލް ސަރވިސް ކޮމިޝަނުން ކަނޑައަޅާ މެންބަރަކާއި، އެޑިއުކޭޝަން މިނިސްޓްރީގެ ހިއުމަން ރިސޯސް އަދި ސްކޫލް އެޑްމިނިސްޓްރޭޝަންގެ މަންދޫބަކާއި، ޓީޗަރ ރެޖިސްޓްރޭޝަން ބޯޑުގެ މެންބަރަކާއި، ތަޖުރިބާކާރު ޕްރިންސިޕަލެއްގެ އިތުރުން މަދުވެގެން 10 އަހަރު ކިޔަވައި ދިނުމުގެ ތަޖުރިބާ ލިބިފައިވާ 2 މުދައްރިސުންނެވެ.

މި ކޮމެޓީގެ މަޤްޞަދަކަށް ވާންޖެހޭނީ މުދައްރިސުން ކުރާ މަސައްކަތާއި އެކަށީގެންވާ ރަނގަޅު މުސާރައަކާއި، އިނާޔަތްތައް ހަމަޖެއްސުމާއި ސްކޫލްތަކުގައި އިތުރަށް ތިބިކަމަށް ފާހަގަކުރެވޭ މުދައްރިސުންނާމެދު އަމަލުކުރާނެ ގޮތެއް ކަނޑައެޅުމާއި، މުވައްޒަފުން ރެކްރޫޓްކުރުމަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށެވެ. އަދި މުދައްރިސުންގެ ވަރކް-ލައިފް ބެލެންސް ހާސިލް ކުރުމަށް މަގުފަހިކުރުމަކީވެސް މި ކޮމެޓީގެ ޒިންމާއެކެވެ

މީގެ އިތުރުން ޓީޗަރުންގެ ކަންކަން ރައީސުލްޖުމްހޫރިއްޔާ ޚާއްސަގޮތެއްގައި ވަރަށް ގާތުން ބައްލަވަމުން ގެންދާނެއެވެ. މުދައްރިސުންނާއި މި ދާއިރާގެ ފަންނީ މީހުންގެ ކަންކަން ފަސޭހައިން ކުރުމަށް މަގުފަހިކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މަންދޫބެއް ކޮމިޓީގެ އޯލްޓަރނޭޓިވް ޗެއަރގެ ގޮތުގައި ހަމަޖެއްސުމަށް ވަނީ ހިމަނާފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!