ޚަބަރު
ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ޓީޗަރަކު ހައްޔަރުކޮށްފި

ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީގޯނާކުރި މައްސަލައެއްގައި މާލޭ ސްކޫލެއްގެ ޓީޗަރަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑީޔާ އޮފިޝަލް ވިދާޅުވީ މާލޭ ސްކޫލެއްގެ ލީޑިންގ ޓީޗަރަކު އެސްކޫލްގައި ކިޔަވަމުންދާ އުމުރުން 15 އަހަރުގެ ކުޑަ ފިރިހެންކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށާއި މިމައްސަލާގައި އުމުރުން 52 އަހަރުގެ އިންޑިޔާ ޓީޗަރަކު ހައްޔަރުކުރެވުނު ކަމަށެވެ. ހައްޔަރުކުރެވިފައިވަނީ ބިދޭސީ ފިރިހެން ޓީޗަރެކެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ވަނީ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.

މިހާރަކަށް އައިސް ރާއްޖޭގައި އެއް ޖިންސުގެ ގުޅުން ހިންގާ މައްސަލަތައް އަންނަނީ ފެންމަތިވަމުންނެވެ. މިފަދަ މައްސަލައެއްގައި ބިދޭސީއެއް ކަމަށްވާ އަލަމްގިރި ދާދި ފަހުން ވަނީ ހައްޔަރުކުރެވިފައެވެ. މީގެއިތުރުން 2020 ވަނަ އަހަރުން ފެށިގެން އުމުރުން 14 އަހަރުގެ ފިރިހެން ކުއްޖަކަށް ޓިއުޝަން ނަގައިދިން އިންޑިއާ ޓީޗަރަކު އެކުއްޖާއަށް ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވުމާއި ގުޅިގެން ރާއްޖެ ދޫކޮށް ވަނީ ފިލައިގެން ގޮސްފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!