ރާއްޖެގެ އުތުރުގެ ރަށެއްގައި އުމުރުން 14 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހަކު ބަރަހަނާކޮށްފައި އެމީހާއަށް އަނިޔާކޮށްފިއެވެ.
ފުލުހުންގެ މީޑީޔާ އޮފިޝަލް ވިދާޅުވީ މާލެއަތޮޅުގެ ރަށެއްގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް މިރޭ ރިޕޯޓްކޮށްފައިވާ ކަމަށާއި މިމައްސަލަ އިތުރަށް ތަހުޤީގު ކުރަމުން ގެންދާ ކަމަށެވެ.
ކުޑަކުއްޖާއަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތު ކުރެވޭ ދިވެހި ފިރިހެނަކު ބަރަހަނާކޮށް އެރަށު ރައްޔިތުން ވަނީ އޭނައަށް އަނިޔާކޮށްފައެވެ.
މިމައްސަލައިގައި ތުހުމަތުކުރެވޭ މީހާއަށް އެރަށު މީހުން އަނިޔާކުރުުމުގެ ސަބަބުން ލިބުނު އަނިޔާތަކަށް އެރަށު ހެލްތު ސެންޓަރުން ފަރުވާ ހޯދަމުން ދަނިކޮށް ހެލްތު ސެންޓަރުން ކަރަންޓު ކަނޑާލުމަށްފަހު އެތަނަށް ވަދެ އޭނައަށް އަނިޔާ ކުރަން އުޅުމުން ފުލުހުން ވަނީ އެކަން ހުއްޓުވަން މަސައްކަތް ކޮށްފައެވެ.
ފުލުހުން އެކަން ހުއްޓުވަން އުޅުމުން އެރަށު މީހުން ވަނީ ފުލުހުންނަށްވެސް އަނިޔާކޮށްފައިވާ ކަމަށާއި ފުލުހުންނަށްވެސް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް އަނިޔާވީ ކިތައް ފުލުހުންނަށް ކަމެއް އަދި ލިބުނު އަނިޔާތަކުގެ ތަފްސީލް ފުލުހުން ހާމަކޮށްފައި ނުވެއެވެ.
މައުލޫމާތު ލިބޭ ގޮތުގައި މިހާދިސާ ހިނގާދިޔައީ މިރޭ 18:30 އެހާކަންހާއިރުގައެވެ.