ކޮލަމް
މީހުންގެ ސަމާލުކަން ހޯދައި، ޝައުޤުވެރިކުރުމަށް ބޭނުންކުރާ ބައެއް އުކުޅުތަކަށް އަދިވެސް ބަދަލެއް ނާދޭ!

ޕާސުއޭޝަން ނުވަތަ މީހުންގެ ހިތް ލަންބުވާލައި، ޝައުޤުވެރިކަން ދަމައިގަތުމަށް ބޭނުންކުރެވޭނެ ވަރަށް މުހިންމު ބޭނުންތެރި އުކުޅުތަކެއް ގްރީކުގެ މަޝްހޫރު ފިލޯސަފަރެއްކަމުގައިވާ އެރިސްޓޯޓަލް، މީގެ ދެހާސް އެތަކެއް އަހަރުކުރިން އޭނާގެ ރިޓޯރިކް މަސައްކަތުން ވުޖޫދު ކުރިއެވެ. އަދި މީހުންގެ ހިތް ލަންބުވާލައި، ޝައުޤުވެރިކަން އުފެއްދުމަށް ބޭނުންކުރެވިދާނެ އުކުޅުތަކެއް ދަންނަ، ރިޓޯރިކް ޢިލްމުގެ މަޝްހޫރު ފަރާތަކަށް އެރިސްޓޯޓަލް ވެގެން ގޮސްފައި ވެއެވެ.

މީހުންގެ ސަމާލުކަން ހޯދައި، ޝައުޤުވެރިކުރުމަށް މިހާރުވެސް ބޭނުންކުރާ މުހިންމު އުކުޅުތަކަކީ އެރިސްޓޯޓަލް ތަޢާރަފްކޮށްފައިވާ އުކުޅުތަކެކެވެ. މިފަދަ ގިނައުކުޅުޅުތަކަށް ޒަމާންތަކެއް ވެފައިވާއިރުވެސް ގިނަ އުކުޅުތަށް މިހާރުވެސް ބަރާބަރަށް މަސައްކަތް ކުރުމާއިއެކު، މިއުކުޅުތަކަށް އަދިވެސް މާބޮޑު ބަދަލެއް ނާދެއެވެ. މީހުންގެ ޝައުޤުވެރިކަން އަތުލައި، ހިތް ލަންބުވާލުމަށް ބޭނުންކުރުމަށް އެރިސްޓޯޓަލް އޭނާގެ ރިޓޯރިކް މަސައްކަތުން ވުޖޫދުކޮށްފައިވާ ބައެއް އުކުޅުތަކަށް މިލިޔުމުގައި ހިމަނާލަމެވެ. މިގޮތުން މީހުންގެ ހިތް ލަންބުވައި، ޝައުޤުވެރިކަން އަތުލައިގަތުމަށް އެރިސްޓޯޓަލް ފާހަގަކުރާ ފަސް އުކުޅެއްގެ މައުލޫމާތަށް ބަލަމާތޯއެވެ.

ވާހަކަ ދައްކާއިރު، އޯޑިއެންސްގެ ސަމާލުކަން ހޯދައި، މީހުން ޝައުޤުވެރިކުރުވަމަށް ބޭނުންކުރެވިދާނެ ފުރަތަމަ އުކުޅެއްގެ ގޮތުގައި އެރިސްޓޯޓަލް ހުށަހަޅާ އުކުޅަކީ އީގޯސް ނުވަތަ “ކެރެކްޓަރ” އެވެ. އެހެން މީހުން ތިބާ އާއި ދެމެދު ދެކޭގޮތް، ތިބާއާއި މެދު ޝައުޤުވެރިވެ، ގަޔާވުމަށް މުހިންމު ރޯލެއް އަދާކުރެއެވެ. ތިބާ ދައްކާ ވާހަކަ އެހެން މީހުންނަށް ޤަބޫލުކުރެވޭނީ، އޯޑިއެންސަށް އިތުބާރުކުރެވޭ، މީހެއްގެ ގޮތުގައި އެހެން މީހުންނަށް ދައްކައިގެންނެވެ. އިތުބާރާއި ލޯބި ހޯދުމަކީ ހިތް ލަންބުވާލައި ޝައުޤުވެރިކަން ދަމައިގަތުމަށް ބޭނުންކުރެވިދާނެ އުކުޅެކެވެ، އޯޑިއަންސްގެ އިތުބާރު ހޯދުމަށްޓަކައި، އެމީހެއްގެ ކްރެޑިބިލިޓީ ހިފެހެއްޓުމާއި އެކު ވާހަކަ ފެށުން މުހިންމެވެ.

މީހުން ޝައުޤުވެރިކަން އަތުލުމަށް ބޭނުންކުރެވިދާނެ ދެވަނަ އުކުޅަކަށް “ލޯގޯސް” ވެފައި ވެއެވެ. “ލޯގޯސް” ނުވަތަ ބުއްދީގެ ހަމަތަކަށް، ފެތޭގޮތަށް ވާހަކަ ގެނައުމުން، އެވާހަކައެއް ޤަބޫލުކުރުމަށް އެހެން މީހުންނަށް ފަސޭހަވެގެން ދެއެވެ. ބުއްދީގެ ހަމަތަކަށް ނުފެތޭ ގޮތަށް ގެންނަ ވާހަކަތަކަށް މީހުންގެ ސަމާލުކަން ކުޑަވުމުގެ އިތުރުން، ވާހަކަ ދައްކާ ފަރާތަށް މީހުންގެ ނުރުހުން ހުށަހެޅިގެން ދެއެވެ. މީހުން ޝައުޤުވެރިކަން އަތުލަން ބޭނުންނަމަ، އެމީހަކު ދައްކާ ވާހަކައިގައި އޮއްޓަރު ހުރިކަން އެހެން މީހންނަށް ހާމަކޮށްދިނުން މުހިންމެވެ. މިގޮތުން، ދައްކާ ވާހަކައެއްގެ ވެލިޑީ ނުވަތަ އިތުބާރު އިތުރުކުރުމަށް ތަފާތު ޑޭޓާ ނުވަތަ ތަފާސް ހިސާބު، ފަދަ ހެކިތައް ހިމަނައިގެން ދައްކާ ވާހަކައިގެ ހަޤީޤަތް ވީހާވެސް ބޮޑަށް ހެކިތަކުގެ އަލީގައި ހާމަ ކުރާށެވެ.

މީހުންގެ ހިތް ލަންބުވައިލުމަށް ބޭނުންކުރެވިދާނެ ތިންވަނަ އުކުޅެއްގެ ގޮތުގައި، “ޕެތޯސް” ވެއެވެ. މީހުން ޝައުޤުވެރިކޮށް ހިތް ލަންބުވައިލުމަށް ބޭނުންކުރެވޭ އެންމެ ވަރުގަދަ އުކުޅަށް “ޕެތޯސް” ވެގެންދެއެވެ. “ޕެތޯސް” އަކީ އެމީހެއްގެ އިޙްސާސް އެހެންމީހުންގެ އިޙްސާސްތަކާއި ގުޅުވައި، އެހެންމީހުންގެ ޖަޒުބާތުތަކާއި ކުޅެލުމުގެ ބާރެވެ. އެރިސްޓޯޓަލް ގަބޫލުކުރާ ގޮތުގައި ޖަޒުބާތާއި ނުލައި ވިސްނައިދިނުމަކީ ނުވާނެ ކަމެކެވެ. މީހުން ކަމެއްގައި ޢަމަލީ ގޮތުން ބައިވެރިވުމަށް ބާރުއެޅޭނީ، ވާހަކަ ދައްކާ މީހަކު އެމީހުންނަށް އެކަމެއް އިޙްސާސް ކުރުވުމުގެ ހުނަރު ބޭނުންކުރާ ގޮތަކުންނެވެ. އެރިސްޓޯޓަލް ގަބޫލުކުރާ ގޮތުގައި ޖަޒުބާތު އެކެއްގެ ކިބައިން އަނެކާއަށް ބަދަލު ކުރުމަށް އެންމެ ރަނގަޅު ގޮތަކީ ވާހަކަ ދެއްކުމުގެ ޒަރީޔާއެވެ. އޭގެ 2000 އަހަރަށް ވުރެ ގިނަ ދުވަސް ފަހުން ނިއުރޯސައިންޓިސްޓުންނަށް ވަނީ އޭނާގެ ތީސީސް ޞައްޙަކަން ފާހަގަ ކުރެވިފައެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ނަރެޓިވްސް ނުވަތަ ވާހަކަ ކިޔައިދީގެން ސިކުނޑީގައި ނިއުރޯކެމިކަލްތައް ބާރު ސްޕީޑެއްގައި އުފައްދައި ދެއެވެ. މިގޮތުން ޚާއްޞަކޮށް ސިކުނޑީގައި އުފައްދާ ނިއުރޯ ކެމިކަލްއެއްކަމުގައިވާ އޮކްސިޓޮސިން އަކީ ފުން، ޖަޒުބާތީ ފެންވަރެއްގައި މީހުން ގުޅުވައިދޭ “މޯރަލް މޮލިކިއުލް”އެކެވެ.

މީހުންގެ ޝައުޤުވެރިކުރުވައި ހިތްލަންބުވައިލުމަށް ބޭނުންކުރެވޭ ހަތަރުވަނަ އުކުޅަކަށް ތަފާތު “މެޓަފަރ” ނުވަތަ ވަކި ޚާއްސަ ލަފުޒުތައް ބޭނުންކުރުން ހިމެނެއެވެ. އެންމެން ފަރިތަ ދަންނަ ތަފާތު އެކި ލަފުޒު ބޭނުންކޮށްގެން އާ ޚިޔާލުތަކާއި، އާވާހަކަތަށް ގެނައުމުން، އެވާހަކަ މީހުންނަށް ބަލައިގަންނަން ފަސޭހަވެއެވެ. މިސާލެއްގެ ގޮތުން ސިޔާސީ ބޭފުޅުން ވަރަށް ގިނައިން ބޭނުންކުރާ ލަފުޒެއްކަމުގައިވާ “ރައްޔިތު މީހާ” ފަދަ ލަފުޒުތަކުން، ވާހަކަ ދައްކާ ފަރާތަކީ، ރައްޔިތުންނާއި ގުޅިފައިވާ، ރައްޔިތުންގެ އިޙްސާސްތައް ދަންނަ މީހެއްގެ އިޙްސާސް އެހެންމީހުންނަށް ގެނުވައި މީހުންގެ ޝައުޤުވެރިކުރުވައި ސަމާލުކަން ހޯދައެވެ.

މީހުންގެ ސަމާލުކަން ހޯދުމަށާއި، ދައްކާ ވާހަކައަށް މީހުން ޝައުޤުވެރިކުރުމަށް ހިކުމަތްތެރި، ވިސްނުން ތޫނު ވާހަކަ ދެއްކުން ކޮންމެހެންވެސް މުހިންމެވެ. އެރިސްޓޯޓަލް ވިދާޅުވި ގޮތުގައި، ދައްކާ ވާހަކަ ފާޅުކުރަން ޖެހޭނީ “ވީހާވެސް ކޮމްޕެކްޓްކޮށް އަދި ވީހާވެސް މަދު ބަސްތަކަކުން” އެވެ. އަދި ދައްކާ ވާހަކައެއް ފެށުމުގައި، ވީހާވެސް މުހިންމު މަޢުލޫމާތު ހިމަނައިގެން، ފެށުން ރަނގަޅުކުރުމަކީ އެންމެ މުހިންމު ކަމުގެ ގޮތުގައި އޭނާ ފާހަގަކުރެއްވައެވެ. ދޭން ބޭނުންވާ ފިލާވަޅަކީ ވާހަކަ ދައްކަން ފަށާއިރު އެމީހަކު ފާހަގަކުރަން ބޭނުންވާ އެންމެ ވަރުގަދަ ނުކުތާތަކަށް އިސްކަންދީގެން ފެށުމެވެ.

މީހުންގެ ސަމާލުކަން ހޯދައި، ޝައުޤުވެރިކުރުވާފަދަ ވާހަކަ ދެއްކުންތެރިންނަށް ވުމަށް ބޭނުންވާ ފަރާތްތައް ނުވަތަ ސިޔާސީ ލީޑަރުންނަށް ވާން ބޭނުންވާ ފަރާތްތަކަށް އޮތް އުފާވެރި ޚަބަރަކީ އެރިސްޓޯޓަލް ޤަބޫލުކުރެއްވި ގޮތުގައި ޕާސުއޭޝަންގެ އުކުޅުތަކަކީ ކޮންމެ މީހަކަށްވެސް ދަސްކުރެވިދާނެ އުކުޅުތަކެކެވެ. ގަދީމީ ޔޫނާނުގެ ދުވަސްވަރު އެރިސްޓޯޓަލް އަކީ ސިޔާސީ ގޮތުން “ފުދޭވަރަކަށް ނުރައްކާތެރި” މީހެއްގެ ގޮތުގައި ދެކުނެވެ، އަދި ފަހުން އެރިސްޓޯޓަލް އޭނާގެ ޕާސުއޭޝަން ތިއަރީ އަދި އުކުޅުތައް އެހެން އާންމުންނާއި ހިއްސާކޮށްފައިވެއެވެ. އެމީހުން ބޭނުންވީ، އެރިސްޓޯޓަލްގެ ޕާސުއޭޝަން އުކުޅުތައް ސިއްރެއްގެ ގޮތުގައި ބޭއްވުމަށެވެ. އަދި އެއުކުޅުތަކުގެ ސިޔާސީ މަންފާ ނެގުމަށެވެ. ނަމަވެސް އެރިސްޓޯޓަލް ބޭނުންވީ މިއުކުޅުތައް އެންމެންނަށް ބޭނުންކުރެވޭނެ ގޮތް ހެދުމަށެވެ.

އެރިސްޓޯޓަލް އިސްކުރެއްވީ، މީހުން ރަނގަޅަށް ވާހަކަ ދެއްކުމާއި ލިޔުމުގެ ޤާބިލުކަމާއި، އަނެކާގެ ނަޒަރިއްޔާތު ބަދަލުކުރުމަށް ރިޓޮރިކަލް ޑިވައިސްތައް ބޭނުންކުރުމުގެ ޤާބިލުކަން، އިންސާނީ ޤާބިލުކަމަށް ދޫކޮށްލައި، އުފާވެރިކަން އެންމެ ފުރިހަމައަށް ލިބިގެންދާނެ ގޮތެއް އިޚްތިޔާރު ކުރުމެވެ. ވޭތުވެދިޔަ ދެހާހުގެ އަހަރު ތެރޭގައި އަޅުގަނޑުމެން ހިޔާލުތައް ފޯރުކޮށްދިނުމަށް ބޭނުންކުރާ ވަސީލަތްތަކަށް ބަދަލު އައިސްފައިވީނަމަވެސް އިންސާނާގެ ސިކުނޑިއަށް ބަދަލެއް އައިސްފައެއް ނުވެއެވެ. މީގެ ދެހާސް އެތަކެއް އަހަރުކުރިން، އެރިސްޓޯޓަލް ބޭނުންކުރި ޕާސުއޭޝަން އުކުޅުތަކުގެ އޭރު މަސައްކަތް ކުރި ފޯމިއުލާ މިހާރުވެސް މަސައްކަތް ކުރެއެވެ، މިއަށް މާބޮޑު ބަދަލެއް ނާދެއެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!