ފެންޑާ
މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޑޭވިޑް ބެކަމްގެ ޑޮކިއުމެންޓްރީ ނެޓްފްލިކްސްއަށް އަންނަނީ

ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަދި އިނގިރޭސިވިލާތުގެ ގައުމީ ޓީމުގެ ކެޕްޓަން ޑޭވިޑް ބެކަމްގެ ހަޔާތުގެ މައްޗަށް އުފައްދާ ޑޮކިއުމެންޓްރީ ސީރީޒެއް ނެޓްފްލިކްސްއިން ދައްކާ ގޮތަށް ހަމަޖެހިއްޖެއެވެ.

މީޑިޔާ ރިޕޯޓްތައް ބުނާގޮތުން ޑޭވިޑް ބެކަމްގެ ހަަޔާތް ދައްކުވައިދޭ މި ސީރީޒް އުފެއްދުމުގެ މަސައްކަތް މިހާރުވަނީ ފަށާފައެވެ. 20 މިލިޔަން ޑޮލަރު ޚަރަދުކޮށްގެން އުފައްދާ މިސީރީޒް ޑައިރެކްޓް ކުރަނީ އޮސްކާ އެވޯޑް ހާސިލުކޮށްފައިވާ “ދަ ކޯވް” ގެ ޑައިރެކްޓަރު ޕިޝަރ ސްޓީވަންސް އެވެ. މިސީރީޒްގައި ބެކަމްގެ އިތުރުން އޭނާގެ އަންހެނުން ވިކްޓޯރިއާ ބެކަމްވެސް ފެނިގެންދާނެކަމަށް ރިޕޯޓްތަކުގައި ބުނެފައިވެއެވެ.

މިޑޮކިއުމެންޓްރީ ސީރީޒެއްގެ ގޮތުގައި ނެޓްފްލިކްސްއިން ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.

މިސީރީޒްގެ އެގްޒެކެޓިވް ޕްރޮޑިއުސަރަކީ “ސާޗްފޯ ޝުގަރމަން” ގެ ޕްރޮޑިއުސަރު ޖޯން ބަޓްސެކްއެވެ. މިއީ ބެކަމްގެ ‘ސްޓޫޑިއޯ 99’ ޕްރޮޑަކްޝަން ސްޓޫޑިއޯ އިން ބަޓްސެކްގެ ވެންޗާލޭންޑް އާ ގުޅިގެން ޕްރޮޑިއުސްކުރާ ޑޮކިއުމެންޓްރީއެކެވެ.

ބެކަމްގެ ހަޔާތާއި ބެހޭ ގޮތުން މީގެ ކުރިން އެނގިފައިނުވާ ޕާސަނަލް ވާހަކަތަކެއް، ބެކަމްގެ ކެރިއަރުގެ ބައެއްގެ ގޮތުގައި ތިބި ރައްޓެހިންނާއި އާއިލާ އަދި ފުޓްބޯޅައިގެ ދުނިޔޭގެ ފަރާތްތަކާ އިންޓަވިއުވެސް މިޑޮކިއުމެންޓަރީއިން ފެނިގެންދާނެއެވެ. ބެކަމްގެ ހަޔާތުގައި ފާއިތުވީ 40 އަހަރު ހިނގާދިޔަ ފޭނުންނަށްވެސް ނޭގޭ އެތައް ކަމެއް މިސީރީޒްއިން އެނގިގެން ދާނެއެވެ.

ފުޓްބޯޅައިގެ ދުނިޔޭގައި މެންޗެސްޓާ ޔުނައިޓެޑާއި ރެއާލް މެޑްރިޑް ފަދަ ކްލަބުތައް ތަމްސީލުކޮށް ބެކަމްވަނީ ބޮޑޫ ކުރިއެރުންތަކެއް ހޯދާފައެވެ. އޭނަގެ ހަޔާތުގެ މައްޗަށް މިފަދަ ޑޮކިއުމެންޓްރީއެއް ހަދާތީ އެކަމާ އުފާކުރާ ކަމަށް ބެކަމްއާ ހަވާލާދީ ރިޕޯޓްތަކުގައި ވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!