ރިޕޯޓް
އެހާރުގެ ލިބާސް ލެއްވުން   

އިހު ދިވެހިންގެތެރޭ ތަފާތު އާދަކާދަ ހުރެއެވެ. މިގޮތުން އެކިއަތޮޅާއި އެކި ރަށްރަށުގެ މީހުންގެ ދިރިއުޅުމާއި ކަންތައް ހުންނަގޮތް ތަފާތެވެ. ލިބާސް ލެއްވުމަކީވެސް އެކިރަށްރަށުގައި އެކިއަތޮޅުގައި އެކިގޮތަށްކުރަމުން އައި ކަމެކެެވެ. އަޅުގަނޑު މިހާރު ލިޔަމުން މިގެންދަނީ ހުވަދު އަތޮޅު ހަވަރު ތިނަދޫ މީހުން ލިބާސް ލެއްވުމުގެ ކަންތައް އޭރު ކުރަމުން އައި ގޮތެވެ. އެދުވަސްވަރު ލިބާސް ލެއްވި އަންހެނަކު ކިޔައިދިން ގޮތަށެވެ.

އެޒަމާނުގައި އަންހެން ކުދިން 12، 13 އަހަރުވާއިރުވެސް ތިބެނީ ހެދުން ނުލައެވެ. ކަނޑިކި ނޫނީ ފޭލި އަނދެގެންނެވެ. މުއްސަނދި ކުދިން އުނަގަނޑުގައި ރިހި ފައްޓަރު ނުވަތަ އެއްނަރު ފައްޓަރު އަޅާފައި ހުރެއެވެ. ހުސްގަޔާ ތިބޭއިރު ކަރުގައި ރަން ފައްޓަރުބައި ނުވަތ ރަނުގެ އެހެނިހެން ގަހަނާ އަޅައެވެ. އުމުރުން 3 އަރުން ފެށިގެންވެސް ލިޔަން ކިޔަަން ދަސްކޮށްދީ ޤުރުއާން ކިޔަވައިދިނުމުގެ ކަންތްއް އެބައެއްގެ ފެންވަރުން ކުރިއަށް ގެންދިއުން އޮވެއެވެ.

އަންހެން ދަރިން ލިބާސް ލެއްވުމަކީ ވަރަށް އިސްކަމެއްދީގެން ކުރާ ކަމެކެވެ. އަންހެން ދަރިފުޅަށް 9 އަހަރު ފުރުމާއެކު
ލިބާސް ލެއްވުމުގެ ތައްޔާރީތައް ވާންފަށައެވެ. ލިބާސް ކަނޑާނެ ފަށުވިފޮއްޗާއި ކަސަބާއި ބާދަލާފަދަތަކެތި ރާއްޖެއިން ބޭރުން ގެނެއެވެ. އަވަށު މީހުންނާއި ޢާއިލާގެ އެންމެންގެ އެހީތެރިކަމާއި އެއްބާރުލުމުގައި މިމަސައްކަތް ކުރިއަށް ދާނެއެވެ. މިގޮތުން ލިބާސް ލެއްވުމަށާް ހަތް ލިބާސް ތައްޔާރުކޮށް މުދިމަކު ނޫނީ އެދުރަކު ގެނެސް އިރުވަރު ބަލާނެއެވެ. ލިބާސް ލައްވާ ދުވަސް ކަނޑައެޅުމުގައި ދެޢީދު، ރަބީޢުލް އައްވަލު 12 ފަދަ ދީނީ ގޮތުން ފާހަގަ ކުރެވޭ ދުވަސް ތަކަށް އިސްކަން ދޭނެއެވެ. އެއަށް ކެއްކުމަށް ބޭނުންވާ ސާމާނު ތައްޔާރުކޮށް ބަހައްޓާނެއެވެ.

އިސްވެ ދެންނެވުނު ހުރިހައި ކަމެއް ތައްޔާރުކޮށް ނިމި ގެއާއިގޯތިތެރެ ޒީނަތްތެރިކޮށް ނިމިގެން ދެން ލިބާސް ލެއްވުމުގެ ކަަންތައް ކުރިއަށް ދެއެވެ. ތައްޔާރުކުރި ލިބާސްތައް ގެނެސް އެދުރުބޭގެ އިރުޝާދާ އެއްގޮތަށް މިރަސްމިއްޔާތު ކުރިއަށް ގެންދެއެވެ. އޭރު ކެއްކުމާއި ކާން ތައްޔާރު ކުރުން ކުރިއަށް ދާނެއެވެ. މުއްސަނދި މީހުން ރަށު ރައްޔިތުންނަ ކާންދެއެވެ. މިއީ ކައިވެނި ކަންޒޫރި ދިނުމެވެ.

މީރުވަސް ދުވާތަކެތި އަޅައި ދުން މުޖުމަރާ ގެނެސް އެދުރުބޭ އިންނަ ގޮނޑި ކައިރީ ބަހައްޓައެވެ. އެއަށްފަހު ލިބާސް ލައްވާ އަންހެން ކުއްޖާ ބައިންދައި އެދުރުބެ ގެންނާނެއެވެ. ހައިވަކަރު ފިލައެއް އަޅައި އޭގެ މަތީ ކުނަލެއް ފަތުރާލައެވެ. އަދި އެހައިވަކަރު ފިިލާމަތީ ރަން ފައްޓަރު ބައެއް ބާއްވާލައެވެ އެއަށްފަހު އަންހެނ ކުއްޖާއެފިށަލާމަތީ ބަހައްޓައެވެ. އޭރު އަނހެން ކުއްޖާ ހުންނާނީ ވަރަށް ރީތިކޮށް ނަލަހައްދާފައެވެ. އެދުރުބެ އިންނާނީ ކިޔަވާލަކިޔަވާލައެވެ.

އެދުރުބޭ ފުރަތަމަ ލިބާސް ނަގައި އޭގެ ބަތާން ( އެތެރޭ ފޮތިގަނޑު) އޮނުގަލަމަކުން ލިޔެލައެވެ. އެއަށްފަހު މުޖުމަރާއިން ދުން އަޅައެވެ. ވަސްހިފާވަރަށް ލިބާހަށް ދުންބުރުވާ ހެދުމަށްފަހު ފުރަތަމަ ލިބާސް ބޮލުން ވައްޓާލައެވެ. ހަމައެގޮތަށް ދެވަނަލިބާސް މިހެންގޮސް ހަތްލިބާސް ލާއްވައި ނިމުމުން އަންހެން ކުއްޖާގެ ފައިތިލަ ލޮނުގަނޑުގައި ޖައްސަން ގެންދަނީއެވެ. އަންހެން ކުދިން ގެންދަނީ ރަށުގެ އުތުރު އަވަށު މޫދާ ދިމާއަށެވެ. އެތަނަށް އޭރު ކިޔައި އުޅެނީ  “ފެރެހެނެ ފަންނާ” މިގެންދިޔުމުގައި އެދުރުބެ ލަފާދޭ ގޮތަށް ( ދުނިޔެ ވަށައިގެން އޮންނަ ބޮޑު މަހުގެ ނިގޫ) އޮންނަ ވަގުތު ބަލާނެއެވެ. އެއީ އޭގެ ބޯ އެދިމާއަށް އޮންނަ ވަގުތާ ދިމާވެއްޖެނަމަ ގޯހެއް މެދުވެރިވެދާނެތީ ކަމަށް ބުނެއެވެ. މިއީ އެޒަމާނުގެ ބިދުޢަތަކެވެ.

ފައިތިލަ ލޮނުގަނޑުގައި ޖައްސައި ނިމިގެން އަންނައިރު ހަދިޔާތައް އުނގަށް އަޅާނެއެވެ ރައްޓެހިންނާއި ޢާއިލާމީހުންނެވެ. ގެއަށް ވަންނައިރު ކައިވެންޏަށް އެދިގެން ގެންނަ ބިލެތް މަލާފަތް ހުންނާނެއެވެ. އާދަކާދަ އޮންނަ ގޮތުން ގެއަށް ވައްދާ ފުރަތަމަ މަލާފަތުގައި ހިފަން ޖެހެއެވެ އެމަލާފަތް ގަބޫލު ކުރަން ޖެހެއެވެ، އެހެންނޫނީ އިންނާނެ މީހަކު ނުވާނެއެވެ. އަންހެން ކުއްޖާ ކިތަންމެ ނުރުހުނަސް އެމީހަކާއޭނާ ކައިވެނި ކުރަން މަޖުބޫރެވެ،

އަންހެން ކުއްޖާ ލެއްވި ލިބާސް ގެއަށް އައިސް ބާލާލާއިރު އެންމެފުރަތަމަ އެންމެ ފުރަތަމަ ލެއްވި ލިބާސް (ނަކަތް ލިބާސް) ފިޔަވައި އަނެއް ހަލިބާސް ބާލާނެއެވެ. ނަކަތް ލިބާސް ބާލަން ޖެހެނީ ހަތް ދުވަސް ފަހުންނެވެ. ކޮންމެއަކަސް އެޒަމާނުގައި ހުންނަ މިފަދަ އާދަކާދަތަކަކީ ރާއްޖެ އިސްލާމް ވުމުގެ ކުރިން ރާއްޖޭގައި އޮތްބުދުދީނުން ވާރުތަވަމުން އައި ކަންތައް ކަމުގައި ގަބޫލު ކުރެވެއެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!