ޚަބަރު
ސަލްމާން މިސްކިތުގެ ޑިޒައިން ކޮޕީ ކުރި މައްސަލައިގައި ދައުވާ ކުރާނީ

ކިންގް ސަލްމާން މިސްކިތުގެ ޑިޒައިނަކީ ކޮޕީކޮށްފައިވާ ޑިޒައިނެއް ކަމަށާއި ކޮޕީރައިޓް މައްސަލައިގައި ދައުވާކުރާނެ ކަމަށް ބުނެ އިސްލާމިކް މިނިސްޓްރީއަށް ސިޓީއެއް ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.

މި މައްސަލާގައި ރާއްޖެއިން ކޮޕީ ކޮށްފައި ވާ ކަކަމަށް ބުނެފައިވަނީ މެލޭޝިއާގެ ކުންފުންޏަކަށް ނިސްބަތްވާ ޑިޒައިނެއް ކަމަށާއި، މި ޑިޒައިނަށް ގެނެސްފައި ވަނީ ކުޑަ ބަދަލެއް ކަމަށް ވެސް އެ ކުންފުނިން ފުނިވި ސިޓީގައި ވެއެވެ.

އެ ކުންފުނިން ފޮނުވި އިންޒާރުގެ ސިޓީއާ އެކު، އެ ކުންފުނީގެ މީހުންގެ އަތުގައި ހުރިހާ ލިޔެކިޔުންތަކާއި ހެކިތައް ވެސް ފޮނުވައިފައިވާ ކަމުގައި މިނިސްޓަރ ޒާހިރު ވިދާޅުވެއެވެ. މި ކުންފުނިން ވަނީ މި މައްސަލަ އާއި ގުޅިގެން ކޯޓަށް ދާނެ ކަމަށް ވެސް ބުނެފައެވެ.

މިހާރު މި ކަންތައް އެޓަރނީ ޖެނެރަލްގެ އޮފީހާ ހިއްސާ ކުރެވިފައިވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވެއެވެ.

ރައީސް ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި ބިނާކުރި ކިންގް ސަލްމާން މިސްކިތް ނިމިފައި ވީނަމަވެސް، ހުޅުވުން ލަސްވަނީ މި ސަބަބާއި ހުރެތޯ ސުވާލު ކުރެއްވުމުން، މިނިސްޓަރ ވިދާޅުވީ މި ކަމާއި މިސްކިތް ހުޅުވުން ލަސްވުމާއި ގުޅުމެއް ނެތް ކަމަށާއި ހުޅުވުން ލަސް ވަނީ ސައުދީގެ އޮފިޝަލުންގެ ވަފުދު ރާއްޖެ އައުން ލަސްވުމުން ކަމަށެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!