ޚަބަރު
މައުމޫނުގެ ވެރިކަމުގައި ބައްޕަ ޖަލަށްލައި، ބޮޑެތި އަނިޔާތަކެއްދިން: އަމްރު

ރައީސް މައުމޫނުގެ ވެރިކަމުގައި މައުމޫނަށް ތާއިދު ނުކުރައްވާކަން ހާމަ ކުރެއްވުމުން ރައީސް މައުމޫން އޭނާގެ ބައްޕަ ޖަލަށް ލައި ވަރަށް ބޮޑެތި އަނިޔާތަކެއް ދީފައިވާ ކަމަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން އަމްރު ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫނު ރައިސް ނަޝީދު ޖަލަށް ލައި އަނިޔާ ކުރިކަމަށް ދެކެވޭ ވާހަކަތައް ދޮގު ކުރައްވައި ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވައި ރައީސް މައުމޫނަކީ އެމަނިކުފާނުގެ ވެރިކަމުގައި އެކި މީހުންނަށް އެކި އަނިޔާތަކެއް ދީފައިވާ ބޭފުޅެއްކަމަށް އަމްރު ވިދާޅުވިއެވެ. އެގޮތުން މައުމޫންގެ ވެރިކަމުގައި އޭނާގެ ބައްޕަ ޖަލަށްލައި، ބޮޑެތި އަނިތާކަތެއް ދީފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރައީސް މައުމޫން އޭނާގެ ބައްޕައަށް އަނިޔާ ކުރެއްވީ މައުމޫނުގެ ނަންނޫން އެހެން ނަމެއް ރައްޔިތުންނާ ހަމަޔަށް ގެންނަން މަޖިލިސް ތެރޭގައި  މަސައްކަތް ކުރުމުން ކަމަށްވެސް އަމްރު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް މައުމޫންގެ ވެރިކަމުގައި އަނިޔާވެރި ނުވާކަމަށް ބުނިނަމަވެސް މިއީ ފެންނަން ހުރި ކަންތައްތަކެއް ކަމަށާއި، ރައީސް ނަޝީދަށްވެސް އެތައް ބައިވަރު ބޮޑެތި އަނިޔާތަކެއް ދީފައިވާކަމަށް އަމްރު ވިދާޅުވިއެވެ.

ރައީސް މައުމޫނު ވިދާޅުވީ،  ޖަލުގައި މީހުންނަށް އަނިޔާ ކުރުމަށް އެއްވެސް އިރެއްގައި ހުއްދަ ދެއްވާފައިނުވާނެ ކަމަށެވެ. ނަމަވެސް ވެރިކަމުގައިވެސް އަދި އޭގެ ކުރިންވެސް އެ އިރަކު އޮންނަ ސަރުކާރަކަށް ނޭނގި މިފަދަ ކަންކަން މަދު މަދުން ހިނގާ ކަމަށް އޭނާ ވިދާޅުވެއެވެ.

މީގެ އިތުރުން ރައީސް މައުމޫނު ވިދާޅުވީ އެ މަނިކުފާނަށް އެގި އެއްވެސް ފަރާތަކަށް އަނިޔާވެރި ވެފައި ނުވާނެ ކަމަށާއި، އަދި އެމަނިކުފާނު އެއްވެސް މީހަކަށް ލާއިންސާނީ އަނިޔާއެއް ލިބުމަށް އެދިވަޑައިނުގަންނަވާކަމަށް ވިދާޅުވިއެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!