ޚަބަރު
ކޫއްޑޫއަށް ކިރާ މަހަށް ފައިސާ ނުލިބި ލަސްވާތީ މަސްވެރިން ކަންބޮޑުވުން ފާޅުކޮށްފި

ގއ. ކޫއްޑޫއަށް ކިރާ މަހަށް ފައިސާ ނުލިބި ލަސްވާތީ މަސްވެރިން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.

މަސްވެރިން ބުނާގޮތުގައި ރާއްޖޭގެ މޫސުން ގޯސްވުމާއި ގުޅިގެން މިދުވަސްވަރު މަސްވެރިކަން އެހާ ރަނގަޅެއް ނޫނެވެ. އެހެންކަމުން ބޭނޭ މަދު މަސްކޮޅު ކޫއްޑޫއަށް ކިރުވުމުން، ފައިސާ ނުލިބި ލަސްވަމުން ދިޔުމަކީ މަސްވެރިންނަށް ލިބޭ ވަރަށް ބޮޑު ދަތިކަމެއް ކަމުގައި މަސްވެރިން ދަނީ ބުނަމުންނެވެ.

މީޑީޔާއަށް މައުލާމު ދެމުން މަސްވެރިޔަކު ބުނެފައިވަނީި ނިމިދިޔަ ހަފްތާގެ ފައިސާ އަދި ލިބިފައިނުވާއިރު މިހަފްތާގެ ފައިސާވެސް ލިބެންވީ ދުވަހަށްވުރެ ލަސްވެފައިވާކަމަށެވެ. އަދި މިފައިސާ ލިބުން ލަސްވަނީ ކީއްވެތޯ ބެލުމަށްޓަކައި ކޫއްޑޫ އެކައުންޓެންޓުންނާ ގުޅުމުން ޖަބާވަކަށް ބުނީ، ފައިސާ މާލޭ ކޮޅަށް ފިނުވާފައި ވާނެ ކަމަށާއި މަސްވެރިންނަށް ފައިސާ ލިބުން ލަސްވަނީ މާލޭކޮޅުން ދިމާވެގެން އުޅޭ ކަމަކުންކަމަށް ލަފާކުރެވޭކަމަށް މަސްވެރިޔާ ވަނީ މައުލޫމާތު ދީފައެވެ.

ކޫއްޑޫ އެކައުންޓެންޓާ ހަވާލާދީ މަސްވެރިޔާ ބުނީ، ފައިސާ ލިބުން ލަސްވާނީ، ހީވާގޮތުން ކުޑަ މައްސަލައެއް ދިމާވެގެން ކަމަށާއި ފައިސާގެ މައްސަލައެއް އުޅެނީ ކަމަށް ވެދާނެ ކަމަށެވެ. ނަމަވެސް އެފަދަ އެއްވެސްކަމެއް މަސްވެރިންނަށް އަންގާފައި ނުވާ ކަމަށް މަސްވެރިޔާ ފާހަގަ ކުރިއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!