ޚަބަރު
ސެމްސަންގް އެންމެ ފަހުގެ ފަތް ޖެހޭ ފޯނު އުރީދޫ މޫލީން ގަނެވޭނެ

ސެމްސަންގްގެ އެންމެ ފަހުގެ ފަތް ޖެހޭ ފޯނު އުރީދޫ މޫލީން މިހާރު ގަނެވޭނެއެވެ.

އުރީދޫއިން ހާމަކުރި ގޮތުގައި އުރީދޫގެ މޫލީ މެދުވެރިކޮށް މިހާރު ސެމްސަންގް ޒީ ފޯލްޑް ފޯނު އޯޑަރ ކުރައްވާ ފަރާތްތަކަށް ރާއްޖޭގެ ކޮންމެ ހިސާބަކަށް އެ ފޯނު ޑެލިވަރީ ކޮށްދޭނެ ކަމަށެވެ. އަދި އިސްލާމިކް ބޭންކުގެ އިންސްޓޯލްމަންޓް ސްކީމު ބޭނުންކޮށްގެންވެސް މި ފޯނު ގަނެވިދާނެ ކަމަށް އުރީދޫއިން ވަނީ ބުނެފައެވެ.

މޫލީ އިން ލިބެން ހުރީ ސެމްސަންގް ޒީ ފޯލްޑްގެ 256 ޖީބީގެ ފެންޓަމް ބްލެކްގެ އަގަކީ  31،999 ރުފިޔާއެވެ.

މާކެޓުގައި މިހާރު ހުރި އެންމެ އަގު ބޮޑު ފޯނުތަކުގެ ތެރޭގައި ހިމެނޭ ސެމްސަންގެ ފަތްޖެހޭ އެ ފޯނަކީ 7.6 އިންޗީގެ ޑިސްޕްލޭއެއް ހުންނަ ފޯނެކެވެ.

ސެމްސަންގުގެ އެންމެ ފަހުގެ ދެ ވައްތަރު ކަމަށްވާ ޒީ ފޯލްޑާއި ޒީ ފްލިޕް ފޯންތައް މިހާރު ދަނީ ރާއްޖޭގައިވެސް ވިއްކަމުންނެވެ. އޭގެ ތެރެއިން ޒީ ފޯލްޑަކީ ފޮތެއް ގޮތަށް ލައްޕާލެވޭ ފޯންތަކެވެ. އަދި ފްލިޕްއަކީ 1990ގެ އަހަރުތަކުގައި މަޝްހޫރުވި ފްލިޕް ފޯނުތަކާ އެއްގޮތަށް ފަތްޖެހޭ ފޯންތަކެވެ.

ޒީ ފޯލްޑް 4 ލައްޕާފައި އޮންނަ އިރު 6.2 އިންޗީގެ ސްކްރީނެއް ފެންނަން ހުރެއެވެ. އަދި ފޯނު ހުޅުވާލުމުން 7.6 އިންޗީގެ ޑިސްޕްލޭއެއް ފެންނާނެއެވެ.

ޒީ ފޯލްޑްގައި ބޭނުންކޮށްފައި ވަނީ އެ ސީރީސްގެ ފޯންތަކުގައި މިހާތަނަށް ބޭނުންކޮށްފައިވާ އެންމެ ބާރުގަދަ ޕްރޮސެސާއެވެ. އެއާއެކު، ކުރީގެ ފޯންތަކާ އަޅާ ބަލާއިރު އާ ފޯނުގެ ޕްރޮސެސިން ޕަވާ އިތުރުވާނެއެވެ. އެ ފޯނުގެ ފަހަތުގައި ތިން ކެމެރާއެއް ހުރެއެވެ. އެއީ 12 މެގަޕިކްސެލްގެ އަލްޓްރާ ވައިޑް ކެމެރާއަކާއި 50 މެގަޕިކްސެލް ވައިޑް ކެމެރާއަކާއި 10 މެގަޕިކްސެލްގެ ޓެލެފޮޓޯ ކެމެރާއެކެވެ. އެ ފޯނުން ޒޫމް ކުރެވޭ މިންވަރާއި އަނދިރި ތަންތަނުގައި ނަގާ ފޮޓޯތައް، އެ ސީރީސްގެ ކުރީގެ ފޯނުތަކާ އަޅާ ބަލާއިރު މާ ފުރިހަމަ ވާނެ ކަމަށް ސެމްސަންގުން ބުނެއެވެ.

އެ ފޯނުގެ އެންމެ ފާހަގަކޮށްލެވޭ އެއް ފީޗާއަކީ އެއް ފަހަރާ ތިން އެޕެއް ހުޅުވައިގެން ބޭނުން ކުރެވުމާއި ޕީސީގައި ހުންނަ ގޮތަށް ‘ޓާސްކްބާ’އެއް ހިމަނާފައިވުމެވެ. އަދި އެއީ ‘ސުޕަ ފާސްޓް ޗާޖިން’ ފޯނެއް ކަމުން، 30 މިނިޓު ތެރޭ 50 ޕަސެންޓަށް ޗާޖު ކުރެވޭނެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!