ޚަބަރު
ޖަލުގައި ތިބޭ ޤައުދީންނަށް އަނިޔާކޮށްގެން ނުވާނެ: އިމްރާން

ޖަލުގައި ތިބޭ ޤައިދީންނަށް އަނިޔާކޮށް ހަދައިގެން ނުވާނެ ކަމަށް ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުالله ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް 51 އަހަރު ފުރުން ފާހަގަކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވިދާޅުވީ އަނިޔާ ލިބިގެންވާ މީހާގެ ދުއާއަކީ ވަރަށް ނުރައްކާތެރި އެއްޗެއްކަމަށާއި, އެއްވެސް އޮފިސަރަކު އެއްވެސް ހައިސިއްޔަތަކުން ޤައިދީއަކަށް އަނިޔާކޮށްގެން ނުވާނެކަމަށާއި އެއީވެސް އިންސާނުން ކަމަށްވާތީ އެމީހުންނާ މުއާމަލާތްކުރަންވާނީ އޯގާވެރިކަމާއި ރަހުމާއެކުކަން ތަކުރާރުކޮށް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

ހަމައެއާއެކު ޖަލުތަކުގައި ނުރައްކާތެރި ޤައިދީން ބެލެހެއްޓުމަކީ ބިރުވެރި, ދަތި އުނދަގޫ, ގޮންޖެހުން ބޮޑު ކަމެއްކަން ފާހަނގަކުރައްވަމުން އިމްރާން ވިދާޅުވީ ޖަލުގައި ޤައިދީން ބަލަހައްޓަން ތިބޭ އޮފިސަރުންނަކީ ވަރަށް ކެތްތެރި ޤާބިލް އިހުލާސްތެރި ބައެއްކަމަށެވެ. އަދި އެބޭފުޅުން ކޮށްދެއްވަނީ ވަރަށްބޮޑު ޤައުމީ މަސައްކަތެއްކަމަށް ވިދާޅުވެ މިނިސްޓަރ ވަނީ އޮފިސަރުންނަށް ތައުރީފްކޮށްފައެވެ.

މިފަދަ އޮފިސަރުންނަކީ ތައުރީފް ހައްޤު ބޭފުޅުން ކަމަށްވާތީ އޮފިސަރުންނާއި, އޮފިސަރުންގެ އާއިލާތަކަށް މިނިސްޓަރ ޝުކުރު އަދާކުރެއްވިއެވެ. އަދި އެއާއެކު މިނިސްޓަރ ވަނީ އޮފިސަރުން އިތުރަށް ކެތްތެރިވެވަޑައިގަތުމަށް އިލްތިމާސްކުރައްވާފައެވެ.

ޖަލުތަކުގެ ހާލަތު ބަދަލުކުރުމަށް ރިހިބިލިޓޭޝަން ޕްރޮގްރާމްތައް ޖަލުތަކުގައި ހިންގުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާ ކަމަށް އިމްރާން ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ ދިވެހިރާއްޖޭގެ ޖަލުތަކުގެ ނިޒާމް ރިފޯމްކުރުން އެއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހުގެ ވައުދެއްކަމަށާއި, އެވައުދު ފުރިހަމަކޮށްދިނުމަށްޓަކައި ކުރެވުނު މަސައްކަތްތަކަށް ބަލާއިރު ވޭތުވެދިޔަ 50 އަހަރު އެއް ސަރުކާރަކަށް ނުކުރެވޭ ގިނަ މަސައްކަތް މިސަރުކާރުން ކޮށްފައިވާކަމަށެވެ. ރާއްޖޭގެ ޖަލުތަކަކީ ޤައިދީންނަށް އަނިޔާކުރުމާއި, ނިކަމެތި ގޮތްތަކާއި ކުރިމަތިލާން ޖެހިފައި އޮތްތަނެއްކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހުގެ ސަރުކާރުން ވަނީ އެކަން މާޒީގެ ސަފްހާތަކުގެ ތެރެއަށް ދޫކޮށްލާފައިކަމަށެވެ. ދިވެހިރާއްޖޭގެ ޖަލުތަކުގައި ޤައިދީއަކަށް ޤަސްތުގައި އެނގިހުރެ އަނިޔާކުރާ އެއްވެސް އޮފިސަރަކަށް ޖާގައެއް ނޯންނާނެކަމަށާއި, އެކަން ހުރިހާ އޮފިސަރުންނަށް އެނގޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ފާހަނގަކުރެއްވި ގޮތުގައި މިސަރުކާރު ހަވާލުވިއިރު ރާއްޖޭގެ ޖަލުތަކުގެ ރިހިބިލިޓޭޝަން ނިޒާމް އޮތީ ބޮޑުތަނުން ފުރިހަމަކޮށް ރަނގަޅުކުރަން ޖެހިފައެވެ. އެހެންކަމުން މުޅިން އަލަށް ކަރެކްޝަންގެ އެހެން ކޮމާންޑްތަކާ އެއްލެވެލްއެއްގައި ރިހިބިލިޓޭޝަން ކޮމާންޑެއް އުފައްދާ ކަރެކްޝަންގެ އޮނިގަނޑުގެ ތެރޭގައި ހިމަނާ ބޭނުންވާނެ މުވައްޒަފުން ގޮންޖެހުންތަކާއެކުވެސް ހޯދާފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!