ޚަބަރު
ހަ ފިރިހެނުން ވެގެން ކުޑަ އަންހެން ކުއްޖަކު ރޭޕްކޮށްފި

އަވަށްޓެރި އިންޑިޔާގައި ހަ ފިރިހެނުން ވެގެން ކުޑަ އަންހެން ކުއްޖަކު ރޭޕްކޮށްފިއެވެ.

ރިޕޯޓްތައް ބުނާގޮތުގައި އިންޑިޔާގެ އައްސާމްގައި އޮންނަ ނާގާއޯން ކިޔާ އަވަށެއްގައި ހަ ފިރިހެނުން ވަނީ ކުޑަ އަންހެން ކުއްޖަކު ރޭޕްކޮށްފައެވެ.

އިންޑިޔާގެ ފުލުހުންނާއި ހަވާލާދީ މީޑީޔާ ރިޕޯޓްތަކުގައި ބުނެފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު މިމައްސަލައިގެ ރިޕޯޓް ލިބިފައިވާ ކަމަށާއި އަންހެން ކުއްޖާއަށް ދީފައިވާ އަނިޔާތަކަށް ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ހޯދަމުން އަންނަކަމަށެވެ.

16 އަހަރުގެ އަންހެން ކުއްޖަކު މިދިޔަ އަންގާރަ ދުވަހު ސްކޫލް ނިންމުމަށްފަހު ގެއަށް ދިއުމަށް ކުރޮޅިއެއް ލިބޭތޯ މަގުމަތީގައި ހުއްޓާ އެކުއްޖާ ރަހީނު ކުރުމަށްފަހު އެ ހަފިރިހެނުން ވަނީ އަންހެން ކުއްޖާ ދެ ދުވަސް ވަންދެން ރޭޕްކޮށްފައެވެ. އަދި އެކިކަހަލަ އަނިޔާތައް އެކުއްޖާއަށް ލިބިފައިވާ ކަމަށް ރިޕޯޓްތަކުގައިވެއެވެ.

އަނިޔާ ލިބުނު އަންހެންކުއްޖާ ވަނީ ކަންތައް ހިނގައި ދިޔަ ގޮތް ފުލުހުންނަށް ކިޔައިދީފައެވެ. ކުރޮޅިއަކަށް ލައިގެން ޒުވާނަކު އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް އަންހެންކުއްޖާގެ ހޭވެރިކަމެއް ނެތެވެ.

ދާދިފަހުން ވަނީ އުއްތަރްޕްރަދޭޝްގެ އަލިގަރް އަވަށުގައި ވެސް ގިނަ ފިރިހެނުން ވެގެން 13 އަހަރުގެ އަންހެން ކުއްޖަކު ވަނީ ގޭންގް ރޭޕް ކޮށްފަ އެވެ. އަދި ރޭޕްކުރި ވަގުތު ވީޑިޔޯވެސް ކޮށްފައިވާ ކަމަށް ފުލުހުން ވަނީ މީޑީޔާއަށް މައުލޫމާތު ދީފައެވެ.

މި އަންހެން ކުއްޖާގެ އާއިލާއިން މި މައްސަލަ ފުލުހަށް ހުށަހެޅުމުން ރޭޕްކުރި މީހުންވަނީ ވީޑިއޯ ލީކްކޮށްލާނެ ކަމަށްބުނެ އަންހެންކުއްޖާއަށް ބިރުވެސް ދައްކާފަ އެވެ. އެހެންނަމަވެސް ފުލުހުން ފަހުން ވަނީ މި ކޭސް އާއި ގުޅުންހުރި 4 މީހަކު ހައްޔަރުކޮށްފަ އެވެ. މީގެތެރޭގައި އަންހެނެއްވެސް ހިމެނެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!