ޚަބަރު
އައްސޭރި ޖަލަށް ވައްދަން އުޅުނު މަސްތުވާތަކެތި ތަކެއް އަތުލައިގެންފި

އައްސޭރި ޖަލަށް ވައްދަން މަސައްކަތް ކުރަމުންދިޔަ މަސްތުވާތަކެތިތަކެއް މޯލްޑިވަސް ކަރެކްޝަނަލް ސާވިސްއިން ވަނީ އަތުލާފައެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރޭ ލިބުނު މައުލޫމާތަކައި ގުޅިގެން އައްސޭރި ޖަލުގެ އޮފިސަރުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ޖަލަށް ވެއްދުމަށްޓަކައި އެޖަލުގައި ޕޮޓުކޮށްފައިވާ މަސްތުވާތަކެތި ޖަލުގެ އޮފިސަރުން ހޯދާފައިވާކަމަށެވެ. މިތަކެތި މިހާރު ފުލުހުންނާއި ހަވާލު ކުރެވިފައިވާކަމަށްވެސް ކޮމިޝަނަރ އޮފް ޕްރިޒަންސްވަނީ ވިދާޅުވެފައެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް ހާމަކޮށްފައިވާ ގޮތުގައި، ޖަލުގެ ވަށާފާރު އުސްކުރުމުގެ ޕްރޮޖެކްޓު މިހާރު ބަޔަކާއި ހަވާލުކޮށްފައިވާ ކަމަށާއި މިމަހު 29 ގައި އަމަލީ މަސައްކަތް ފެށިގެން ދާނެ ކަމަށެވެ. މި މަސައްކަތް ނިމުމުން ފާރުމަތިން ޖަލުގެ ތެރެއަށް އެއްޗެހި އުކާ މައްސަލައަށް ހައްލެ ލިބިގެންދާނެއެވެ.

ޖަލަށް މަސްތުވާތަކެއްޗާއި ފޯނުތައް ވެއްދުމަށް މަސައްކަތް އަބަދުވެސް ކުރިއަށް ދާކަމަށާއި، ނަމަވެސް ފުލުހުންނާއި ޖަލުގެ އޮފިސަރުން ގުޅިގެން ހިންގާ ތަފާތު އެކި އޮޕަރޭޝަންތަކުގައި މި ފަދަ ގިނަ ތަކެތި ފުލުހުން ދަނީ އަތުލައިގަންނަމުންނެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!