ފެންޑާ
އެއްވެސް މީހަކު ބޭނުން ނުވެގެން ދޫކޮށްލި ގެއަކުން 100 ކިލޯ ރަން

އާއިލީ ގޮތުން ވާރުތަވެ ގޭގެ މިލްކުވެރިކަން ލިބުމުން، އެއްވެސް މީހަކު ބޭނުން ނުވެގެން ދޫކޮށްލި ގެއަކުން 100 ކިލޯ ރަން ފެނިއްޖެއެވެ.

100 ކިލޯ ބަރުދަނުގައި ހުރި ރަން ހޯދު ނަސީބުވެރި ފަރާތަކީ ފްރާންސަށް އުފަން ނިކޮލަސް ފިއެރފޯޓް އެވެ.

އާއިލީގޮތުން މިލްކުވެރިކަން ވާރުތަވެ، ދުވަސްވެފައިވާ ކުޑަގެއެއް ލިބުމުން، އެއާއިލާގެ އެއްވެސް ފަރާތެއް މިގެ ބޭނުން ނުވިއެވެ. ނަމަވެސް ނިކޮލަސް މިގޭގެ މިލްކުވެރިކަން ހޯދުމަށްފަހު، ދިރިއުޅެން ގަސްދުނުކުރާތީ، ގާނޫނީ ވަކީލަށް ގުޅައި ގެ ވިއްކާލުމަށް ބޭނުންވާ ވާހަކަ ބުންޏެވެ.

ގެ ވިއްކާލުމުގެ ކުރިން، ގެ ރަނގަޅަށް ސާފުކޮށް، އެންމެ ބޮޑު އަގެއްގައި ވިއްކޭތޯ ބެލުމަށް ނިކޮލަސް ބޭނުންވިއެވެ. ނަމަވެސް ހީވެސް ނުކުރާގޮތަކަށް، ނިކޮލަސްގެ މިނިންމުމުގެ ސަބަބުން، ނަސީބު ނިކޮލަސްގެ އަތުގައި ހިފިއެވެ.

ނިކޮލަސް އަށް އޭނާގެ ލޮލުގެ ކުރިމަތިން ފެނުނު މަންޒަރު ޤަބޫލުކުރަންވެސް ދަތިވިއެވެ. ގެ ސާފުކޮށް، ހެދުމުގެ ތެރޭގައި ވަޅުލެވިފައި ހުރި ޒަމާންވެފައިވާ 100 ކިލޯގެ ރަން ނިކޮލަސްއަށް ހޯދެއެވެ. މިރަންތައް ވަޅުލެވިފައި ހުރީ، އާއިލާގެ ފަރާތުން ނިކޮލަސްއަށް ވާރުތަވެފައިވާ މިކުޑަ ގޭގެ ތެރޭގައެވެ. މިރަނުގެ އަގަކަށް 4.2 މިލިޔަން ޔޫ.އެސް.ޑޮލަރު އަރައެވެ.

އުފަލުން ފޮޅިފައިހުރި، ނިކޮލަސް މީޑިޔާތަކަށް މައުލޫމާތު ހާމަކުރަމުން ބުނެފައިވާ ގޮތުގައި، މިހޯދުނު ރަންތަކުގެ ތެރޭގައި 5000 ގަނޑު ރަން އެތިކޮޅު ވެއެވެ. މީގެ ތެރޭގައި 12ކިލޯގެ ގަނޑު ރަން ދެ އެތިއެތިކޮޅު އަދި 1 ކިލޯގެ 37 ގަނޑު ރަން ހިމެނެއެވެ. އޭނާ ބުނެފައިވާ ގޮތުން އޭނާއަށް މިފެނުނީ ރަން މައިނެކެވެ.

ގެ ސާފުކުރުމުގެ ތެރޭގައި ފުރަތަމަ ނިކޮލަސް އަށް ފެނުނީ، ކުރީގެ ފައިސާ ފޮތިތަކެއް ހުރިއެއްޗެކެވެ. އަދި އިތުރު އެއްޗެއް ފެނޭތޯ ކޮނުމުން، އެއްޗެހި ރައްކާކުރުމަށް ޚާއްސަކޮށްގެން ހެދިފައި ހުރި ބިންގާރާސް އެއްގެ ބައިތަކެއް ފެނުނެވެ. މިބައިތަށް ހޯދަމުން ދަނިކޮށް، މިރަނުގެ ޚަޒާނާ ނިކޮލަސް އަށް ފެނުނެވެ. މިރަންތައް ހުރީ މުޅިގޭގެ އެކި ތަންތަނުގައި ބިންގަރާސްކޮށް ވަރަށް ވަރުގަދަޔަށް ރައްކާކޮށްފައެވެ.

މިގޭގެ ކުރީގެ ވެރިފަރާތް މިރަންތައް ގޭގެ އެކިތަންތަނުގައި ރައްކާކޮށް ބަހައްޓާފައިވާއިރު، މިރަންތަކަކީ ކުރީގެ ގޭގެ ވެރިފަރާތް 1950 އަދި 1960 ގައި ގަނެ ރައްކާކޮށްފައިވާ ރަންކަން އެނގޭ ގޮތަށް ލިޔެފައިވާ އަތު ލިޔުމެއްވެސް ނިކޮލަސްއަށް ފެނިފައިވެއެވެ.

ނަމަވެސް ނިކޮލަސްއަށް އޮތް ހިތާމަވެރި ޚަބަރަކީ، އޭނާއަށް މިހޯދުނު ރަނުގެ އަގުގެ %45 އިންސައްތަ، ގޭގެ ވާރުތަ ވެރިންނަށް އިންހެރިޓެންސް ޓެކްސްއެއްގެ ގޮތަގައި ނިކޮލަސް ދޭންޖެހެއެވެ. އަދި 3 އަހަރު ތެރޭގައި މި ފައިސާ ނިކޮލަސް ދައްކައި ޚަލާސްކުރަން ޖެހެއެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!