ޅެންއަށި
ޅެން : ހަނދާނަށް ގެނައުމޭ އެދެނީ

ހަނދާނަށް ގެނައުމޭ އެދެނީ
ޅެން: އީސާ ޝަރީފް

ފޮތުން ސަފްޙާތަކެއް މިނިވަން، ހިތުން ފޮހެލަންހެ ތިޔަ އެދެނީ

ކަތުން ހުޅުވާލި ދޮރުތައް ޚުދު، އަތުން ތަޅުލާންހެ ތިޔަ އުޅެނީ

ދެކަން ހަމަހަމަ ހެވާ-ނުބަޔާ، ވިކަން މިއަދަކު ހަނދާނެއްނެތް

ނިކަން ދަހިވެތި ޚިޔާލެއްގައި، އެކަން ވިސްނޭހެ ތިޔަ ހިނގެނީ

ވަތުން ދިޔަހިލި ފެތުނު ހިނދުގާ، ރަތުން އައި ސިގްނަލަށް ނުބަލާ

އަތުން ގެއްލުނު ތަޚުތު ތާޖާ، ހިތަށް ލައިގެންނެ އޮވެ ނިދެނީ

ވިދާލާ ވިދުވަރެއްފަދައިން، ހިދާޔަތް ނުލިބިވާ ހިތަކުން

ނިދާފައި ހޭލެވޭ ހިނދުގައި، އަދާވާތްތެރިކަމޭ ފެށެނީ

ޔަގީން މިނިވަން ފިނީގެ ތެރޭ، ބަގީޗާއެއް ނިދަން ލިބުނަސް

އަގީދާ ހެޔޮ ނަފްސު ތަކެކޭ، ހަގީގީ ނަޒަރަކުން ދެކެނީ

މެދުން މައިބަދަ ކަށީގެ ތެރޭ، މަދުން އުފެދޭ ދަހީގެ ތެރޭ

އަނދުން އަޅުވާ ގޮތުން ލޮލުގާ، އެދުން ބޮޑުކަން އެއިން އެނގެނީ

ދިދައިގެ ހިޔާދަށުން ލިބިދިން، އަދާހަމަޔަށް މި މިނިވަންކަން

އަނދާ އަލިފާން ނިވާލާފައި، ހަނދާނަށް ގެނައުމޭ އެދެނީ

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!